ކ. މާލެ
|
3 އޯގަސްޓް 2021 | އަންގާރަ 22:56
ކޮވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ
ކޮވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
މާލެއިން 26 މީހުން، އަތޮޅު ތެރެއިން 91 މީހުން ޕޮޒިޓިވް
މާލެ ސަރަޙައްދުން ޕޮޒިޓިވްވި 26 މީހަކު ހިމެނޭ
އަތޮޅުތެރެއިން ޕޮޒިޓިވްވި 91 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 8 މީހެއްވެސް ހިމެނޭ
މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2459

ރާއްޖެއިން އިތުރު 125 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން އިތުރު 125 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވި 26 މީހަކު ހިމެނެއެވެ. އަދި އަތޮޅުތެރެއިން ޕޮޒިޓިވްވި 91 މީހަކާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 8 މީހެއްވެސް ހިމެނެއެވެ. މިއީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނަގާފައިވާ 5449 ސާމްޕަލްގެ ނަތީޖާއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2459 އެވެ. މިވަގުތުވެސް 16 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އަންގާރަ ދުވަހުގެ އަދަދުތަކާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިވަނީ 77،758ށް އަރާފައެވެ. ރާއްޖެއިން މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 75،065 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ދަށްވާން ފަށާފައި މިވަނީ، ކޮވިޑްގެ ތިންވަނަ ރާޅާއެކު އެޕްރީލް މަހުގެ މެދުތެރެއިން ފަށައިގެން ކޮވިޑްގެ ކޭސްތައް އިންތިހާ ދަރަޖައަށް އިތުރުވުމަށްފަހުގައެވެ.


Advertisement
- ކޮމެންޓް