ކ. މާލެ
|
5 އޯގަސްޓް 2021 | ބުރާސްފަތި 12:32
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ރައްޔިތުންގެ މަޖިލިސް
ކިނބިގަސްދޮށުގެއަށް ގެއްލުން ދިން މައްސަލަ
ކިނބިގަސްދޮށުގެއަށް ގެއްލުން ދިން މައްސަލަ ބަލަން ފަށައިފި
 
ކިނބިގަސްދޮށުގެ ނަގައިދިނުމަށް އެދި ޖާބިރު ވަނީ ކޯޓަށް ވެސް ހުށަހަޅުއްވާފައި
 
ޖާބިރު އަތުން މައުމޫން ފައިސާ ނެންގެވިކަމަށް ޖާބިރު ވިދާޅުވޭ
 
ފުލުހުން ޖާބިރުގެ މައްސަލަ ބައްލަވަމުން ގެންދަވާ ކަމަށް ވިދާޅުވިނަމަވެސް މައްސަލަ ހުށަހެޅުއްވީ ކާކުކަމެއް ހާމައެއް ނުކުރައްވާ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގެކޮޅު، މއ. ކިނބިގަސްދޮށުގެއަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގެއްލުން ދިން މައްސަލަ ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ކިނބިގަސްދޮށުގެ ގޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ދިން މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

ކިނބިގަސްދޮށުގޭގެ ދޮރާށި މަތީގައި އޮތް ވެޔޮގަނޑަށް ގެއްލުންދީ ޖާބިރު ވަނީ ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޖާބިރު ވިދާޅުވެފައިވަނީ މައުމޫން އޭނާގެ އަތުން ފައިސާ ނަންގަވާފައިވާ ކަމަށާއި، އެ ފައިސާ އަނބުރާ ދެއްވާފައި ނުވާ ކަމަށެވެ. އަދި ފައިސާ ހޯދާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު މަގާމުން ބޭރުކުރުމަށާއި، ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ފައިސާ ބޭނުންވާތީ ކަމަށެވެ. އަދި އެ ފައިސާ އަނބުރާ ނުދެއްކިއްޖެ ނަމަ ކިނބިގަސްދޮށުގެ ޖާބިރަށް ދެއްވާނެކަމަށް މައުމޫނު ވިދާޅުވިކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ މައްސަލަ ބައްލަވާކަމަށް ފުލުހުން ވިދާޅުވުމާ ގުޅިގެން ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ވިދާޅުވެފައިވަނީ އެކަން ރަނގަޅު ކަމަށާއި، އަދި އެ މައްސަލަ ބައްލަވާ އިރު، މައުމޫން ޖާބިރަށް ދެއްވި ގެއްލުމުގެ މައްސަލަ ވެސް ބައްލަވައިދެއްވުމަށް ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހެޅިތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި، މައުމޫނަށް ލިބިވަޑައިގެންނެވި ގެއްލުމެއް ވިއްޔާ ބެލިފައި، މީހުންނަށް ދެއްވާ ބޮޑެތި ގެއްލުން ނުބެލޭ ގޮތަށް އޮތުމަކީ ގޯހެއް ކަމަށް ދިޔާނާ ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް މައުމޫނަށް ޖާބިރު ދެއްވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ ނުދެއްކިއްޖެ ނަމަ، ރައީސް މައުމޫންގެ ގެކޮޅު މއ. ކިނބިގަސްދޮށުގެ ނަގައިދިނުމަށް އެދި ޖާބިރު ސިވިލް ކޯޓަށް މައްސަލަ ވެސް ވަނީ ހުށަހަޅާފައެވެ.

ޖާބިރު ވިދާޅުވެފައިވަނީ އެ ފައިސާ ރައީސް މައުމޫނަށް ދެއްވީ ޑިމޮކްރެސީއަށް ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން ކަމަށެވެ. ޖާބިރު ވިދާޅުވީ ރައީސް މައުމޫނަށް ދެއްވި ފައިސާ އަނބުރާ އިންޓްރެސްޓާ އެއްކޮށް ދެއްވާނެ ކަމަށް ވިދާޅުވިކަމަށެވެ. ރައީސް މައުމޫނަށް ސިޔާސީ ގޮތުން ލިބިލައްވާ ފައިސާއިން 50 އިންސައްތަ ޖާބިރުއަށް ދެއްވާނެ ކަމުގެ ޔަޤީންކަން އެރުވިކަމަށް ޖާބިރު ވިދާޅުވެފައިވެއެވެ.

މެންބަރު ޖާބިރު ވަނީ 29 މިލިއަން ރުފިޔާ ދެއްކުމަށް ޙުކުމްކޮށްދިނުމަށް ސިވިލް ކޯޓުގައި އެދިފައެވެ. އަދި އެ ފައިސާ ނުދެއްކިއްޖެ ނަމަ މައުމޫންގެ ގެކޮޅު ކިނބިގަސްދޮށުގެ ނަގައިދިނުމަށް ޙުކުމްކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

ރައީސް މައުމޫން ވަނީ 29 މިލިއަން ރުފިޔާ ޖާބިރު ދެއްވި ކަމަށް ބުނާ މައްސަލަ ދޮގުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
33%
0%
33%
33%
0%
ކޮމެންޓް