ކ. މާލެ
|
3 އޯގަސްޓް 2021 | އަންގާރަ 09:44
ދިވެހިރާއްޖޭގެ ޖާދުވީ މާހައުލާ ކަނޑުފަޅުތަކުގެ މުއްސަނދިކަމަކީ މީހުންގެ ހިތްތަށް އަތުލާފައިވާ ކަންކަން
ދިވެހިރާއްޖޭގެ ޖާދުވީ މާހައުލާ ކަނޑުފަޅުތަކުގެ މުއްސަނދިކަމަކީ މީހުންގެ ހިތްތަށް އަތުލާފައިވާ ކަންކަން
ބުކިންގ.ކޮމް
ތިމާވެށި ހިމާޔަތްކުރުން
ރާއްޖޭގެ ޖާދުވީ ރީތިކަން ދަމަހައްޓަންޏާ ތިމާވެއްޓަށް ސަމާލުވޭ!
 
ރާއްޖޭގެ ކާބަން އެމިޝަން ނެޓް ޒީރޯއަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން
 
މިގޮތުގައި ރާއްޖެ ދެމިއޮންނާނެކަމާމެދު ތިމާވެއްޓާއި ބެހޭ މާހިރުން ދަނީ ސުވާލު އުފައްދަމުން

ބަހުރުހިންދުގެ މެދުން ހަވާދު މަގުގައި ގަތާލެވިފައިވާ ހާރެއްފަދަ ދިވެހި ރާއްޖޭގެ ރީތިކަމުގެ ވާހަކައަކީ އެތައް ބަޔަކު ދައްކަމުން އަންނަ ވާހަކައެކެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ފުރަތަމަ ފަހަރަށް 2020 ވަނަ އަހަރު ރާއްޖެއަށް ލިބިފައިވާއިރު ދުނިޔެ މަތީގެ ސުވަރުގޭގެ ނަމުން މަޝްހޫރުވެފައިވާ ދިވެހިރާއްޖޭގެ ޖާދުވީ މާހައުލާއި ކަނޑުފަޅުތަކުގެ މުއްސަނދިކަމަކީ މީހުންގެ ހިތްތައް އަތުލާފައިވާ ކަންކަމެވެ. އެހެންނަމަވެސް މި ޖާދުވީ މާހައުލު މިގޮތުގައި ދެމި އޮންނާނެ ކަމާމެދު މިއަދު ތިމާވެއްޓާއި ބެހޭ މާހިރުންނާ ސައިންސްވެރިން ދަނީ ސުވާލު އުފައްދަމުންނެވެ.

މި ސުވާލު ކުރަމުންދާ މައިގަނޑު ސަބަބަކީ ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ވެސް ކުރަމުން ދިއުމެވެ. މޫސުން ބަދުވާލެއް އަވަސް ކަމާއެކު ރާއްޖޭގެ މާހައުލު ދަނީ ދުވަހެއް ދުވަހަކަށް ހޫނު ވަމުންނެވެ. އަވި ބާރު ދުވަހެއްގައި މަގުމަތީގައި ހިނގާފައި ދާއިރު މުޅި މީހާ ދާހިއްލާ ފޯވަނީ ހަމަ ހަގީގަތުގައި ވެސް ހޫނު ގަދަ ކަމުންނެވެ. ކޮންމެ މީހަކުވެސް ދައްކަނީ ހޫނު ގަދަވާ ވާހަކައެވެ. ނަމަވެސް މިހެން މިކަން ދިމާވަނީ ކީއްވެގެން ކަން ބަލައިލަނީ މަދު ބައެވެ.

މިހެން ދިމާވާ މައިގަނޑު ސަބަބަކީ ޖައްވަށް ދޫކުރެވޭ ވިހަ ގޭސް ގިނަ ވުމުގެ ސަބަބުން ދުނިޔޭގެ އޯޒޯން ފަށަލަ ހަލާކުވެ ތުނިވެގެން ދިއުމެވެ. ނަތީޖާއަކަށް ވެގެން ދަނީ އިރުގެ ހޫނު އެއްވެސް ހުރަހަކާ ނުލާ ދުނިޔޭގެ ބިމަށް ދަތުރު ކުރުމެވެ. މިކަމުގައި އެންމެ ކަންބޮޑުވާން ޖެހޭ ކަމަކީ މީގެ ސަބަބުން ހަމަށް ޖެހޭ ބަލިތައް އިތުރުވެގެން ދިއުމެވެ. ޚާއްސަކޮށް އިރުގެ ދޯދިތައް އެއްވެސް ހުރަހަކާއި ނުލާ ހަންގަނޑުގައި ޖެހޭނަމަ ހަމުގެ ކެންސަރު ޖެހުމަށް މަގުފަހިވާކަމަށް ސިއްހީ މާހިރުން ބުނެއެވެ.

ޖައްވު ހޫނުމުގެ ސަބަބުން ދިމާވާ އަނެއް މައްސަލައަކީ ކަނޑުގެ ލޮނުގަނޑު އުފުލުމެވެ. ހޫނު ގަދަ ވުމުގެ ސަބަބުން ދުނިޔޭގެ ދެ ތަނޑީގައިވާ ގަނޑުފެންތައް ވިރެމުން އަންނަ އިންސައްތަ އިތުރުވުމާއެކު ކަޑުތައް އަންނަނީ އުފުލެމުންނެވެ. މިހެން މިކަން ވަމުންދާނަމަ ރާއްޖެފަދަ ބިންތިރި ގައުމުތައް ފެނުގެ އަޑިއަށް ދިއުމަކީ ގާތްކަމެއްކަމަށް ސައިންވެރިން ދަނީ ބުނަމުންނެވެ. މިހާރުވެސް ކަނޑުގެ ލޮނުގަނޑު އުފުލުގެ ސަބަބުން ބައެއް ގައުމުތަކުގެ ބިމަށް އަންނަނީ އަސަރު ކުރަމުންނެވެ. އެގޮތުން އިކުއެޑޯގެ ބިމުގެ 10.29 އިންސައްތައަށް މިހާރުވެސް އަސަރު ކޮށްފައިވާއިރު ވިއެޓްނާމުގެ ބިމުގެ 4.74 އިންސައްތައަށް ވަނީ އަސަރު ކޮށްފައެވެ.

މީގެ އިތުރުންވެސް ތިމާވެއްޓާއި ގުޅުންހުރި ގިނަ މައްސަލަތަކެއް ދަނީ ކުރިމަތި ވަމުންނެވެ. އެގޮތުން ފަރުފަރު ހަލާކުވުމާއި، ގައު ހުދުވުމާއި އަދި ރަށްގިރުމަކީ މިހާރުވެސް ރާއްޖެއަށް ދިމާވެފައިވާ އަދި ދިމާވަމުންދާ ތިމާވެށީގެ ބޮޑެތި މައްސަލަތަކެވެ. މިކަންކަން ހައްލު ކުރުމަށް ތިބީ ހަމަ އަޅުގަނޑުމެންނެވެ. މާހައުލީ ނިޒާމުތަކަށް ދިރުން ގެނެސް އާލާކުރުމަށް ކޮންމެ ފަރުދަކަށްވެސް މަސައްކަތް ކުރެވިދާނެއެވެ. ގަސް އިންދުމާއި، މޫދަށާއި ތަންތަނަށް އަޅާފައިވާ ކުނި ނަގައި ސާފުކޮށް، ވެށި ސާފުކޮށް ބެލެހެއްޓުމާއި، ގުދުރަތީ ރީތިކަން ދެމެހެއްޓުމަށްޓަކައި އެންމެންނަށްވެސް ބާރުއެޅުންފަދަ ކަންކަމަކީ ކޮންމެ މީހަކަށްވެސް ފަރުދީ ފެންވަރުގައާއި ރަށު ފެންވަރުގައިވެސް ކުރެވޭނެ ކަންކަމެވެ.

މިކަންކަން މޮނިޓަރކޮށް މައްސަލަތައް ހައްލުކުރުމަށް ދުނިޔޭގެ ގިނަ ގައުމުތަކުން މަސައްކަތް ކުރަމުން އަންނަ އިރު ރާއްޖެއިންވެސް އަންނަނީ އެފަދަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އުޅަނދުފަހަރު މަދުކުރުމަށްޓަކައި 2021 ވަނަ އަހަރުން ފެށިގެން ކޮންޖެޝަން ޗާޖެއް ނެގުމާއި ރާއްޖޭގެ ކާބަން އެމިޝަން ނެޓް ޒީރޯއަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ގުދުރަތީ ނިޒާމުތައް އިޔާދަކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި، ގުދުރަތީ ގޮތުން ޚާއްސަ ސިފަތައް ލިބިފައިވާ ސަރަހައްދުތައް ހިމާޔަތްކުރުމާއި، ނެތެމުންދާ ދިރޭތަކެތި ހިމާޔަތްކުރުމުގެ އިތުރުން، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ މަސައްކަތްތައް ހިމެނެއެވެ، މިކަންކަމުގެ ލަނޑުދަނޑި ހާސިލްވާން އޮތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
100%
0%
0%
0%
0%
0%
ކޮމެންޓް