ކ. މާލެ
|
5 އޯގަސްޓް 2021 | ބުރާސްފަތި 06:42
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ފޭސްބުކް
ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު
"އަޅުގަނޑަކީ ރާ ބޯ މީހެއް ނޫން، އެކަހަލަ ވާހަކަ ނުދައްކާ"
 
ސިޔާސީ ބޭފުޅުންގެ ތެރޭގައި ރާ ބޮއި ހަދާ މީހުން އުޅޭ
 
ކިނބިގަސްދޮށުގެ އަކީ ޖާބިރަށް ލިބެން ޖެހޭ ގެ އެއް

ދުވަހަކުވެސް ރާ ބޮއިފައި ނުވާނެ ކަމަށާއި، އެކަހަލަ ހުތުރު ވާހަކަ ނުދެއްކެވުމަށް ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރާއްޖެ އެމްވީއަށް ދިން އިންޓަރވިއުގައި، ޖާބިރު ވިދާޅުވީ ދުވަހަކުވެސް ރާ ބޮއި އެކަހަލަ ގޮތަކަށް އުޅެފައި ނުވާނެ ކަމަށާއި، އެކަހަލަ ހުތުރު ވާހަކަ ނުދެއްކެވުމަށް ގޮވާލައްވާ ކަމަށެވެ. ޖާބިރު ވިދާޅުވީ ދިވެހިރާއްޖޭގައި ދިރިއުޅުއްވަނީ ސުންނީ މުސްލިމުން ކަމަށާއި، އެކަން ދަންނަން ޖެހޭ ކަމަށެވެ. އަދި މުސްލިމުންނަކީ ރާ ބޮއި އުޅޭނެ ބައެއް ނޫން ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ ސިޔާސީ ބޭފުޅުންގެ ތެރޭގައި ރާ ބޮއި އުޅޭ ބޭފުޅުން އުޅޭކަން އެނގިލައްވާ ކަމަށާއި، އެކަމަކު ކާށިދޫ ދާއިރާގެ މެމްބަރަކީ އެ ބޭފުޅުންނާ ތަފާތު ބޭފުޅެއް ކަމަށާއި، އެބޭފުޅާއަކީ މިލިއަން ޑޮލަރުގެ ވިޔަފާރި ކުރައްވާ ބޭފުޅެއް ކަމަށެވެ.

ސިޔާސީ ބޭފުޅުންގެ ތެރޭގައި ރާ ބޮއި އުޅުއްވާ ބޭފުޅުން އުޅޭކަން އަޅުގަނޑަށް އެނގޭ. ބައެއް ވެރިން ރާ ބޮއި އުޅުއްވިކަން ތި ބޭފުޅުންނަށް މިހާރުވެސް އެނގިލައްވާނެ. އެކަމަކު އަޅުގަނޑަކީ ދުވަހަކުވެސް ރާ ބޮއި އުޅުނު މީހެއް ނޫން. އެކަހަލަ ހުތުރު ވާހަކަ ނުދައްކަވާ. ދިވެހިރާއްޖެއަކީ ސުންނީ މުސްލިމު ގައުމެއް. އެކަން އެންމެންވެސް ދަންނަން ޖެހޭ. މުސްލިމުން ރާ ބޮއި ތޯ؟ މުސްލިމުންނަކީ ރާ ބޮއި ހަދާ ބައެއް ނޫން.
ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރު

ބުދަ ދުވަހު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގެކޮޅު ކަމަށްވާ ކިނބިގަސްދޮށުގޭގެ ފާރުމަތީގައި އޮތް ވެޔޮގަނޑަށް ޖާބިރު ގެއްލުންދޭ ވީޑިއޯއެއް އާންމުވެފައިވާއިރު، އެކަމާ ގުޅޭ ގޮތުން ޖާބިރު ވިދާޅުވީ އެ ގެއަށް އެއްވެސް ގެއްލުމެއް ދީފައިނުވާނެ ކަމަށާއި، އެއީ އެމަނިކުފާނަށް ލިބެންޖެހޭ ގެއެއް ކަމަށެވެ. އަދި ރައީސް މައުމޫން އެބޭފުޅާ އަތުން ނެންގެވި ފައިސާ ވަގުތުން ވަގުތަށް ދެއްކެވުމަށް ގޮވާލައްވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ އަންގާރަ ދުވަހު ވެސް މަޖިލިސް ކުރާގެ ކުރިމަތީގައި ވެސް އިހުތިޖާޖު ކުރައްވާފައެވެ. މި އިހުތިޖާޖުގައި ޖާބިރު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
38%
0%
0%
4%
58%
0%
ކޮމެންޓް
5 އޯގަސްޓް 2021 | ބުރާސްފަތި 08:55
ޝާނާ
ކަލޭ ބޭނުންހާ އެއްޗެއް އެހެން މީހުނާ ދިމާލަށް ގޮވުން އޯކޭ ދޯ؟
5 އޯގަސްޓް 2021 | ބުރާސްފަތި 07:18
އަހުމަދު..ޖ
ހޮނޑަ އި ދޫގަ ހި އްޕަވަ އިގެން އިންނެވީ އާބޭހަޔާތުބާ؟؟؟؟؟
ގުޅުންހުރި
ވަގުތީ ގޮތުން މޯލްޑިވިއަން އިން ދަތުރުނުކުރެވޭ ގޮތް ހަދައި، ޖާބިރުގެ މައްސަލަ ޕޮލިހަށް ހުށަހަޅައިފި
މަޖިލިސް ޓިކެޓް އަތުލައި ޖާބިރު އެމްޑީޕީން ވަކިކޮށްފި
ޖާބިރުގެ ގެއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށްނެގި މައްސަލައެއްގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި
މައިކަށް ގެއްލުން ދިނުމުން ޖާބިރު ޖޫރިމަނާ ކުރުމާއެކު، މައްސަލަ ބަލަން ސުލޫކީ ކޮމިޓީއަށް
ދަރަނީގެ ވާހަކަ ދައްކާއިރު، ނިމިދިޔަ ސަރުކާރުން ޤާއިމުކޮށްދިން ފަސޭހަތަކުގެ ވާހަކަވެސް ދައްކަންޖެހޭ: ޖާބިރު
މުއިއްޒު އިންޑިއާ ސިފައިން ފޮނުވާލާނެ ކަމަށް ބުނަނީ ވޯޓު ހޯދަން، އެކަމެއް ނުކުރައްވާނެ - ޖާބިރު
"އެއްބުރުން ރައީސް ޞާލިހު އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެއްވުނީ ޒަމާނަށް ފެތޭ ގޮތަށް ކެމްޕެއިން ނުކުރެއްވުމުން، ދެން ރަނގަޅުވާނެ"
"މުއިއްޒު އަކީ ޔާމީނަށް ވުރެ އަނިޔާވެރި ހީލަތްތެރި މީހެއް، މަޖިލީހުގެ ތެރެއިން ބާރުވެސް ގަންނާނެ"