ކ. މާލެ
|
31 ޖުލައި 2021 | ހޮނިހިރު 01:31
އެއަރ އިންޑިއާގެ ޝެޑިއުލް ދަތުރުތައް އަލުން ވަނީ ފަށާފައި
އެއަރ އިންޑިއާގެ ޝެޑިއުލް ދަތުރުތައް އަލުން ވަނީ ފަށާފައި
ޓްރެވަލް ޓްރޭޑް ޖަރނަލް
އެއަރ އިންޑިއާ
އެއަރ އިންޑިއާގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި
ދެކެނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ އައުމުގެ ހުއްދަ ދީފައި ވަނީ ޚާއްސަ އުސޫލެއްގެ ދަށުން
ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައި އެއް ގައުމަކީ އިންޑިއާ
އެއަރ އިންޑިއާއިން ރާއްޖެއަށް ހަފުތާއަކު 4 ދުވަހު ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައި

އެއަރ އިންޑިއާގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފިއެވެ.

އެއަރ އިންޑިއާއިން ރާއްޖެއަށް ހަފުތާއަކު 4 ދުވަހު ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކޮންމެ ހަފުތާއަކު ހޮނިހިރު ދުވަހާއި ބުދަ ދުވަހު ވެރިރަށް ދިއްލީން މާލެއަށް އައުމަށްވަނީ ހަމަޖެހިފައެވެ. ދަތުރުތައް ކުރާނީ މުމްބާއީ މަގުން ކަމަށް އެއަރ އިންޑިއާއިން ވަނީ ހާމަކޮށްފައެވެ.

ޖުލައި 28 ވަނަ ދުވަހުން ފެށިގެން މިދަތުރުތައް ފަށާފައިވާއިރު، ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހު، ބެންގަލޫރުން މާލެ އައުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ޓްރިވެންޑްރަމް މަގުންނެވެ.

ދެކުނު އޭޝިއާގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ، އެސަރަހައްދުގެ ގައުމުތަކުން ފަތުރުވެރިން އައުން މަނާކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލުމާއެކު ފުރަތަމަ ދުވަހުވެސް އިިންޑިއާއިން 7 ފްލައިޓެއް ވަނީ ރާއްޖެ އައިސްފައެވެ.

އިންޑިއާ އަކީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައި ގައުމެވެ. އެގޮތުން ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގޭ ބޯޑަރު ބަންދުކުރުމުގެ ކުރިން އެގައުމުން 62,000ށް ވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.

އިންޑިއާގެ 3 އެއަރލައިނަކުން މިހާރުވެސް ވަނީ އަލުން ރާއްޖެއަށް ދަތުރުކުރަން ފަށާފައެވެ. އެގޮތުން ބޯޑަރު ހުޅުވާލުމާއެކު ޖުލައި 15 ވަނަ ދުވަހު ރާއްޖެ އައި 7 ފްލައިޓްގެ ތެރޭގައި ހިމެނެނީ މޯލްޑިވިއަންގެ 2 ފްލައިޓްގެ އިތުރުން އިންޑިގޯ 02 ފްލައިޓް އަދި ގޯ އެއަރގެ 03 ފްލައިޓެވެ. އަދި އެއަރ އިންޑިއާގެ ފްލައިޓްތައް މިމަހުގެ28 ގައި ވަނީ ފަށާފައެވެ.

ދެކެނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ އައުމުގެ ހުއްދަ ދީފައި ވަނީ ޚާއްސަ އުސޫލެއްގެ ދަށުންނެވެ. އެސަރަހައްދުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ހަމައެކަނި ރިސޯޓުތަކަށް ދިއުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާއިރު، ގެސްޓް ހައުސްތަކަށް ދިއުމުގެ ހުއްދަ ލިބިގެންދާނީ ޖުލައި 30ން ފެށިގެންނެވެ. އޭގެއިތުރުން ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނީ ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ ގެސްޓް ހައުސްތަކުގައި އެކަނި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ ވަނީ ބުނެފައެވެ.

އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ފަތުރުވެރިންނަށް ޗެކްއިން ނުވެވޭނެ ކަމަށާއި މާލޭގައި ފަތުރުވެރިން ފުރުމަށްޓަކައި ޓްރާންސިޓް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ އުސޫލުގެ މަތިން އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގެސްޓް ހައުސްތަކުގައި ތިބެވޭނެ ކަމަށް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް