ކ. މާލެ
|
29 ޖުލައި 2021 | ބުރާސްފަތި 12:40
ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބު 2021، ޅ. އަތޮޅު މާލޭ 5 ނަމްބަރު ވޯޓު ފޮށީގެ ވޯޓުލުމުގެ ތެރެއިން
ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބު 2021، ޅ. އަތޮޅު މާލޭ 5 ނަމްބަރު ވޯޓު ފޮށީގެ ވޯޓުލުމުގެ ތެރެއިން
ރާއްޖެއެމްވީ
ޑަބްލިއު.ޑީ.ސީ އިންތިޚާބު
އޮގަސްޓް މަހު އޮންނަ ޑަބްލިއުޑީސީ އިންތިޚާބަށް ރަޖިސްޓަރީ ކޮށްފައިވާ ފޮއްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ މިހާރު ވަނީ އާންމުކޮށްފައި
ޝަކުވާ ހުށަހަޅާނީ "ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު" މެދުވެރިކޮށް
ޝަކުވާ ހުށަހެޅޭނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00ށް

އޮގަސްޓް މަހު އޮންނަ ޑަބްލިއުޑީސީ އިންތިޚާބަށް ރަޖިސްޓަރީ ކޮށްފައިވާ ފޮއްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އޮގަސްޓް 7 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ މިހާރު އާންމުކޮށްފައިވާނެ ކަމަށެވެ. އަދި މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 ގެ ނިޔަލަށް ހުޅުވާލައިފާވާކަމަށް ކޮމިޝަނުން ބުނެއެވެ.

މި ރަޖިސްޓަރީ ކޮމިޝަނުގެ ވެބްސައިޓްގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ. މީގެއިތުރުން އެސް.އެމް.އެސް މެދުވެރުކޮށް ވެސް ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ ފޮށި ބަލައިލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ކޮމިޝަނުން ބުނީ މި ރަޖިސްޓަރީއަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ "ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު" މެދުވެރިކޮށް ކަމަށެވެ. މި ފޯމު ވެސް ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ފޯމު ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މެއިލް މެދުވެރިކޮށް ކަމަށް ކޮމިޝަނުން ބުނެއެވެ.

މި މުއްދަތުގެ ތެރޭގައި ޝަކުވާހުށަހެޅޭނީ ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތާ ގުޅޭ ގޮތުން އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރެއެވެ.

- ކޮމެންޓް