ކ. މާލެ
|
25 ޖުލައި 2021 | އާދީއްތަ 00:52
ތަހުގީގަށް ހައްޔަރުކުރި 6 މީހުން
ތަހުގީގަށް ހައްޔަރުކުރި 6 މީހުން
ރައީސް ނަޝީދަށް ދިން ހަމަލާ
ހަމަލާގައި އެންމެ އިސްކޮށް އުޅުނު އެކަކު ހައްޔަރުކޮށްފި
 
ފުލުހުން ވަނީ އެ ހުރިހާ އެންމެންގެ ވަނަވަރު އާންމުކޮށްފަ
 
ހަމަލާ ދިނުމުގައި އެންމެ އިސްކޮށް އުޅުނު މީހާއާއެކު އިތުރު 5 މީހަކު ވަނީ ހައްޔަރުކޮށްފަ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަަޝީދަށް އަމާޒުކޮށް، ދިން ހަމަލާގައި އެންމެ އިސްކޮށް އުޅުނު އެކަކު ހައްޔަރުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ހަމަލާއާ ގުޅިގެން އެންމެ ފަހުން ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށީ، އަލަނާސިގޭ މުޙައްމަދު ތަސްލީމް ކަމަށެވެ. އޭނާ ހައްޔަރުކުރީ އައްޑޫ ސިޓީން ކަމަށް ސީޕީ ވިދާޅުވިއެވެ.

މިހާތަނަށް ބެލި ބެލުމުން އޭނާއަކީ ހަމަލާ ދިނުމުގައި އެންމެ އިސްކޮށް އުޅުނު މީހުންގެ ތެރެއިން އެކަކު ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި އޭނާއަކީ ރައީސް ނަޝީދު އަވަހާރަކޮށްލަން ޖެހޭކަމަށް ބުނެ އެ ޝުއޫރު ފާޅު ކޮށްފައިވާ މީހެއްކަން ސީޕީ ފާހަގަ ކުރެއްވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން އިތުރު 6 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ފުލުހުން ވަނީ މި މީހުންގެ ވަނަވަރު ވެސް އާންމުކޮށްފައެވެ.

މިއާއެކު މި މައްސަލައިގައި މިހާތަނަށް 10 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
27%
18%
18%
36%
0%
0%
ކޮމެންޓް
ގުޅުންހުރި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި
ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވޭންއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
މީހަކު ރަހީނުކޮށްގެން ފައިސާ ފޭރުނު މައްސަލައެއްގެ ތަހުގީގަށް ހޯދާ މީހެއްގެ ވަނަވަރު އާންމުކޮށްފި