ކ. މާލެ
|
4 އޯގަސްޓް 2021 | ބުދަ 22:23
މާލެ ސަރަޙައްދުގައި ކޮވިޑް-19އަށް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަނީ
މާލެ ސަރަޙައްދުގައި ކޮވިޑް-19އަށް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަނީ
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ޙާލަތު
އަތޮޅުތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 100ށް
 
ބުދަ ދުވަހު ރިޕޯޓްކޮށްފައި ވަނީ 137 ކޭސް
 
ރިސޯޓްތަކުން 14 މީހުން ވަނީ ޕޮޒިޓިވްވެފައި
 
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 23 މީހުން

އަތޮޅުތެރޭގެ ރަށް ރަށުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 100 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން އަންގާރަ ދުވަހުގެ 6:00ން ބުދަ ދުވަހުގެ 6:00ށް ނެގި 4996 ސާމްޕަލްގެ ތެރެއިން 137 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފައެވެ. އެއީ އަތޮޅުތެރޭގެ އެކި ރަށްރަށުން ޕޮޒިޓިވްވި 100 މީހުންގެ އިތުރުން މާލެ ސަރަހައްދުން ޕޮޒިޓިވްވި 23 މީހުންނާއި ރިސޯޓްތަކުން ޕޮޒިޓިވްވި 14 މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 77،895ށް އަރާފައެވެ. އަދި މިވަގުތު 2،566 މީހުން ދަނީ ކޮވިޑަށް ފަރުވާހޯދަމުންނެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 75،095 މީހުން މިހާރު ބަލިން ރަނގަޅުވެފައިވާ އިރު، 222 މީހުން ވަނީ ބަލީގައި ނިޔާވެފައެވެ. މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނީ 17 މީހުންނަށެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ދަށްވާން ފަށާފައި ވަނީ، ކޮވިޑްގެ ތިންވަނަ ރާޅާއެކު, އެޕްރީލް މަހުގެ މެދުތެރެއިން ފެށިގެން ކޮވިޑްގެ ކޭސްތައް އިންތިހާ ދަރަޖައަށް އިތުރުވުމަށްފަހުގައެވެ. މާލެ ސަރަހައްދުގެ ކޭސްތައް އެއްވަރެއްގައި ހިފެއްޓިފައި ވީނަމަވެސް އަތޮޅުތެރޭގެ ކޭސްތަކުގެ އަދަދު މަޑުމަޑުން މައްޗަށް އަރާ މަންޒަރު މިހާރު ދަނީ ފެންނަމުންނެވެ. އެގޮތުން މޮނިޓަރިންގެ ހާލަތަށް ގެންދެވޭ ރަށްތަކުގެ އަދަދު ވަނީ އަނެއްކާވެސް އިތުރުވާން ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް