ކ. މާލެ
|
14 އޮކްޓޯބަރ 2021 | ބުރާސްފަތި 12:23
އައްޑު ފްލައިންގ ސްކޫލުގައި ބޭނުންކުރި ބޯޓެއް
އައްޑު ފްލައިންގ ސްކޫލުގައި ބޭނުންކުރި ބޯޓެއް
ރާއްޖެއެމްވީ
އައްޑޫ ފްލައިން ސްކޫލް
ފްލައިން އެކެޑެމީ މެނޭޖްކުރުމުގެ ކަންކަން މި މަސްތެރޭ ޗެކް ރިޕަބްލިކްގެ ފްލައިން އެކެޑަމީއާ ހަވާލުކުރެވޭނެ: މިހާދު
 
އެ އެކެޑެމީން ކުރާނީ ފްލައިން އެކެޑެމީ މެނޭޖްކުރުމުގެ މަސައްކަތް
 
ޗެކް ރިޕަބްލިކްގެ ފްލައިން އެކެޑެމީއަކީ 30 އަހަރަށްވުރެ ގިނަ ދުވަހު ދެމި އޮތް އެކެޑެމީއެއް
 
އައްޑޫ ފްލައިން އެކެޑެމީ ހިންގަނީ ޖޮއިންޓް ވެންޗަރއެއްގެ ތެރެއިން

ސަރުކާރުގެ ފަރާތުން އައްޑޫގައި ގާއިމްކުރާ ފްލައިޓް ޓްރެއިނިން ސްކޫލުގެ މެނޭޖްމެންޓްގެ ކަންކަން ޗެކް ރިޕަބްލިކްގެ ފްލައިން އެކެޑެމީއާ ހަވާލުކުރުމަށް އެއްބަސްވުމަކަށް ދާނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު މިހާދު ވިދާޅުވެއްޖެއެވެ.

އަންނަ ޑިސެމްބަރު މަހު އައްޑޫގައި ފްލައިޓް ޓްރެއިނިން ސްކޫލް ގާއިމްކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު، މި އެކެޑަމީ ކުރިއަށްގެންދާނީ ޖޮއިންޓް ވެންޗަރއެއްގެ ތެރެއިން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެއީ މޯލްޑިވިއަންއާއި، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އަދި ޗެކް ރިޕަބްލިކްގެ ފްލައިން އެކެޑަމީ ގުޅިގެންނެވެ.

މި މަސައްކަތުގެ ދަށުން މޯލްޑިވިއަންއިން ވަނީ އެމްއެންޔޫއާއެކު އެއްބަސްވުމަކަށް ގޮސްފައެވެ. ޗެކް ރިޕަބްލިކާއެކު އެއްބަސްވުމަކަށް ގޮސްދާނެތޯ ރާއްޖެއެމްވީން ކުރި ސުވާލަށް ޖަވާބުދެއްވަމުން މިހާދު ވިދާޅުވީ ޗެކް ރިޕަބްލިކާއެކު މެނޭޖްމެންޓް އެގްރީމެންޓެއް ހަދާނެ ކަމަށެވެ. އޮކްޓޯބަރު މަސްތެރޭ މި ކަން ކުރެވިގެންދާނެ ކަމަށް މިހާދު ވިދާޅުވިއެވެ.

މިހާދު ވިދާޅުވީ މި އެއްބަސްވުން ހަދާނީ ކިހާ ދިގު މުއްދަތަކަށް ކަމެއް އަދި ކަނޑައަޅާފައިނުވާ ކަމަށެވެ. އެހެންނަމަވެސް ޗެކް ރިޕަބްލިކް ފްލައިން އެކެޑަމީއަކީ 30 އަހަރަށްވުރެ ގިނަ ދުވަހު ދެމި އޮތް ކުންފުންޏަކަށް ވެފައި، އެ އެކެޑަމީން ގިނަ ގައުމުތަކެއްގައި ފްލައިން ސްކޫލްތައް ހިންގަމުންދާތީ ދިގު މުއްދަތަކަށް މިކަން ކުރެވޭނެ ކަމަށް ގަބޫލުކުރައްވާކަމަށް މިހާދު ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު އައިލެންޑް އޭވިއޭޝަނާއި އެމްއެންޔޫއާއި ދެމެދު ވެވުނު އެއްބަސްވުމަށްފަހު ވާހަކަދައްކަވަމުން މިހާދު ވިދާޅުވީ މި ފްލައިން އެކެޑަމީ ގާއިމްކުރެވިގެންދާނީ އައްޑޫ ސިޓީ ގަމުގައި ކަމަށެވެ. މި އެކެޑެމީ ހިންގުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް އޯޕަން ޓެންޑަރއަށް ހުޅުވާލުމުން މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރި އެންމެ ރަނގަޅު އެކެޑެމީ ކަމަށް ފާހަގަކުރެވުނީ ޗެކް ރިޕަބްލިކްގެ އެކެޑެމީކަމަށް މިހާދު ވިދާޅުވިއެވެ. މި އެކެޑެމީގައި މިވަގުތު ވެސް ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ތަމްރީނުކުރަމުންދާކަން މިހާދު ފާހަގަކުރެއްވިއެވެ.

އަޅުގަނޑުގެ އުންމީދަކީ ހަމައެކަނި ޕައިލެޓުން ތަމްރީނުކުރުމެއް ނޫން. މީގެ އިތުރުން އޭވިއޭޝަން އިންޑަސްޓްރީއަށް ބޭނުންވާ ތަފާތު ހުނަރުގެ ކުދިން ތައްޔާރުކޮށް މަސައްކަތުގެ މާހައުލަށް ނެރުން.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު މިހާދު

އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންގެ ކިޔެވުން އަންނަ ޑިސެންބަރުމަހުގެ ތެރޭގައި ކުރިއަށްގެންދެވޭނެ މަގު ފަހިކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަން މި މަހުގެ 10 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާނުކުރައްވާފައެވެ. އަދި ޖޮއިންޓް ވެންޗަރއެއްގެ ގޮތުގައި ހިންގާ ފްލައިން ސްކޫލް ހިންގާނީ ޕްރޮފެޝަނަލް ޔޫރަޕިއަން ފްލައިން ސްކޫލަކުން ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ސްކޫލަށް ބޭނުންވާ ކަންކަން ފުރިހަމަކޮށް ޑިސެމްބަރު މަހު ފްލައިން ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދެވޭނެ މަގަކުން މަސައްކަތްކުރައްވަމުންގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
ތެލަސީމިއާ ޚިދުމަތް ފުޅާކުރުމަށް ޚާއްސަ މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވައިފި
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް