ކ. މާލެ
|
29 ޖުލައި 2021 | ބުރާސްފަތި 22:25
ކެރެލާގައި ލޮކްޑައުން އިއުލާންކުރީ ދެ ދުވަހަށް
ކެރެލާގައި ލޮކްޑައުން އިއުލާންކުރީ ދެ ދުވަހަށް
އަލްޖަޒީރާ
ކެރެލާ ލޮކްޑައުން ކުރުން
ކެރެލާގައި ލޮކްޑައުން އިއުލާން ކޮށްފި
 
ކެރެލާގައި މިހާރުވެސް އެކްޓިވް ކޭސްގެ ގޮތުގައި 154،000 މީހުން އެބަތިބި

ކޮވިޑް-19ގެ ހާލަތު ގޯސްވެ އިންޑިއާގެ ކެރެލާ ސްޓޭޓްގައި ލޮކްޑައުން އިއުލާން ކޮށްފިއެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވެ، ކެރެލާގައި ލޮކްޑައުން އިއުލާންކޮށްފައިވަނީ ދެ ދުވަހަށެވެ. ކެރެލާއަށް ސިއްހީ އެހީތެރިން ފޮނުވުމުގެ މަސައްކަތް މައި ސަރުކާރު މިހާރު އަންނަނީ ކުރަމުންނެވެ. މައި ސަރުކާރުން ވަނީ ސްޓޭޓްތަކުގެ ލޮކްޑައުން އިއުލާން ކުރުމާއި، ފިޔަވަޅުތައް އެޅުން ސްޓޭޓްތަކުގެ ވެރިންނަށް ދޫކޮށްލާފައެވެ. ކެރެލާގައި މިހާރުވެސް އެކްޓިވް ކޭސްގެ ގޮތުގައި 154،000 މީހުން އެބަތިއްބެވެ. މިއީ މުޅި އިންޑިއާއިން މިހާރު ފެންނަ ކޭސްތަކުގައ 37.1 އިންސައްތައެވެ.

ފާއިތުވި ހަތަރު ހަފްތާގެ ތެރޭގައި ކެރެލާގެ އެކި އަވަށްތަކުން ފެންނަ ކޭސްތަކުގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ލޮކްޑައުން އިއުލާންކޮށް ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ، ކޮވިޑް ކޭސްތައް ފެންނަ ސަރަހައްދުތަކުގައި އިތުރަށް ފިޔަވަޅުތައް ހަރުކަށި ކުރުމަށެވެ. އަދި އާދީއްތަ ދުވަހުން ފެށިގެން ލޮކްޑައުން ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކޮވިޑްގެ ދެވަނަ ރާޅާއެކު އިންޑިއާގައި ކޭސްތައް އިތުރުވި ނަމަވެސް މިހާރު އިންޑިއާއިން ފެންނަ ކޭސްތަކުގެ އަދަދު ވަނީ ދަށްވާން ފަށާފައެވެ. ދެވަނަ ރާޅުގައި އެންމެ ގިނަ ކޭސްތައް ފެނިގެން ރިޕޯޓުކުރީ މަހާރަޝްތްރާ ސްޓޭޓުންނެވެ. އެ ސްޓޭޓް އާއްމު ހާލަތު އިއުލާންކޮށް ވިޔަފާރިތައް ހުޅުވާލީ މިދިޔަ ޖޫން މަހުގެތެރޭގައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން އަލަށް ރިޕޯޓުކޮށްފައިވަނީ، 43،509 ކޭހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް