ކ. މާލެ
|
4 އޯގަސްޓް 2021 | ބުދަ 22:59
ނަދީމްގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ މަފާޒް
ނަދީމްގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ މަފާޒް
ރާއްޖެއެމްވީ
ނަދީމްގެ މަރުގެ މައްސަލަ
ނަދީމްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު
 
އެންމެ ފަހުން ބޭއްވި އަޑުއެހުންތަކުގައި ވަނީ ދިފާއީ ބައެއް ހެކިންގެ ހެކިބަސް ނަގާފައި
 
މި މައްސަލައަށް 4 އަހަރު ވަނީ ވެފައި
 
މި މައްސަލަ ތާވަލު ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00އަށް

ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމު ޢަބްދުއްރަޙީމް (ނަޑޭ, 23އ)އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ތާވަަލުކޮށްފިއެވެ.

މި އަޑުއެހުން ތާވަލުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00އަށެވެ.

ނަދީމް މަރާލި މައްސަލައިގައި، ގ. ޝާރާޒް، މުޙައްމަދު މަފާޒު ޙުސައިން ސަލީމްގެ މައްޗަށް ވަނީ, ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން، ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ, ރ. އިންނަމާދޫ ސަމަންތާ, ޙުސައިން ޝާމިންއާއި ގއ. ގެމަނަފުށި ހަވާސް, މުޙައްމަދު ކަރަމް ސުހައިލް, އަދި ލ. ގަން ވިދާތަރި, ޢަލީ ނިފާޒުގެ މައްޗަށް އުފުލާފައިވެއެވެ. މި ހަތަރު މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުންތަކުގައި ވަނީ ދިފާއީ ބައެއް ހެކިންގެ ހެކިބަސް ނަގާފައެވެ.

ނަދީމް މަރުވީ 2017 ޖުލައި 27 ވަނަ ދުވަހުގެ ހަވީރު ޓަރމިނަލް ކެފޭ ތެރޭގައި އިންދާ، ބަޔަކު ގޮސް ވަޅި ހަރައި ޒަޚަމްކޮށްލުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. މި މައްސަލައަށް 4 އަހަރުވެފައިވާއިރު، މަރުގެ މިފަދަ ބޮޑެތި މައްސަލަތަކުގެ ޝަރީއަތް ނުނިމި ދިގުލައިގެންދާކަމުގެ ޝަކުވާ ގިނަ ބަޔަކު ގެންދަނީ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
50%
50%
0%
0%
0%
0%
ކޮމެންޓް