ކ. މާލެ
|
15 ޖުލައި 2021 | ބުރާސްފަތި 18:15
ހުޅުމާލޭ ގެސްޓްހައުސްތައް
ހުޅުމާލޭ ގެސްޓްހައުސްތައް
ރާއްޖެއެމްވީ
ގެސްޓް ހައުސްތަަކަށް ޗެކްއިން ވުން
މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓް ހައުސްތަައް އެންމެނަށް ހުޅުވާލައިފި
ޗެކިން ވެވޭނީ ސާމްޕަލް ނެތި ތާރީޚުން ފެށިގެން 60 ދުވަސް ވެފައިނުވާ މީހުންނާއި ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސްވެފައިވާ މީހުންނަށް

ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަަކަށް ގެސްޓުން އައުމުގެ ދޮރު ހުޅުވާލައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ރަނގަޅުވެފައިވާ މީހުންގެ ތެރެއިން ސާމްޕަލް ނެތި ތާރީޚުން ފެށިގެން 60 ދުވަސް ވެފައިނުވާ މީހުންނާއި ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސްވެފައިވާ މީހުން ގެސްޓް ހައުސްއަށް އައުމުގައި 72 ގަޑިއިރު ނުވާ ފީސީއާރް ނެގެޓިވް ނަތީޖާއެއް ބޭނުންވާނެ ކަމަށެވެ. އަދި ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ގެސްޓް ހައުސްއަށް އައުމުގައި 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއެއް ބޭނުންވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ސަރުކާރުން ވަނީ ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް މިހާރު ހުޅުވާލާފައެވެ. ދެކުނު އޭޝިއާގެ ގައުމުތަކަށް ރާއްޖޭގެ ބޯޑަރު ހުޅުވާލަން ސަރުކާރުން ނިންމާފައިވާއިރު، މި ސަރަހައްދަކީ ރާއްޖޭގެ ފަތުރުވެރިންގެ ބޮޑެތި މާރކެޓްތައް ހިމެނޭ އެއް ސަރަހައްދެވެ. ކޮވިޑްގެ ސަބަބުން ދެކުނު އޭޝިއާގެ ގައުމުތަކުން ފަތުރުވެރިން ގެނައުން ހުއްޓާލަން ޖެހުމުން އޭގެ އަސަރު ވަނީ ރާއްޖޭގެ ފަތުުރުވެރިކަމަށް ކޮށްފައެވެ. އެހެންކަމުން ދެކުނު އޭޝިއާ ސަރަހައްދުގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ފަތުރުވެރިންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ. ރާއްޖެއަށް މިހާތަނަށް 5 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ އިރު، މި އަހަރަށް ސަރުކާރުން ކަނޑައަޅާފައި ވަނީ 1.7 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.

ރައީސް ސާލިހު ވަނީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން މިހާރު ކުރަމުންދާ މަސައްކަތަކީ ވިޔަފާރިތައް ހުޅުވާލައި، އިގްތިސާދު ހިނގައިގަތުމަަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށާއި މި މަސައްކަތްތައް ކުރި ނަމަވެސް ކޮވިޑް ފެތުރިގެން ހިނގައިދާނެ ކަމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ވިދާޅުވެފައެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލާފައިވާއިރު ދެކުނު އޭޝިއާގެ ރައްޔިތުންގެ ތެރެއިން ރާއްޖޭގެ ވާރކް ޕާމިޓް އޮންނަ މީހުންނަށް ރާއްޖެ އައުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ދެކުުނު އޭޝިއާގެ ގައުމުތަކުން ރާއްޖެ އަންނަ ބިދޭސީ މަސައްކަތްތެރިން ކަރަންޓީންވާން ތިން ހޮޓަލެއް ވެސް ވަނީ ޚާއްސަކޮށްފައެވެ. ބިދޭސީ މަސައްކަތްތެރިން ރާއްޖެ އައިސް ކަރަންޓީން ވުމަށް ކަނޑައަޅާފައިވާ ތިން ހޮޓަލަކީ "ބީހައިވް ހޮޓަލް"، "ތްރީ އިން" އަދި "ވައިޓް ހާޕް" އެވެ.

ރާއްޖެ އަންނަ ބިދޭސީ މަސައްކަތްތެރިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާނަމަ 14 ދުވަހުގެ ކަަރަންޓީން މުއްދަތު ފުރިހަމަކުރަން ޖެހޭއިރު، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ވަނީ ލުއިދީފައެވެ. އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާއިން ހުއްދަ ދީފައިވާ ވެކްސިންތަކުގެ ތެރެއިން ވެކްސިނެއްގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާނަމަ ފުރިހަމަ ކުރަންޖެހޭނީ ހަތް ދުވަހުގެ ކަރަންޓީންގެ މުއްދަތެކެވެ. ކަރަންޓީންގެ މުއްދަތު ހަމަވުމުން ޕީސީއާރު ޓެސްޓު ހަދަންޖެހޭ އިރު، ކަރަންޓީނުން ނުކުމެވޭނީ އެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުންނެވެ.

ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން ބިދޭސީ މަސައްކަތްތެރިޔާ އަމިއްލައަށް ނުވަތަ މަސައްކަތްތެރިޔާއާ ޒިންމާވާ ފަރާތުން އިމިގްރޭޝަންގެ "އިމުގާ" ޕޯޓަލްގަައި މައުލޫމާތު ފުރިހަމަކޮށް ދަތުރުކުރުމުގެ 24 ގަޑިއިރު ކުރިން ކަރަންޓީންވުމަށް އެދި އެޗްއީއޯސީ އަށް ހުށަހަޅަންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް