ކ. މާލެ
|
25 ޖުލައި 2021 | އާދީއްތަ 00:08
ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވާހަކަ ދައްކަވަނީ
ރައީސް ނަޝީދަށް ދިން ޙަމަލާ
ބޮމުގެ ހަމަލާގައި ހިމެނޭ އިތުރު 6 މީހެއްގެ ވަނަވަރު: ބައެއް މީހުން އެދެނީ އިއުތިރާފުގެ އެއްބަސްވުމަށް
 
ގޮތެއް ނިންމާނީ ދިރާސާ ކުރުމަށްފަހު
 
އިއުތިރާފްގެ އެއްބަސްވުމުގައި ދައުލަތުން ގޮތެއް ނުނިންމާ
 
ހައްޔަރުކުރި މީހުންގެ ތެރެއިން ބަޔަކު އިއުތިރާފްގެ އެއްބަސްވުން ދައުލަތާއެކު ހަދަން ބޭނުންވޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިތުރު 6 މީހެއްގެ ވަނަވަރު ފުލުހުން އާންމުކޮށްފައިވާއިރު ހަމަލާގައި ހިމެނޭ ބައެއް މީހުން އިއުތިރާފުގެ އެއްބަސްވުން ހެދުމަށް އެދިއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވީ ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ބަޔަކު އިއުތިރާފްގެ އެއްބަސްވުން ދައުލަތާއެކު ހަދަން ބޭނުންވާ ކަމަށެވެ. އެހެންނަމަވެސް އިއުތިރާފްގެ އެއްބަސްވުމުގައި ދައުލަތުން ގޮތެއް ނުނިންމާ ކަމަށާއި ގޮތެއް ނިންމާނީ ދިރާސާ ކުރުމަށްފަހު އެމީހުންގެ ފަރާތުން ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެ ހަމަލާގެ އަސްލަށް ވާސިލުވާން ލިބޭނެ އެހީތެރިކަމުގެ މައްޗަށް ބެލުމަށްފަހުގައި ކަމަށް ޝަމީމް ވިދާޅުވިއެވެ.

ފުލުހުން ވަނަވަރު އާންމު ކުރި މީހުންނަކީ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި، ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން ކަމަށް ވަނީ ބުނެފައެވެ.

ވަނަވަރު އާންމުކުރި މީހުންނަކީ:

  • ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް،
  • ކ. މާލެ، ކުދެހިގެ، އިސްހާގު
  • ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ
  • އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމް
  • ހއ. މުޅަދޫ ބަހާރުގެ، އަބްދުﷲ އަލި މަނިކު
  • ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމް

މީގެ ކުރިންވެސް ފުލުހުން ވަނީ ހަމަލާއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހެއްގެ ވަނަވަރު އާންމުކޮށްފައެވެ. އެއީ ބޮން ގޮއްވާލަން ރިމޯޓަށް ފިއްތިކަމަށް ތުހުމަތުވާ އަދުހަމް އަހުމަދު ރަޝީދު (26) ހިޔާ، ވ. ތިނަދޫ، މުޖާޒު އަހުމަދު (21) މއ. ފޭރުގެ، ތަހުމީން އަހުމަދު (32) ގއ. ކޮނޑޭ، ފޮޅޭމާ، އަހްމަދު ފާތިހު (23) ލ. ގަން، ދުންފިނިއުފާއެވެ. މި ހަމަލާއާ ގުޅިގެން ޖުމްލަ 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމީމް އިތުރަށް ވިދާޅުވީ މި ތަހުގީގު މިހާރު ވެސް ވަރަށް ކައިރިން ބައްލަވަމުން ގެންދަވާ ކަމަށާއި ހަތަރު މީހުންނަށް ކުރާ ދައުވާތަކުގެ ތަފްސީލު ކޯޓަށް ހުށައަޅުއްވާނެ ކަމަށެވެ. އަދި އަންނަ މަހު ކުރީ ކޮޅު އެ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. ކުރިއަތް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި މި މައްސަލައިގެ ތަހުގީގު ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
50%
0%
50%
0%
0%
ކޮމެންޓް
ގުޅުންހުރި
ކަމަދޫ ބްރާންޗުން ކަރަންޓު ބިލްތަކަށް ބަދަލުގެނެސް ފައިސާ ނަގާފައިވާ މައްސަލައިގައި ދަޢުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި
ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވޭންއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
މީހަކު ރަހީނުކޮށްގެން ފައިސާ ފޭރުނު މައްސަލައެއްގެ ތަހުގީގަށް ހޯދާ މީހެއްގެ ވަނަވަރު އާންމުކޮށްފި