ކ. މާލެ
|
4 އޯގަސްޓް 2021 | ބުދަ 19:37
ހެލްތު މިނިސްޓްރީ
ހެލްތު މިނިސްޓްރީ
ޔޫސުފް ސޮފްވާން ރަޝީދު
ފޭކް ޕީސީއާރް ޓެސްޓުތަކުގެ މައްސަލަ
ފޭކް ޕީސީއާރް ޓެސްޓުތަކެއްގެ އެއްވެސް މައްސަލައެއް ނުބަލާ: ހެލްތު މިނިސްޓްރީ
 
ފުލުހުން ބުނެފައިވަނީ މިފަދަ މައްސަލަތަކެއްގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށް
 
މިފަހުން އެފަދަ މައްސަލަ ހެލްތު މިނިސްޓްރީއަށްވެސް ހުށަހަޅާފައިނުވޭ
 
ފޭކް ނެގެޓިވް ޕީސީއާރް ޓެސްޓުތަކެއްގެ މައްސަލަ މީގެ ކުރިންވެސް ތަހުގީގު ކުރުމަށް ފޮނުވި

ފޭކް ނެގެޓިވް ޕީސީއާރް ޓެސްޓުތަކެއްގެ އެއްވެސް މައްސަލައެއް މިވަގުތު ބަލަމުން ނުދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީގެ ކޮލިިޓީ އެޝުއަރަންސް ކޮމިޝަނަރު ތަސްލީމާ ޢުޘްމާން ރާއްޖެއެމްވީއަށް ވިދާޅުވީ ފޭކް ނެގެޓިވް ޕީސީއާރް ޓެސްޓުތަކެއް މައްސަލަ މީގެ ކުރިން ތަހުގީގު ކުރުމަށް ފޮނުވި ކަމަށެވެ. ނަމަވެސް ފަހުން އެފަދަ މައްސަލައެއް ދިމާނުވާ ކަމަށާއި، މިނިސްޓްރީން ވެސް އެފަދަ މައްސަލައެއް ބަލަމުން ނުދާ ކަމަށެވެ. އަދި ފަހުން އެފަދަ މައްސަލަ ހެލްތު މިނިސްޓްރީއަށް ވެސް ހުށަހަޅާފައިނުވާ ކަމަށެވެ.

މިމައްސަލައާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް, ރާއްޖެއެމްވީއަށް ވިދާޅުވީ ނެގެޓިވް ޕީސީއާރް ޓެސްޓުގެ ފޭކް ޑޮކިއުމަންޓްތަކުގެ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި 2020ވަނަ އަހަރުގެ ތެރޭގައި ވެސް ނެގެޓިވް ޕީސީއާރް ޓެސްޓުގެ ފޭކް ޑޮކިއުމަންޓްތަކުގެ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މިމައްސަލަ ތަހުގީގު ކުރަމުންދާއިރު، އެއީ ކިތައް މައްސަލަ ކަމެއް އޮފިޝަލް ހާމަކޮށްފައެއްނުވެއެވެ.

ކޮވިޑް-19ގެ ކޭސްތައް މާލެ ސަރަހައްދުން މަދުވުމާއި ގުޅިގެން ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. ދެޑޯޒު ވެކްސިން ފުރިހަމަ ކުރާ މީހުންނަށް ކަރަންޓީނާ ނުލައި ރަށަށް ދެވޭ ގޮތް ހަދާފައިވާއިރު، 72 ގަޑި އިރުނުވާ ނެޖެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާއެއް އޮންނަން ޖެހެއެވެ. މިއާއެކު ކޮވިޑަށް ޓެސްޓު ނުކޮށް ނެގެޓިވް ނަތީޖާ ހޯދަމުންދާ ކަމުގެ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. އަދި ބައެއް ޑޮކްޓަރުންނާއި، ކުލިނިކްތަކުން މިފަދަ ޑޮކިއުމެންޓްތަކެއް ވިއްކަމުންދާ ކަމަށާއި، މިއީ ބޮޑު ވިޔަފާރިއެއް ކަމަށް ތުހުމަތުކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް