ކ. މާލެ
|
17 ޖުލައި 2021 | ހޮނިހިރު 13:03
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދު،
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދު،
ކުރޫޒިން މޯލްޑިވްސް ބްލޮގް
އައްޑޫއިން ގޯތިދޫކުރުން
އޭއީއެޗް ވަށައިގެން ހުރި ބަންޑާރަ ގޯތިތައް ކައިރި އެހެން ހިސާބުތަކަށް ބަދަލުކުރާއިރު ގޯތިތައް ބޮޑުވާނެ: މޭޔަރު
 
ކައުންސިލުން މި ނިންމުން ނިންމާފައިވަނީ މިމަހުގެ 12 ވަނަ ދުވަހު
 
42 ގޯތި ދޫކުރުމަށް ވަނީ ނިންމާފައި
 
3000 އަކަފޫޓުގެ ގޯތި ދޫކުރާނެ

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ވަށައިގެން ހުރި ބަންޑާރަ ގޯތިތައް ކައިރި އެހެން ހިސާބުތަކަށް ބަދަލުކުރަން ނިންމާފައިވާއިރު، ގޯތިތައް ބޮޑުވާނެ ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މޭޔަރު ނިޒާރު ވިދާޅުވީ އޭއީއެޗް ވަށައިގެން ހުރި ބިންތައް ދޫނުކުރެވޭނެ ކަމަށާއި، އެސަރަހައްދުން ދޫކޮށްފައިވާ ބަންޑާރަ ގޯތިތައް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އެހެން ހިސާބުތަކަށް ގޯތިތައް ބަދަލުކުރަން ނިންމި ނަމަވެސް އެއްވެސް މައްސަލައެއް ކުރިމަތިނުވާ ކަމަށާއި އެބިންތަކުގައި އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ އިރުމަތީ ފަރާތުން ދޫކުރާ ބަންޑާރަ ގޯތިތައް ބޮޑެތި ވާނެ ކަމަށެވެ. އެގޮތުން 2000 އަކަފޫޓާއި 2500 އަކަފޫޓުގެ ގޯތިތައް 3000 އަކަފޫޓަށް ބޮޑުވާނެކަން މޭޔަރު ފާހަގަކުރެއްވިއެވެ. މިނިންމުމަކީ އެންމެނަށް ފައިދާވާނެ ގޮތަށް ބަލާފައި ނިންމި ނިންމުމެއް ކަމަށާއި، މިކަމުން އެއްވެސް ރައްޔިތަކަށް ގެއްލުމެއް ނުލިބޭނެ ކަމަށެވެ. އަދި މިއީ ދުރާލާ ރޭވިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް މޭޔަރު ވިދާޅުވިއެވެ.

މިހާރު ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްލައްވައި މޭޔަރު ވިދާޅުވީ ބިންތައް ސާފުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން މިފެށޭ ހަފުތާ ތެރޭގައި ގޯތިތައް ދޫކުރެވޭނެ ކަމަށާއި 42 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

އޭއީއެޗް ވަށައިގެން ހުރި ބިންތައް ދޫނުކުރުމަށް ކައުންސިލުން ނިންމާފައިވަނީ އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން މުހިންމު ސަރަހައްދަކަށްވާތީއެވެ. ހުރިހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކަންކަން ކުރަންޖެހޭއިރު، މުސްތަގްބަލުގައި އެސަރަހައްދަށް ގިނަ ބަދަލުތަކެއް އަންނާނެ ކަމަށް ކައުންސިލުން ބުނެއެވެ. އެގޮތުން ހޮސްޕިޓަލް ބޮޑުކުރަންޖެހޭ ހާލަތެއްގައި ވެސް އެސަރަހައްދުން ބަންޑާރަ ގޯއްޗަށް ބިންދޫކުރުމަކީ އެންމެ ބުއްދިވެރިގޮތް ނޫން ކަމަށް ކައުންސިލުން ބުނެއެވެ.

އޭއީއެޗް ވަށައިގެން ހުރި ބަންޑާރަ ގޯތިތައް އެހެން ސަރަހައްދަކަށް ބަދަލު ކުރަން އައްޑޫސިޓީ ކައުންސިލުން ނިންމާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
63%
0%
38%
0%
0%
ކޮމެންޓް