ކ. މާލެ
|
4 އޯގަސްޓް 2021 | ބުދަ 13:27
މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރު ކުރަނީ
މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރު ކުރަނީ
ޕޮލިސް
މަސްއޫދަށް ހަމަލާދިނުން
ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދަށް ހަމަލާ ދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
 
އޭނާއަށް ހަމަލާދީފައިވަނީ ލ. ފޮނަދޫގައި އަންގާރަ ދުވަހުގެ ރޭ 9:30 ހާއިރު
 
ކޯޓު އަމުރެއްގެ ދަށުން އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވޭ

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅޭ މައުލޫމާތު ރާއްޖެއެމްވީއާ ހިއްސާ ކުރައްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އޭނާއަށް ހަމަލާދީފައިވަނީ ލ. ފޮނަދޫގައި އަންގާރަ ދުވަހުގެ ރޭ 9:30 ހާއިރެވެ. ހަމަލާދިނުމަށް މަސައްކަތް ކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި ވެސް އާއްމުވެފައިވާއިރު، މަސްއޫދަށް ހަމަލާދިނުމަށް، ސައިކަލުގައި އިން މީހާ ދަގަނޑުބުރިން ޖަހަން މަސައްކަތް ކުރާ މަންޒަރު ފެނެއެވެ.

ބައެއް މީޑިއާތަކަށް މަސްއޫދު ބުނެފައިވަނީ އަންހެނުންނާއެކު ސައިކަލް ދުއްވާލަން ނިކުމެ އުޅެނިކޮށް ދަގަނޑު ބުރިއަކުން ބޮލުގައި ޖަހަން މަސައްކަތް ކުރި ކަމަށެވެ. ހަމަލާއިން ދިފާއުވުމަށް އަތް ނެގުމުން ދަގަނޑުބުރި އަމާޒުވީ އަތަށް ކަމަށާއި، އަތް ޒަހަމްވެފައިވާ ކަމަށެވެ.

އަދި ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ މީގެ ކުރިން އޭނާގެ އަންހެނުންނާ ވެސް ދިމާކޮށްފައިވާ ކަމަށް މަސްއޫދު ބުނެފައިވެއެވެ. އެކިގޮތްގޮތުން ހަމަލާ ދިނުމަށް މަސައްކަތްކުރި މީހާގެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރި ނަމަވެސް މިއަދާ ހަމައަށް ވެސް އޭނާ ހައްޔަރުކޮށްފައިނުވާ ކަމަށާއި، މިނިވަން ކަމާއެކު ދިރިއުޅެމުންދާ ކަމަށް މަސްއޫދު ބުނެފައިވެއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މަސްއޫދުގެ ކާރު ފޮނަދޫގައި ބާއްވާފައި އޮއްވައި، ކާރުގައި ވެސް ވަނީ ރޯކޮށްލާފައެވެ. އަންގާރަ ދުވަހުގެ ރޭ އޭނާއަށް ހަމަލާ ދިނީ ވެސް ކާރު ވެސް ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހާއެވެ. އަދި އެ މީހާ އެކި ފަހަރުމަތިން މަސްއޫދަށް އިންޒާރު ދީފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
100%
0%
ކޮމެންޓް
4 އޯގަސްޓް 2021 | ބުދަ 18:37
ލޮލް
ނޫސްވެރިން ރަންގަލަށްބަލާބަލަ މަސްއޫދާއި މަސްއޫދު ތުހުމަތު ކުރާމީހާޔާ ޖެހިގެންއުޅެނީ މުޅިންއެހެންމަށްސަލައެއް ޢެއީއަންހެންކުށްޖެއްގެ މަށްސަލަ މަސްއޫދު ގެންގުޅޭ ފިލިޕީންސު ކުށްޖަކާ މިސޮރު ހިތާވެގެންއުލެނީ މަސްއޫދުވެސް މިމަންޖެ ގަޔަށްއަރާ ބޮސްވީމަ އެރޭނެތާދޯ ނޫސްވެރިން ނިކަންމިކަން އިންވެސްޓިގޭޓް ކޮށްބަލަ މަސްއޫދު ބުނާހާއެއްޗެއްނުލިޔެ