ކ. މާލެ
|
9 ފެބްރުއަރީ 2024 | ހުކުރު 19:01
އެމްޕީ ޖާބިރު
އެމްޕީ ޖާބިރު
ރައްޔިތުންގެ މަޖިލިސް
އަބްދުﷲ ޖާބިރު
ވަގުތީ ގޮތުން މޯލްޑިވިއަން އިން ދަތުރުނުކުރެވޭ ގޮތް ހަދައި، ޖާބިރުގެ މައްސަލަ ޕޮލިހަށް ހުށަހަޅައިފި
 
އެ ކުންފުނީގެ ފަރާތުން ބަލަމުންދާ މައްސަލަ ބަލައި ނިމެންދެން ވަގުތީ ގޮތުން މޯލްޑިވިއަން އިން ދަތުރުކުރުން ޖާބިރަށް ވަނީ މަނާކޮށްފައި

މޯލްޑިވިއަންގެ ޕައިލެޓަކާ ހުތުރު ބަހުން ވާހަކަ ދައްކަވައި، އެ މީހުންނަށް ނުރައްކާވާ ގޮތަށް ޢަމަލު ކުރެއްވި މައްސަލައިގައި އެ ކުންފުނީގެ ފްލައިޓްތަކުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ވަގުތީ ގޮތުން ދަތުރުނުކުރެވޭ ގޮތް ހަދައި، އޭނާގެ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

ޖާބިރު، މޯލްޑިވިއަންގެ ފްލައިޓުގެ ކްރޫ އަދި ޕައިލެޓުންނަށް ހުތުރުބަހުން ވާހަކަ ދެއްކެވި ވީޑިޔޯ އެއް މީސް މީޑިޔާގައި ދައުރުވަމުން އަންނަ އިރު، އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އެ ކުންފުނީގެ ފަރާތުންނެވެ.

އެގޮތުން އެ ކުންފުނީގެ ޕީއާރް އެންޑް ކޮމިއުނިކޭޝަން އަހްމަދު މުޝްއިލް ވިދާޅުވީ، މެންބަރު ޖާބިރުގެ އެ މައްސަލަ އެ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި ޖާބިރުގެ އެ މައްސަލަ، ކުންފުނީގެ ފަރާތުން ވެސް ބަލަމުންދާ ކަމަށާއި، އެ މައްސަލަ ބަލައި ނިމެންދެން ވަގުތީ ގޮތުން މޯލްޑިވިއަން އިން ދަތުރުކުރުން ޖާބިރަށް މަނާކޮށްފައިވާ ކަމަށް މުޝްއިލް ވިދާޅުވިއެވެ. 

މުޝްއިލް ވިދާޅުވި ގޮތުގައި، ޖާބިރަށް މޯލްޑިވިއަންގެ ފްލައިޓުތަކުން އެއްކޮށް ދަތުރުނުކުރެވޭނެ ގޮތަށް މަނާކުރާނަމަ އެކަން އިނގޭނީ، އޭވިއޭޝަންގެ ގާނޫނުތަކަށް އަދި ކުންފުނީގެ ގާނޫނުތަކަށް ވެސް ރިއާޔަތްކޮށް، މިހާރު ބަލަމުންދާ މައްސަލަ ބަލާ ނިމުމުން ކަމަށެވެ.

މޯލްޑިވިއަންގެ ޕައިލެޓަކަށް އަދި ކްރޫ އިންނަށް ޖާބިރު ހުތުުރު ބަހުން މުއާމަލާތްކޮށްފައިވާއިރު، ހުތުރު ބަހުން މުއާމަލާތް ކުރުމުގެ ސަބަބުން ޖާބިރު ވަނީ އެމްޑީޕީން ވެސް ވަކިކޮށް، އޭނާ އެމްޑީޕީގެ ޕްރައިމަރީގެ ގޮނޑި ކާމިޔާބު ކުރި ކާށިދޫ ދާއިރާގެ ޓިކެޓު ވެސް އަތުލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
20%
0%
0%
0%
80%
ކޮމެންޓް
ގުޅުންހުރި
ތެލަސީމިއާ ޚިދުމަތް ފުޅާކުރުމަށް ޚާއްސަ މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވައިފި
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ
ސާފު އަޣްލަބިއްޔަތު އެމްޑީޕީއަށް ލިބޭތަން ފެނޭ: ރައީސް ޞާލިހު