ކ. މާލެ
|
23 ޖުލައި 2021 | ހުކުރު 11:58
އައްޑޫ މޭޔަރު ޢަލީ ނިޒާރު،
އައްޑޫ މޭޔަރު ޢަލީ ނިޒާރު،
ރާއްޖެއެމްވީ
އައްޑޫ ސިޓީގެ ތަރައްގީ
އައްޑޫ ސިޓީގެ އެއްވެސް މަޝްރޫޢުއެއް އައްޑޫ ރައްޔިތުން ނުރުހޭ ގޮތަކަށް ކުރިއަކަށް ނުގެންދެވޭނެ: މޭޔަރު
ރައްކާތެރި ޒަމާނީ ފެންވަރުގެ ބޮޑު ބަނދަރެއް ހިތަދޫއަށް ބޭނުންވޭ
ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ އަޑު އަހަންޖެހޭ
ކައުންސިލުން ބަނދަރުތައް މެނޭޖުކުރާނެ

އައްޑޫ ސިޓީގެ އެއްވެސް މަޝްރޫޢުއެއް އައްޑޫ ރައްޔިތުން ނުރުހޭ ގޮތަކަށް ކުރިއަކަށް ނުގެންދެވޭނެ ކަމަށް އެސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން މޭޔަރު ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގެ ހިތަދޫ ބަނދަރުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައިވާ ކަމަށެވެ. މޭޔަރު ވިދާޅުވީ ހިތަދޫ ބަނދަރުގެ ކުރެހުން މިހާރު ކައުންސިލްއަށް ލިބިފައިވާ ކަމަށާއި، އެކުރެހުމާ މެދު ރައްޔިތުން ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ބަޖެޓް ނެތް ނަމަ ބަޖެޓް ލިބޭއިރަކުން ހިތަދޫއަށް ބޭނުންވަނީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ގާއިމުކުރާ ފަދަ ރައްކާތެރި ޒަމާނީ ފެންވަރުގެ ބޮޑު ބަނދަރެއް ކަމަށެވެ.

ކައުންސިލްއަކަށް ހަމަގައިމު ވެސް އެއީ ކަމުދާ ގޮތަކަށް ޑިޒައިން ވެފައިވާ ބަނދަރަކަށް ނުވޭ. އަޅުގަނޑުމެން އަމިއްލައަށް އެހެން ފަރާތަކާ ގުޅިގެން ބަނދަރުގެ ކުރެހުމެއް ކުރަހާފައި މިހާރު ވަނީ މިނިސްޓްރީއާއި ކަމާ ގުޅުންހުރި ފަރާތްތަކާ ހިއްސާކޮށްފައި. އަޅުގަނޑުމެން ދަންނަވަނީ ބަނދަރު ދެން ހަދަންވާނީ އަޅުގަނޑުމެން އެދޭ ގޮތަކަށްށޭ. އައްޑޫގެ އެއްވެސް ޕްރޮޖެކްޓެއް އައްޑޫ ރައްޔިތުން ނުރުހޭ ގޮތަކަށް ދެނެއް ކުރިއަށް ނުގެންދެވޭނެ. މަގެއް ހެދިޔަސް ބަނދަރު ހެދިޔަސް އަދި އެހެންތަނެއް ހެދިޔަސް އެތަން ހަދަންވާނީ އައްޑޫ ރައްޔިތުން ރުހޭ ގޮތަށް. އައްޑޫ ރައްޔިތުންގެ ފަރާތުން ބަަސް ބުނަން ކައުންސިލް މިއޮތީ. އެހެންވީމަ އަޅުގަނޑުމެން އައްޑޫ ރައްޔިތުންގެ ފަރާތުން ލިބޭ ހިޔާލުތަކާއި އަޅުގަނޑުމެންނަށް މަޝްވަރާ ކުރެވުނު މަޝްވަރާގެ މަތިން މިހާރު އެ ކުރެހުމާއެކު ބަނދަރު ހެދުމަކީ އަޅުގަނޑު ރުހޭ ކަމެއް ނޫން.
އައްޑޫ މޭޔަރު އަލީ ނިޒާރު

އައްޑޫ ސިޓީގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ ރައްޔިތުން އެދޭގޮތަށްކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ ބަނދަރު ހެދުމާއި، މަގުހެދުމުގެ އިތުރުން ވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ އަޑު އަހަންޖެހޭ ކަމަށެވެ. އަދި ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ ތެރެއިން ކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ކައުންސިލްގެ ވެސް ގިނަ ޕްލޭންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ކައުންސިލްތަކުން އައްޑޫގެ ބަނދަރުތައް މެނޭޖުކުރާނެ ކަމަށެވެ. އަދި މި މަސައްކަތް ކުރުމަށް ޚާއްސަ މުވައްޒަފުން ނަގާނެ ކަމަށާއި، މެނޭޖުކުރާ ޕްލޭން ވެސް އެކުލަވާލާނެ ކަމަށެވެ

- ކޮމެންޓް