ކ. މާލެ
|
18 ޖުލައި 2021 | އާދީއްތަ 22:31
އައިސޮލޭޝަނަށް މީހުން ގެންދިއުމުގައި ފްރަންޓްލައިންގެ މަސައްކަތްތެރިން ހަރަކާތްތެރިވަނީ
އައިސޮލޭޝަނަށް މީހުން ގެންދިއުމުގައި ފްރަންޓްލައިންގެ މަސައްކަތްތެރިން ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
އާދީއްތަ ދުވަހު 63 މީހުން ޕޮޒިޓިވްވެ، 11 މީހުން ހޮސްޕިޓަލުން ދޫކޮށްލައިފި
 
154 މީހަކު ވަނީ ބަލިން ރަނގަޅުވެފައި
 
ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 12 މީހަކަށް

ފައިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 63 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، ހޮނިހިރު ދުވަހުގެ ހަވީރު 6:00ން ފެށިގެން އާދީއްތަ ދުވަހުގެ ހަވީރު 6:00ށް 5327 ސާމްޕަލް ނަގާ ޓެސްޓް ކޮށްފައިވެއެވެ. މީގެ ތެރެއިން ޕޮޒިޓިވްވި 63 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 13 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 28 މީހުންނާއި އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 22 މީހުންނެވެ.

މި 24 ގަޑިއިރުގެ ތެރޭގައި 154 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އައި މީހުންގެ ތެރެއިން 11 މީހުން ވަނީ ދޫކޮށްލާފައެވެ. 2425 މީހުން އެކްޓިވް ކޭސްގެ ގޮތުގައި ފާހަގަކުރެވިފައިވާ އިރު، މީގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 12 މީހުންނަށެވެ.

އާދީއްތަ ދުވަހުގެ 63 މީހުންނާއެކު ރާއްޖެއިން މިހާތަނަށް 75،879 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، މީގެ ތެރެއިން 73،226 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. 216 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

ކޮވިޑް-19ގެ ހަތަރު ވަނަ ރާޅަކަށްފަހު ރާއްޖޭގައި މިހާރު ކޮވިޑްގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ. ކޮވިޑްގެ ހާލަތު ރާއްޖޭގައި އެންމެ ގޯސްވެފައިވަނީ މެއި މަހުއެވެ. އެ މަހުގެ ތަފާސް ހިސާބަށް ބަލާއިރު މެއި މަހުގެ ތެރޭގައި 34،159 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އެއީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 1101 މީހުންނެވެ. މެއި މަސް ނިމުނުއިރު ރާއްޖޭގައި މުޅި ޖުމްލަ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 64،396 މީހުންނެވެ. ޖެހިގެން އައި ޖޫން މަހު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 9402 މީހުންނެވެ. އަދި ޖުލައި މަހުގެ މިހާތަނަށް އައިއިރު މިމަސްތެރޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 1885 މީހުންނެވެ.

ކޮވިޑްގެ ހާލަތު ރަނގަޅުވާން ފެށުމާއެކު މިހާރު އަންނަނީ ފިޔަވަޅުތަކަށް ލުއިތައް ދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް