ކ. މާލެ
|
5 އޯގަސްޓް 2021 | ބުރާސްފަތި 08:52
މާލެ ސިޓީ ޑަބްލިއުޑީސީ މެމްބަރުންނާ މެޑަމް ފަޒްނާ ބައްދަލުކުރެއްވުން
މާލެ ސިޓީ ޑަބްލިއުޑީސީ މެމްބަރުންނާ މެޑަމް ފަޒްނާ ބައްދަލުކުރެއްވުން
މެޑަމް ފަޒްނާ ޑަބްލިއުޑީސީއާ ބައްދަލުކުރެއްވުން
މާލެ ސިޓީގެ ޑަބްލިއުޑީސީ މެމްބަރުންނާ ރައީސްގެ އަނބިކަނބަލުން ބައްދަލުކުރައްވައިފި
 
ކޮމިޓީގެ ކަންބޮޑުވުންތައް ރައީސްގެ އަނބިކަނބަލުންނާ ހިއްސާކޮށްފައިވޭ
 
މި ބައްދަލުވުން ބޭއްވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އެދުމުގެ މަތިން

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ކުރި ޓްވީޓެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވާފައިވަނީ އެ ކޮމިޓީގެ އެދުމުގެ މަތިން ކަމަށެވެ.

މި ބައްދަލުވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސްގެ އަނބިކަނބަލުންނާ މަޝްވަރާކުރައްވާފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުލައި މަހު ބޮޑު ތިލަދުންމަަތީގެ ތިން ރަށަކަށް ކުރެއްވި ދަތުުރުފުޅުގައި އަނބިކަނބަލުން ފަޒްނާ ވަނީ ހދ. ހަނިމާދޫ އަދި ހދ. ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ދެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން ވަނީ އެމީހުންގެ ކަންބޮޑުވުންތައް ރައީސްގެ އަނބިކަނބަލުން ފަޒްނާއާ ހިއްސާކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ފަޒްނާ ވަނީ ބައެއް ކަންކަމުގައި އެކަމަނާގެ ޚިޔާލު ހިއްސާކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް