ކ. މާލެ
|
18 ޖުލައި 2021 | އާދީއްތަ 23:23
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ގައުމީ ވެކްސިނޭޝަން ޕްރޮގްރާމް
ބޮޑު ބަންދުގެ ކުރިން ވެކްސިން ޖެހި މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް ދަށަށް
 
ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދަކީ 258،525

އީދު ދުވަހާއި ޖުލައި 26 އާއިއެކު ފަށާ ބޮޑު ބަންދުގެ ކުރިން ވެކްސިން ޖެހި މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް ދަށަށް ހިނގައްޖެއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހޮނިހިރު ދުވަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ފުރަތަމަ ޑޯޒް ޖަހާފައިވަނީ 294 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ފުރަތަމަ ޑޯޒް ޖެހި 244 މީހުންނާއި، އަތޮޅު ތެރެއިން ފުރަތަމަ ޑޯޒް ޖެހި 50 މީހުންނެވެ.

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކޮށްފައިވަނީ 2571 މީހުންނެވެ. ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަން ފެށި ފަހުން ދުވަލެއްގެ މައްޗަށް އެވްރެޖްކޮށް 6000 މީހުން އައީ ވެކްސިން ފުރިހަމަ ކުރަމުންނެވެ. ހޮނިހިރު ދުވަހު މާލެއިން ވެކްސިން ފުރިހަމަކޮށްފައިވަނީ 1571 މީހެކެވެ. އަދި އަތޮޅު ތެރެއިން ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވަނީ 1000 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން 320،776 މީހަކު ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ އިރު، ދެވަނަ ޑޯޒާއެކު ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދަކީ 258،525 އެވެ. ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން ހޮނިހިރު ދުވަހާ ހަމައަށް ދެވަނަ ޑޯޒް ފުރިހަމަކޮށްފައި ނުވަނީ 62،251 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް