ކ. މާލެ
|
30 ޖުލައި 2021 | ހުކުރު 18:25
ގދ.ނަޑެއްލާއަށް ގެންދިޔަ އެމްބިއުލާންސް
ގދ.ނަޑެއްލާއަށް ގެންދިޔަ އެމްބިއުލާންސް
ނަޑެއްލާ ކައުންސިލް
ނަޑެއްލާ އެމްބިއުލާންސް ހަލާކުވުން
ނަޑެއްލާއަށް ފޮނުވި އެމްބިއުލާންސް ހަލާކުވެއްޖެ
 
އެމްބިއުލާންސް ހަލާކުވީ ފުރަތަމަ ފަހަރަށް ބަލި މީހަކު އަރުވައިގެން ދުއްވަން މަސައްކަތް ކުރުމުގެ ތެރޭގައެއް ނޫން
 
އެމްބިއުލާންސް ދިމާވީ ކޮން މައްސަލައެއްކަން ނޭނގޭ
 
އެމްބިއުލާންސެއް އެރަށަށް ފޮނުވީ ޖުލައި މަހުގެ 25 ވަނަ ދުވަހު

ދެއަހަރަށްފަހު ގދ.ނަޑެއްލާއަށް ފޮނުވި އެމްބިއުލާންސް ހަލާކުވެއްޖެއެވެ.

ނަޑެއްލާ އެމްބިއުލާންސް ހަލާކުވިތާ ވަނީ ދެއަހަރަށް ވުރެ ގިނަ ދުވަސްވެފައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއެކު އެމްބިއުލާންސެއް ނެތުމުން ސިއްހީ މަރުކަޒަށް ގިނަ ދަތިތައް ކުރިމަތިވިއެވެ. އަދި ރައްޔިތުން ކަންބޮޑުވުންފާޅު ކުރުމުން އެހެން އެމްބިއުލާންސެއް އެރަށަށް ފޮނުވީ ޖުލައި މަހުގެ 25 ވަނަ ދުވަހެވެ.

ރާއްޖެއެމްވީއަށް ކައުންސިލްގެ ނާއިބްރައީސް ފައިސަލް ނަޖީބު ވިދާޅުވީ ޖުލައި 25 ވަނަ ދުވަހު އެރަށަށް އެމްބިއުލާންސެއް ގެނެސްފައިވާ ކަމަށާއި، އެއީ އައު އެމްބިއުލާންސެއް ނޫން ކަމަށެވެ. އެމްބިއުލާންސް ދަތުރުތައް ކުރި ނަމަވެސް ޖުލައި 29 ވީ ބުރާސްފަތި ދުވަހު އެމްބިއުލާންސް ސްޓާޓް ނުކުރެވުނު ކަމަށެވެ. އަދި އެމްބިއުލާންސަށް ދިމާވީ ކޮން މައްސަލައެއްކަން ނޭނގޭ ކަމަށެވެ.

އެމްބިއުލެންސްއަށް ދިމާވީ ކޮން މައްސަލައެއް ކަމެއް ނޭނގޭ. ދެން އެއީ އައު އެމްބިއުލެންސެއް ވެސް ނޫން. މިހާރު އެބައޮތް ސިއްހީ މަރުކަޒުގައި ޕާކުކޮށްފައި. ހަދާނެ މީހެއް ވެސް އެއަށް ދިމާވީ ކޮން މައްސަލައެއް ކަމެއް އެނގޭވަރުގެ މީހެއް ނެތް. ވަރަށް ދަތިވާނެ އަނެއްކާ ވެސް މިވީ ގޮތުން.
ކައުންސިލްގެ ނާއިބްރައީސް ފައިސަލް ނަޖީބު

އެމްބިއުލާންސް ހަލާކުވީ ފުރަތަމަ ފަހަރަށް ބަލި މީހަކު އަރުވައިގެން ދުއްވަން މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާތީ އެރަށު ކައުންސިލްގެ ރައީސް މުހައްމަދު އަންޝާއު ވަނީ އެކަން ދޮގުކުރައްވާފައެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސްގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ ވައުދެކެވެ. އެމަސައްކަތް ގޮސްފައިވާ ހިސާބު ބެލުމަށް ހެލްތް މިނިސްޓްރީއަށް ގުޅި ނަމަވެސް ޖަވާބެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
44%
4%
16%
16%
16%
4%
ކޮމެންޓް
2 އޯގަސްޓް 2021 | ހޯމަ 06:17
ީޔަހުޔާ
މިއީ އައު އެންބިއުލާންސް އެއްކަމަށް ދައްކަންވެގެން ލިޔުނު ޚަބަރެއް