ކ. މާލެ
|
24 ޖުލައި 2021 | ހޮނިހިރު 23:50
ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވާހަކަ ދައްކަވަނީ
ރައީސް ނަޝީދަށް ދިން ހަމަލާ
ތަހުގީގަށް ރައީސް ނަޝީދުގެ ބަހެއް ލިބިފައެއް ނުވޭ: އޭސީޕީ
 
ރައީސް ނަޝީދުގެ ބަސް، ސިޓީއެއް ނުވަތަ އީމެއިލް މެދުވެރިކޮށް ދެއްވުމަށް ވެސް އެދިވަޑައިގެންނެވި
 
އިތުރަށް މައުލޫމާތު ސާފުކުރުމަށް ރައީސް ނަޝީދާ ވެސް ސުވާލުކުރައްވަން ޖެހިވަޑައިގަންނަވާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް، ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ތަހުގީގަށް މިހާތަނަށް އެމަނިކުފާނުގެ ބަހެއް ލިބިފައިނުވާކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރިޔާޒް ވިދާޅުވީ، ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދިނުމުގެ ކުރިން، އެފަދަ ހަމަލާއެއް ދޭންއުޅޭކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީއަށް ލިބިވަޑައިގަތްކަން މިހާތަނަށް ތަހުގީގަށް އެނގޭ ކަމަށާއި، ހަމަލާ ދިން މީހުންނާ، އަދި މައުލޫމާތު ދިން މީހުންނާ ސީދާ ގޮތުން ގުޅިފައި އޮތްކަން އަދި ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ އަދި މިކަމުގައި އިތުރަށް މައުލޫމާތު ސާފުކުރެއްވުމަށް ރައީސް ނަޝީދާ ވެސް ސުވާލުކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި އިތުރަށް ކަންކަން ވެރިފައި ކުރަން ރައީސް ނަޝީދުގެ އަރިހުން ހަމަލާ ދިނުމުގެ ކުރީ ކޮޅުގައި އެދިވަޑައިގެންނެވި ކަމަށާއި، އެމަނިކުފާނުގެ އަރިހުން ތަހުގީގަށް އޭރު ބަހެއް ނުލިބުނު ކަމަށެވެ. އަދި ފަހުން އެކަަމަށް އިއުތިރާޒު ވެވަޑައިގެންނެވިކަން ފާހަގަކުރައްވައި ރިޔާޒް ވިދާޅުވީ، ޕްރޮސެކިއުޝަން ފައިލް ތައްޔާރު ކުރިއިރު ވެސް ރައީސް ނަޝީދުގެ ބަހެއް ލިބިވަޑައިގަންނަވާތޯ މަސައްކަތް ކުރެއްވި ކަމަށެވެ. ރައީސް ނަޝީދުގެ ބަސް ސިޓީއެއް ނުވަތަ އީމެއިލް މެދުވެރިކޮށް ދެއްވުމަށް ވެސް އެދިވަޑައިގެންނެވިކަން ރިޔާޒް ވިދާޅުވިއެވެ.

ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދިނުމުގެކުރިން، މެއި މަހުގެ 3 ވަނަ ދުވަހު، އެފަދަ ހަމަލާއެއް ދޭންއުޅޭކަމުގެ މައުލޫމާތު ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީއާ ހިއްސާކުރައްވާފައިވާއިރު އެމައުލޫމާތު އެހެން ފަރާތަކާއި ހިއްސާނުކުރެއްވީ އެއީ މައުލޫމާތެއް ނޫންކަމަށް ވާތީކަމަށާއި އެއީ ފޯން ކޯލަކަށް ވާތީކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިޔުރިޓީ ފެއިލްވިގޮތުގެ އިންކުއަރީއެއް މަޖިލީހުގެ 241 ކޮމިޓީން ކުރިޔަށް ގެންގޮސްފައިވާއިރު އިންކުއަރީއަށް މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވެފައިވަނީ ތިން މިލިއަން ޑޮލަރު ދީގެން ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭކަމުގެ ވާހަކައެއް މީހަކު ބުނިކަމަށް ވިދާޅުވިކަމަށެވެ. އަދި ފައިސާ ދީގެން މީހަކު މެރުމަކީ ޖިނާއީ ކުށެއްކަމަށާއި އެހެންކަމުން ފުލުހުންނާ އެ މައުލޫމާތު ހިއްސާކުރުމަށް ވިދާޅުވިކަމަށް މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ އިންކުއަރީގައި ވިދާޅުވެފައިވަނީ މެމްބަރު އިލްޔާސް ފޯނުން ހިއްސާކުރެއްވި ވާހަކަ، މިނިސްޓަރ އެމްއެންޑީއެފްގެ އެއްވެސް ފަރާތަކާ ހިއްސާކކުރައްވާފައިނުވާ ކަމަށެވެ. އަދި ހަމައެހެންމެ ޗީފް އޮފް ޑިފެންސް ފޯސްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެސްޕީޖީގެ ކޮމާންޑަރާއި ޑިފެންސް އިންޓެލިޖެންސް ސަރވިސްގެ ފަރާތުންވެސް އިންކުއަރީގައި ބުނެފައިވަނީ އެއިން އެއްވެސް ފަރާތަކާ މިނިސްޓަރ އެ ވާހަކަ ހިއްސާކުރައްވާފައިނުވާ ކަމަށެވެ.

މިނިސްޓަރ އެމައުލޫމާތު އެއްވެސް ފަރާތަކާއި ހިއްސާކުރައްވާފައިނުވާ ސަބަބާ ގުޅޭގޮތުން އިތުރަށް ވިދާޅުވެފައިވަނީ، މެއި 4 ގައި އެމައުލޫމާތު ލިބިވަޑައިގަތުމުން ޖެހިގެން އައި ދުވަހު ޗީފް އޮފް ޑިފެންސް ފޯސްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްއާ ބައްދަލުކުރައްވާ ރައީސް ނަޝީދުގެ ސެކިއުރިޓީ ހަމަޖެހިފައިވާ ގޮތް ޗެކް ކުރެއްވި ކަމަށެވެ.

އަދި ސެކިޔުރިޓީ އެންހާންސް ކޮށްފައި އޮތުމުން، އެމައުލޫމާތާ ގުޅިގެން އިތުރަށް ކުރެވޭނެ ކަމެއް ނެތުމުން ހިއްސާނުކުރެއްވީކަމަށް މިނިސްޓަރ ވިދާޅުވެފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. ނަމަވެސް އިންކުއަރީން ގަބޫލުކުރާ ގޮތުގައި އެމައުލޫމާތާއި ގުޅިގެން ނަޝީދުގެ ސެކިޔުރިޓީ ބެލެހެއްޓުމުގައި އިތުރު ކަމެއް ކުރެވިދާނެތޯއާއި، ކުރެވޭނަމަ ކުރެވޭނީ ކޮން ކަމެއްތޯ ޓެކްޓިކަލީ ކަނޑައަޅަންވާނީ އެމްއެންޑީއެފްގެ ކަމާބެހޭ ފަންނީ ބޭފުޅުންކަަމަށް ވަނީ ރިޕޯޓްގައި ވަނީ ބުނެފައެވެ.

ސެކިޔުރިޓީ އެންހޭންސް ކުރެވިފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވި ނަމަވެސް އިންކުއަރީއަށް އެމްއެންޑީއެފުން ހިއްސާކޮސްފައިވާ ރިޕޯޓްތަކުން ހައިލެވްލް ސެކިޔުރިޓީ ދަރަޖައިގައި ފޯރުކޮށްދެވޭ ބައެއް ތަކެތި ހުރީ ފޯރުކޮށްނުދީ ކަމަށާއި ސެކިޔުރިޓީ އެންހާންސް ކުރުމަށް ކުރެވިދާނެ ބައެއްކަންކަން ނުކޮށްވާކަންވެސް ފާހަގަކުރެވިފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ނަމަވެސް މިމައުލޫމާތުތަކަކީ އެމްއެންޑީއެފްގެ ކަމާބެހޭ ފަރާތްތަކާ މިނިސްޓަރ ހިއްސާކުރައްވައި އެކަމާއި ގުޅިގެން އެމްއެންޑީއެފުން ފިޔަވަޅު ތަކެއް އަޅަންޖެހޭނެ ފަދަ ވާހަކަތަކެއްކަމަށް އިންކުއަރީއަށް ގަބޫލުކުރެވޭކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އެމައުލޫމާތު ލިބުނުއިރު ރައީސް ނަޝީދުގެ ތްރެޓް ލެވެލް ވަނީ "ކްރިޓިކަލް"ކަމަށް ކަނޑައަޅާފައެވެ. އަދި ކްރިޓިކަލް އަކީ ވަރަށް އަވަހަށް ހަމަލާއެއް ދީފާނެކަމަށް ބެލުން ކަމަށާއި އޭގެ މާނައަކީ ކޮންމެ ވަގުތެއްގައިވެސް ހަމަލާއެއް އަތުވެދާނެ ކަމުގެ ހާލަތުކަން މިއިންކުއަރީއަށް މައުލޫމާތުދިން މާހިރުން ވިދާޅުވެއެވެ.

އަދި އިންކުއަރީގައިވެސް ކްރިޓިކަލޭ ބުނީމާ އިމިނެންޓްކަން އެނގޭކަމަށް ވަންޏާ އެއީ ކޮންމެ ފަދަ ވަގުތެއްގައިވެސް ތްރެޓް އޮތްކަން އެނގުނު ކަމަށް މިނިސްޓަރވެސް ވިދާޅުވެފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އެހެންކަމުން ނަޝީދުގެ ތްރެޓް ލެވެލް ކްރިޓިކަލް ކަމަށް އެމްއެންޑީއެފްއިން ކަނޑައަޅާފައިވާއިރު، ތިން މިލިއަން ޑޮލަރު ދީގެން ނަޝީދު އަވަހާރަކޮށްލަން އުޅޭކަމުގެ ވާހަކައަކީ އެމްއެންޑީއެފްގެ ލީޑަރޝިޕާ ހިއްސާކުރެވި ޑިފެންސް އިންޓެލިޖެންސް ސަރވިސް އާ ހިއްސާކުރެވެންވާނެ މައުލޫމާތުކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

މިފަދަ ހައްސާސް މައުލޫމާތެއް، ޚާއްސަކޮށް ރައީސް ނަޝީދު ފަދަ ހައި ތްރެޓް އޮތް ފަރާތަކާ ގުޅޭގޮތުން ލިބިއްޖެނަމަ އެއީ އިންޓެލިޖެންސް ސައިކްލްއަށް ވަންނަންޖެހޭނެ މައުލޫމާތެއްކަމަށް މިއިންކުއަރީއަށް މައުލޫމާތު ދެއްވި ހުރިހާ މާހިރުން އިއްތިފާގުވެފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އެހެންކަމުން އިލްޔާސް ދެއްވި މައުލޫމާތަކީ އިންޓެލިޖެންސްގެ ގޮތުގައި ބޭނުންކުރެވޭނެ މައުލޫމާތެއްކަން ނުވަތަ ނޫންކަން ކަނޑައެޅޭނީ އިންޓެލިޖެންސް ސައިކްލްއަށް ލުމަށްފަހުގައިކަން ފާހަގަކުރާކަމަށް ބުނެފައިވެއެވެ.

އަދި އެމައުލޫމާތު ފުލުހުންނާ ހިއްސާކުރެއްވުމަށް އިލްޔާސް އަރިހުގައި ދެންނެވިކަމަށް މާރިޔާ ވިދާޅުވިއަސް އެގޮތަށް ނާންގަވާކަމަށް އިލްޔާސް ވަނީ އިންކުއަރީގައި ވިދާޅުވެފައެވެ. އެހެންނަމަވެސް ކޮމިޓީން ގަބޫލުކުރާގޮތުގައި އެ މައުލޫމާތަކީ ޑިފެންސް މިނިސްޓަރުގެ އިތުރުން އިލްޔާސްވެސް ފުލުހުންނާއި ހިއްސާކުރަން ޖެހިވަޑައިގަންނަވާނެ މައުލޫމާތުކަމަށް ދެކޭކަމަށެވެ.

މީގެއިތުރުން ރައީސް ނަޝީދުގެ ތްރެޓް ލެވެލް ކްރިޓިކަލް އަށް ބަދަލުކޮށްފައިވަނިކޮށް މިފަދަ މައުލޫމާތެއް ރައީސް ނަޝީދުގެ ހިމާޔަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތަށް ލިބުމުން އެމައުލޫމާތުގެ މައްޗަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވުމާއި އެމްއެންޑީއެފްގެ އެތެރޭގައި ހިއްސާކޮށްފައި ނުވުމަކީ އިންކުއަރީއަށް ބަލައިގަނެވޭނެކަމެއް ނޫންކަމަށް ވަނީ ބުނެފައެވެ. އަދި އެމައުލޫމާތު ހިއްސާކުރުމަކީ އެފަދަ މަގާމެއްގައި ހުރި މީހެއްގެ ޒިންމާއެއްކަމަށް ދެކޭކަމަށް އިންކުއަރީން ވަނީ ފާހަގަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަމަދޫ ބްރާންޗުން ކަރަންޓު ބިލްތަކަށް ބަދަލުގެނެސް ފައިސާ ނަގާފައިވާ މައްސަލައިގައި ދަޢުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި
ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވޭންއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ