ކ. މާލެ
|
28 ޖުލައި 2021 | ބުދަ 07:13
އެވިޑް ކޮލެޖުން އައްޑޫ ފްލައިން ސްކޫލުގެ ކްލާހެއް ކުރިއަށްގެންދަނީ
އެވިޑް ކޮލެޖުން އައްޑޫ ފްލައިން ސްކޫލުގެ ކްލާހެއް ކުރިއަށްގެންދަނީ
އެވިޑް ކޮލެޖް
އައްޑޫ ފްލައިން ސްކޫލް
އައްޑޫ ފްލައިން ސްކޫލްގެ ތަމްރީނުތައް ފަށައިފި
 
ޓްރެއިނިންތައް ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ފަހުން ސިމިއުލޭޓަރ ޓްރެއިނިން މިހާރުމިވަނީ ފަށާފައި
 
އަމިއްލަ ލައިސަންސް ހޯދުމަށް މިހާރު އެ ކޮލެޖުން އަންނަނީ މަސައްކަތްކުރަމުން

އައްޑޫ ފްލައިން ސްކޫލްގެ ތަމްރީނުތައް އަލުން ފަށައިފިއެވެ.

އައްޑޫ ފްލައިން ސްކޫލްގެ މިލްކިއްޔާތު އެވިޑް ކޮލެޖުން ގަނެ، "އެވިޑް ސްކޫލް އޮފް އޭވިއޭޝަން"ގެ ނަމުގައި އިފްތިތާހުކޮށްފައިވަނީ، ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.

ފްލައިން ސްކޫލްގައި މިހާރު ކިޔަވަމުންގެންދާ ދަރިވަރުންނަށް ހިންގާ ޓްރެއިނިންތައް ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ފަހުން ސިމިއުލޭޓަރ ޓްރެއިނިން މިހާރު މިވަނީ ފަށާފައެވެ. ތިއަރީ ކްލާސްތައް ފެށިގެން މިހާރުވެސް ކުރިއަށްދާކަމަށް އެވިޑް ކޮލެޖުން މައުލޫމާތުދެއެވެ. އައްޑޫ ފްލައިން ސްކޫލްގެ މިލްކިއްޔާތު އެއްކޮށް އެވިޑް ކޮލެޖްގެ ދަށަށް ގެނައުމުގެ މަގްސަދަކީ، ފްލައިން ސްކޫލްގައި ކިޔަަވަމުންދިޔަ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމެވެ. އެކުދިންގެ ކިޔެވުމަށް އަވަސް ހައްލެއް ހޯދައިދިނުމަކީ ކޮލެޖުން އިސްކަމެއްދޭނެ ކަމެއް ކަމުގައި ކޮލެޖުން ބުނެއެވެ.

އަމިއްލަ ލައިސަންސް ހޯދުމަށް މިހާރު އެ ކޮލެޖުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެކަމަށް 6 މަސް ދުވަސް ނަގާނެ ކަމަށާއި، އެހެންނަމަވެސް މިހާރު ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ ހުރިހާ ކަމެއް، އައްޑޫ ފްލައިން ސްކޫލް ހިންގަމުން އައި އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގެ ލައިސަންސްގައި ފޯރުކޮށްދެމުންދާނެ ކަމަށް އެވިޑް ކޮލެޖުގެ ޗެއާރމަން ޢަބްދުﷲ މުސްތާޤު ރަޝާދު ވަނީ ވިދާޅުވެފައެވެ.

އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންގެ ގިނަ ކަންބޮޑުވުން ތަކެއް ހުރެއެވެ. އެތަނުގެ ބައެއްވެރިންނަށް ޓްރާންސްޕޯޓް އޮތޯރިޓީން ފިޔަވަޅު އަޅާފައިވާއިރު، ދަރިވަރުން ކިޔެވުމަށް ނެގި ލޯނުތަކަށް ލުއިތަކެއް ވެސް ވަނީ ދީފައެވެ. 170ށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ އައްޑޫ ފްލައިން ސްކޫލްގައި ބޭނުންކުރަމުން އަންނަ ހުރިހާ ބޯޓެއް ވެސް ވަނީ ގްރައުންޑް ވެފައެވެ. އެވިޑުން އަންނަނީ އައު ބޯޓު ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް