ކ. މާލެ
|
17 ޖުލައި 2021 | ހޮނިހިރު 11:30
ސިޒޭރިއަން ހެދިތާ ދެ މަސްފަހުން އަންހެނެއްގެ ބަނޑުން ނެގި ފޮތިގަނޑު
ސިޒޭރިއަން ހެދިތާ ދެ މަސްފަހުން އަންހެނެއްގެ ބަނޑުން ނެގި ފޮތިގަނޑު
ސޯޝަލް މީޑިއާ
އަންހެނެއްގެ ބަނޑުން ފޮތިގަނޑެއް ނެގި މައްސަލަ
ފުވައްމުލަކު ހޮސްޕިޓަލުން ސިޒޭރިއަން ހެދި އަންހެނެއްގެ ބަނޑުން ފޮތިގަނޑެއް ނެގި މައްސަލަ ބަލަނީ
 
މައްސަލައިގެ ތަފުސީލީ ލިޔެކިޔުންތައް ފޮނުވުމަށް އައިޖީއެމްއެޗް އަދި ފުވައްމުލަކު ހޮސްޕިޓަލަށް ވަނީ އަންގާފައި
 
އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ

ފުވައްމުލަކު ހޮސްޕިޓަލުން ސިޒޭރިއަން ހެދި އަންހެނެއްގެ ބަނޑުން ފޮތިގަނޑެއް ނެގި މައްސަލަ ހެލްތް މިނިސްޓްރީން ބަލަން ފަށައިފި އެވެ.

ރާއްޖެއެމްވީއަށް ހެލްތް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުވައްމުލަކު ހޮސްޕިޓަލުން ސިޒޭރިއަން ހެދި އަންހެނެއްގެ ބަނޑުން ދެމަސް ފަހުން ފޮތިގަނޑެއް ނެގި މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެހޮސްޕިޓަލްގެ ފަރާތުން ވެސް މިމައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. މިހާރު މިހާދިސާ ހިނގާދިޔަ ގޮތް ބަލަމުންދާ ކަމަށާއި، އިހުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ މިމައްސަލަ ބަލަމުން އަންނައިރު، މައްސަލައިގެ ތަފުސީލީ ލިޔެކިޔުންތައް ފޮނުވުމަށް އައިޖީއެމްއެޗް އަދި ފުވައްމުލަކު ހޮސްޕިޓަލަށް އަންގާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭއީ 29 އަހަރުގެ އަންހެނެކެވެ. މިއަންހެން މީހާގެ ބަނޑުގައި ފޮތިގަނޑެއް އޮތްކަން އެނގުނީ ބަނޑުގައި ރިއްސާތީ ފުވައްމުލަކު ހޮސްޕިޓަލުން ބެލުމަށްފަހުވެސް ރިހުން ނުކެނޑޭތީ އައިޖީއެމްއެޗަށް ދެއްކުމުންނެވެ. އަދި އައިޖީއެމްއެޗުން އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ގޮހަރުގައި ފާރުހުރި ކަމަށް ބުނެއެވެ. އެގޮތުން އެންމެ ފުރަތަމަ އެންޓިބަޔޮޓިކް ދީފައިވެއެވެ. ނަމަވެސް ރިހުން ނުކެނޑުމުން އޮޕަރޭޝަން ކުރީއެވެ. އޮޕަރޭޝަންގައި ފޮތިގަނޑު ފެނިފައިވާއިރު، އެފޮތިގަނޑުގެ ބައެއް ގޮހޮރުގައި ތަތްލަވާ ގޮހޮރުން ތަންކޮޅެއް ފޫގޮސްފައިވުމުން ގޮހޮރުން ތަންކޮޅެއް ވެސް ބުރިކޮށްލާފައިވެއެވެ.

މިހާދިސާ ފެންމަތިވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
75%
0%
0%
25%
0%
0%
ކޮމެންޓް