ކ. މާލެ
|
20 ޖުލައި 2021 | އަންގާރަ 22:08
މާލީގެ ބަޣާވާތުގައި އިސްކޮށް ހުންނެވި އަސީމީ ގޮއިޓާ- އަސީމީ އަކީ މިހާރު އެ ޤައުމުގެ އިންތިޤާލީ ރައީސް
މާލީގެ ބަޣާވާތުގައި އިސްކޮށް ހުންނެވި އަސީމީ ގޮއިޓާ- އަސީމީ އަކީ މިހާރު އެ ޤައުމުގެ އިންތިޤާލީ ރައީސް
ރޮއިޓަރސް
މާލީގެ ސިޔާސީ ހަމަނުޖެހުން
ޢީދު ނަމާދަށް ވަޑައިގެން ހުންނަވަނިކޮށް މާލީގެ އިންތިޤާލީ ރައީސަށް ވަޅީގެ ޙަމަލާއެއް
މާލީގެ ސިޔާސީ މަޝްރަޙު ވަނީ ހަލަބޮލިކަމެއްގެ ތެރޭގައި
ޢީދު ނަމާދަށް ވަޑައިގަތީ ވެރިރަށް ބަމާކޯގެ ބޮޑު މިސްކިތަށް
މި ޙަމަލާގެ ތަޙުޤީޤު މިހާރު ކުރިއަށްދާކަމަށް އެ ޤައުމުގެ ރައީސް އޮފީހުން ބުނޭ

އީދު ނަމާދަށް ވަޑައިގެން ހުންނަވަނިކޮށް މާލީގެ އިންތިޤާލީ ރައީސަށް ވަޅީގެ ޙަމަލާއެއް ދީފިއެވެ.

އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވާ ގޮތުން މާލީގެ އިންތިޤާލީ ރައީސް އަސީމީ ގޮއިޓާއަށް އަމާޒުކޮށް ވަޅީގެ ޙަމަލާއެއް ދީފައިވަނީ އޭނާ ޢީދު ނަމާދު ނިންމަވާލައްވާފައި މިސްކިތުން ނުކުމެވަޑައިގަންނަވަނިކޮށެވެ. ގޮއިޓާ އީދު ނަމާދު ކުރައްވަން ވަޑައިގަތީ ވެރިރަށް ބަމާކޯގެ ބޮޑު މިސްކިތަށް ކަމަށް އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވެއެވެ.

ޙަމަލާ ދިނުމާއެކު ސެކިއުރިޓީން ވަނީ އެ ޙަމަލާ ހުއްޓުވައި އޭނާ ހައްޔަރުކޮށްފައެވެ. އަދި މި ޙަމަލާގެ ތަހުގީގު މިހާރު ކުރިއަށްދާކަމަށް އެ ޤައުމުގެ ރައީސް އޮފީހާ ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވެއެވެ.

ގޮއިޓާއަށް އަމާޒުކޮށް ދިން ޙަމަލާ ނާކާމިޔާބު ކޮށްލާފައިވާއިރު، ލައިވް ޓީވީ މެދުވެރިކޮށް އޭނާ ވިދާޅުވީ ޙާލު ރަނގަޅު ކަމަށާއި، ލީޑަރަކަށް ވުމުން އެފަދަ ކަންކަމާ ދިމާވެދާނެ ކަަމަށެވެ. އަދި ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރާ ބަޔަކު އަބަދުވެސް އުޅޭނެކަމަށެވެ.

2012 ވަނަ އަހަރުން ފެށިގެން މާލީގެ ސިޔާސީ މަޝްރަޙު ވަނީ ހަލަބޮލިކަމެއްގެ ތެރޭގައެވެ. އަދި އެ ޤައުމަށް ސިޔާސީ ހަމަޖެހުން ގެނައުމަށް ކުރަމުންދާ މަސައްކަތްތައްވެސް ނާކާމިޔާބު ވަމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ. މާލީގެ ރައީސް ކަމަށް، ކުރީގެ ވެރިކަމުގައި ހިންގި ބަޣާވާތުގައި އިސްކޮށް ހުންނެވި ސިފައިންގެ ކާނަލް އަދި ނައިބު ރައީސް އަސީމީ ގޮއިޓާ އައްޔަން ކުރީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ.

މާލީގެ ދުސްތޫރީ ކޯޓުން ނެރުނު އަމުރުގައި ވަނީ މަދަނީ ސަރުކާރެއް ޤާއިމު ކުރެވެންދެން އިންތިޤާލީ ސަރުކާރުގެ ރައީސް ކަމުގައި ހުންނަވާނީ ގޮއިޓާ ކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ ކުރީގެ ރައީސް ބާ އެންޑޯ އިސްތިއުފާ ދެއްވުމުން މަޤާމު ހުސްވެފައިވާތީ ކަމަށެވެ.

މާލީގެ އަސްކަރިއްޔާއިން މިދިޔަ އޮގަސްޓު މަހު ފުރަތަމަ ބަޣާވާތް ކުރީ އޭރުގެ ރައީސް އިބްރާހީމް ބޫބަކާރު ކެއިޓާއާ ދެކޮޅަށް އެގައުމުގައި ބޮޑެތި މުޒާހަރާތަކެއް ބާއްވާތާ މަސްތަކެއް ފަހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް