ކ. މާލެ
|
5 އޯގަސްޓް 2021 | ބުރާސްފަތި 18:19
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އިސްލާމީ މަރުކަޒު ބޭރުގައި ކިއު ހަދާފައި
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އިސްލާމީ މަރުކަޒު ބޭރުގައި ކިއު ހަދާފައި
ރާއްޖެއެމްވީ
ވެކްސިން ޖެހުމުގެ ޕްރޮގްރާމް
ވެކްސިންގެ މުއްދަތު ނޮވެމްބަރު މަހު ހަމަވާނެ، އެންމެ ބޭނުންވާ ވަރަށް މީހުން ވެކްސިނެއް ނުޖަހާ
 
ކޮވިޝީލްޑުގެ ދެވަނަ ޑޯޒް ނުޖެހި ތިބި މީހުންގެ ތެރެއިން 12،243 މީހުން، އެސްޓްރަޒެނެކާ ވެކްސިންގެ ޑޯޒް ޖަހާފައިވޭ
 
މިހާތަނަށް އައިއިރު 4،492 މީހުންނަށް އެސްޓްރަޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައިވޭ

މިހާރު ރާއްޖެއަށް ލިބިފައިވާ އެސްޓްރަޒެނެކާ ވެކްސިންގެ ޑޯޒްތައް މި ނޮވެމްބަރު މަހު ހަމަވާނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވަނީ ރާއްޖޭގައި އެސްޓްރަޒެނެކާ ވެކްސިންގެ ޑޯޒްތައް ޖަހަންފެށިތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި މިހާތަނަށް އައިއިރު 4،492 މީހުންނަށް އެސްޓްރަޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ކޮވިޝީލްޑުގެ ދެވަނަ ޑޯޒް ނުޖެހި ތިބި މީހުންގެ ތެރެއިން 12،243 މީހުން އެސްޓްރަޒެނެކާ ވެކްސިންގެ ޑޯޒް ޖަހާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ޑރ. ނަޒްލާ ވަނީ އަދިވެސް އެންމެ ބޭނުންވާ ވަރަށް މީހުން ވެކްސިން ޖަހަން ނާންނަ ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެސްޓްރަޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވަނީ ވިދާޅުވެފައެވެ.

ޑރ. ނަޒްލާ މިގޮތަށް ވާހަކަދައްކަވާފައިވާއިރު، ސަރުކާރުން ވަނީ އޮގަސްޓު މަހުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ ވެކްސިން ޖެހޭ އުމުރުފުރައިގެ 90 އިންސައްތަ މީހުންގެ ވެކްސިނޭޝަން ފުރިހަމަކުރުމަށް އަމާޒު ހިފާފައެވެ. އެގޮތުން ސްކޫލްތަކުގެ މުވައްޒަފުންނާއި މުޅި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ އެންމެން ވެކްސިން ފުރިހަމަ ކުރުމަށް ޚާއްސަ ކެމްޕެއިނެއް, އެޑިއުކޭޝަން މިނިސްޓްރީން އިސްނަގައިގެން ފަށާފައިވާއިރު، ސަރުކާރުގެ ވުޒާރާތަކުގުގައި މަސައްކަތްކުރާ މުވައްޒަފުން ވީހާވެސް އަވަހަކަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ އެދިވަޑައިގެންފައެވެ.

މިހާރު ރާއްޖޭގައި އެސްޓްރަޒެނެކާ ވެކްސިން ޖެހުމުގެ ކަންކަަން ކުރިއަށް ގެންދާއިރު، ވަރަށް އަވަހަށް ފައިޒަރ ވެކްސިން ޖަހަން ފަށާނެ ކަމަށާއި, އެ ވެކްސިން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ޖަހާނެ ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް
6 އޯގަސްޓް 2021 | ހުކުރު 08:13
ހެއްރަބެ
ވެކްސިން ޖެހުމަކީ ދަތި އުދަނގޫކަމަކަށް ވާ ގޮތަށް ކަންކަން ރޭވިފަ އޮންނަހާ ހިދަކު ވެކްސިން ޖަހަން ބޭނުންވާ މީހުން މަދުވާނެ!!! ރައްޔިތުންނަށް ތަކްލީފަކަށް ނުވާގޮތަށް ކަންކަން ރޭވިގެން މެނުވީ ލަނޑުދަޑި ހާސިލެއް ނުވާނެ!!! ލައްކައެއްހާ މީހުންނަށް ވެކްސިން ދިނުމަށް 2 ހަފްތާއަށް ވުރެން ދިގު މުއްދަތެއް ނަގާނަމަ އެއިން އެގެނީ ކަން ކަން ކުރަން މުގުލުގާ ތިބި ބައެއްގެ ނުކުޅެދޭކަން!!!