ކ. މާލެ
|
15 ޖުލައި 2021 | ބުރާސްފަތި 06:54
ފިއުލް ޝެޑިއުލުން އާންމުން ޚިދުމަތް ހޯދަނީ
ފިއުލް ޝެޑިއުލުން އާންމުން ޚިދުމަތް ހޯދަނީ
ރާއްޖެއެމްވީ
ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކުރުން
އެސްޓީއޯއިން ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފި
 
އަގަށް ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ

އެސްޓީއޯ އިން ޑީސަލްއާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ މި ދުވަސްވަރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގު ވެސް ބޮޑުވެފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖެއިން ތެޔޮ ވިއްކާ އަގަށް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެސްޓީއޯއިން ގެނައި ބަދަލުތަކުގައިވާ ގޮތުން ޕެޓްރޯލް ވިއްކަން ހަމަޖައްސާފައި ވަނީ ލީޓަރެއް 10 ރުފިޔާ 72 ލާރިއަށް ކަމަށާއި ޑީސަލް ވިއްކާނީ 10 ރުފިޔާ 95 ލާރިއަށް ލީޓަރެއް ކަމަށް ބުނެފައިވެއެވެ. މިހާރު ވިއްކާ އަގާ އަޅާބަލާއިރު ޕެޓްރޯލްގެ އަގު ބޮޑުކޮށްފައި ވަނީ 01 ރުފިޔާ 21 ލާރިއެވެ. އަދި ޑީސަލްގެ އަގު ބޮޑުކޮށްފައި ވަނީ 23 ލާރިއެވެ.

އެސްޓީއޯ އިން ވަނީ މި ދިޔަ މަހުގެ 21 ވަނަ ދުވަހު ވެސް ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފައެވެ. އޭރު ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 09 ރުފިޔާ 74 ލާރިއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުން ދިޔައީ 10 ރުފިޔާ 72 ލާރިއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
15 ޖުލައި 2021 | ބުރާސްފަތި 07:10
މޯޱު
އަގުބޮޱު ނޮކޮށް ކީއްކުރާނީ ތެލުން ކަޓުޖައްސާބައި ކަވަރުކުރެވޭނީ ރޭޓަށް ބަދަލެއް ގެނެސްގެން