Advertisement
ކ. މާލެ
|
3 ސެޕްޓެންބަރ 2024 | އަންގާރަ 09:40
ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިޔާސީ ޕާޓީއެއްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ (ފައިލް ފޮޓޯ)
ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިޔާސީ ޕާޓީއެއްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ (ފައިލް ފޮޓޯ)
ޔޫސުފް ސޮފްވާން ރަޝީދު
ސަރުކާރު ކުންފުނިތައް މާޖްކުރުން
ކުންފުނިތައް "މާޖް" ކުރުމަކީ ރައްޔިތުން ލޮލުގަ އަނދުން އަޅުވަން ކުރާ ކަމެއް: ރައީސް ޔާމީން
އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލު ކުރުމަކީ ފެނަކައިގެ ޤާނޫނީ ޝަޚްސިއްޔަތަށް ބަދަލު އަންނަ ކަމެއް ނޫން
ސަރުކާރުން އަދި ދެއްކީ ބެލެނެވެރިއެއް، އުއްމީދު އާވާކަށް ނުޖެހޭ

ސަރުކާރުން ކުންފުނިތައް "މާޖް" ކުރުމަކީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ކުރާ ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިން މިހެން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެސްޓީއޯގެ ދަށަށް ފެނަކަ ގެންދިޔުމަކުން ފެނަކައިގެ ޤާނޫނީ ޝަޚްސިއްޔަތަކަށް ބަދަލެއް ނާދެ އެވެ. ސަބަބެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވީ ފެނަކައަކީ އަމިއްލަ ކެޕިޓަލް ހުރި، އޭގެ ޚަރަދާއި އޭގެ އާމްދަނީ އަށް ޒިންމާ އަމިއްލައަށް އުފުލާ ތަނަކަށް ވުމެވެ.

ރައީސް ޔާމީން ވިދާޅުވީ، އައިއެމްއެފް އަދި ވޯލްޑް ބޭންކް ފަދަ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ބުނަނީ މިފަދަ ކުންފުނިތަކުގައި ހުރި ބޮޑެތި މައްސަލަތައް ރަނގަޅުކުރަން ކަމަށެވެ. އެގޮތުން ޚަރަދާ އާމްދަނީ އާއި ދެކޮޅު ނުޖެހެނީ ކީއްވެތޯ ވެސް ބަލާ އެކަމަށް "އެޑްރެސް" ކުރަންވާނެ ކަމަށެވެ.

އެހެންވީމަ އެސްޓީއޯ ގެނެސް ބެލެނެވެރިއެއް ކައިރިއަށް ގެންދިއުމަކުން އަދި އެކަން އެޑްރެސް އެއް ނުކުރެވޭ. މިއީ ކޮޓޮން ވޫލް ކުރުން ކަހަލަ ކަމެއް. ލޮލުގަ އަނދުން އަޅުވަން ކުރާ ކަހަލަ ކަމެއް.
ކުރީގެ ރައީސް ޔާމީން

އެމަނިކުފާނު ފާހަގަ ކުރެއްވި އަނެއް މިސާލަކީ ރީޖަނަލް އެއަރޕޯޓްސް އާއި އެއަރޕޯޓްސް ކޮމްޕެނީ މާޖްކުރުމެވެ. އެގޮތުން ދެތަނުގެ ކޮންސޮލިޑޭޓެޑް ހިސާބެއް ނުނިކުންނާނެ ކަމަށާއި، މިފަދަ ކުންފުނިތަކުގެ ހިސާބު ހުންނަންވާނީ ވަކިން ކަމަށް ވިދާޅުވި އެވެ.

އެތަނުގެ ވެސް ސްޓްރަކްޗަރަލް އިޝޫއަކަށްވަންޏާ ވާނީ ކޮބާހޭ ޚަރަދު ދެކޮޅު ނުޖެއްސިގެން ތިއުޅެނީ ކީއްވެހެއްޔޭ. ޚަރަދު ދެކޮޅު ނުޖެއްސިގެން އުޅޭ ކަންކަމުގެ ތެރޭގައި މިސާލަކަށް އިހަށް ދުވަހު ކަށް ނޭނގެ ސައީދު ވިދާޅުވި ފެނަކަ ބަލާލި އިރު ފެނަކައިން މުވައްޒަފުން މަދުކުރަންޏާ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙް ސަރުކާރުން މިއޮތީ މުޅިން ވެސް މަސްވެރިންނޭ އެއަށް އަޅާލާފަ.
ކުރީގެ ރައީސް ޔާމީން

ރައީސް ޔާމީން ވިިދާޅުވީ ރައްޔިތުން އުއްމީދު އާވާކަށް ނުޖެހޭ ކަމަށާއި، ކުންފުނިތައް މާޖް ކުރުމުގައި ސަރުކާރުން އަދި ދެއްކީ ބެލެނެވެރިއެއް ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް