ކ. މާލެ
|
14 ޖުލައި 2021 | ބުދަ 08:32
އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ވެރިކަމުގެ ނިޒާމު
ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ އެއްވެސް މަޝްވަރާއެއްގައި ބައިވެރިނުވާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި
 
"ޔާމީންގެ ފިކުރަކުން" ނިޒާމު ބަދަލުކުރުމުގެ އެއްވެސް މަޝްވަރާއެއްގައި އެއްވެސް ބަޔަކާ ވާހަކައެއް ނުދައްކާނެ

ރާއްޖޭގައި ވެރިކަން ކުރާ ނިޒާމު ބަދަލުކުރުމުގެ އެއްވެސް މަޝްވަރާއެއްގައި ބައިވެރިނުވާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ މީގެ ކުރިން ނެގުނު ވޯޓުން ރައްޔިތުން ބޭނުންވަނީ ރިޔާސީ ނިޒާމެއްކަން ނިންމާފައިވާ ކަމަށާއި "ޔާމީންގެ ފިކުރަކުން" ނިޒާމު ބަދަލުކުރުމުގެ އެއްވެސް މަޝްވަރާއެއްގައި އެއްވެސް ބަޔަކާ ވާހަކައެއް ނުދައްކާނެ ކަމަށެވެ. އަދި އުންމީދަކީ ޝަރުއީ ނިޒާމެއްގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރެއްވުމަށްފަހު، ރިޔާސީ ނިޒާމެއްގައި 2023 ވަނަ އަހަރު ޔާމީން އިންތިހާބު ކުރެއްވުމަށް ކަމަށް ޣައްސާން ވިދާޅުވިއެވެ.

ރާއްޖޭގައި އޮންނާނެ ނިޒާމާކާ ގުޅޭ ގޮތުން 18 އޮގަސްޓު 2007 ގައި ނެގި ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 62 ޕަސަންޓް ރައްޔިތުން ތާއީދުކޮށްފައި ވަނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ބޭއްވުމަށެވެ. އިދިކޮޅުން މިހެން ބުނެފައި މިވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަރުލަމާނީ ނިޒާމު ގެނައުމުގެ ވާހަކަތައް ދައްކަވާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އާސްކު ސްޕީކަރގެ ތިން ވަނަ ޕްރޮގްރާމްގައި ދެން އަންނަ ރިޔާސީ އިންތިޚާބެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަކުރެއްވުމުގެ ފުރުސަތު ލިބުމަކީ ކިހާ މުހިންމުކަމެއްތޯ އާންމު މީހަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެއްވެސް އިރެއްގައި ރައީސް ޔާމީނަށް ދެރައެއް ލިބުމަށް އެދިވަޑައިނުގަންނަވާ ކަމަށެވެ. އަދި އުންމީދުކުރައްވަނީ ރާއްޖޭގައި ބާއްވާ ކޮންމެ އިންތިޚާބެއްގައި ވެސް ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ބައިވެރިވެވޭގޮތަށް ކުރިޔަށް ދިޔުންކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ދެން ރާއްޖޭގައި ރިޔާސީ އިންތިޚާބެއް ނޯންނާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީނާއެކު ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމުގައި މަސައްކަތް ކުރައްވާނެ ކަމަށާއި ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގާއިރުގައި ދެކެނީ ޕީޕީއެމް އާއި އެމްޑީޕީ އެކުގައި ތިބެގެން ފެންނަ ނުފެންނަ ވޯޓަކަށް ދެވޭނެކަމަށެވެ.

ރައީސް ނަޝީދުގެ މިވާހަކަތަަކަށް ރައްދުދެއްވައ ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އެމްއާރްއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވީ ދިވެހިރާއްޖޭގައި ބަރުލަމާނީ ނިޒާމަށް ޖާގައެއް ނެތް ކަމަށެވެ. ރާއްޖެއަށް އެންމެ އެކަށީގެންވަނީ "ބަރުލަމާނީ ނިޒާމުތޯ ނުވަތަ ރިޔާސީ ނިޒާމުތޯ" ބަހުސް ގަދަވެފައިވާ މިދަނޑިވަޅުގައި މައުމޫން ވިދާޅުވީ ދިވެހިރާއްޖޭގެ ހާލަތާ އެންމެގުޅޭ، ރާއްޖެއަށް އެންމެ ފައިދާހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ. ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމާފައިވަނީ ވެސް ހަމަ ރިޔާސީ ނިޒާމުކަން ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ރާއްޖޭގައި ޖާގައެއް ނެތް ކަަމަށާއި، އެކަން ވަރަށް ސާފު ކަމަށެވެ.

ރާއްޖޭގައި އޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާކަން މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ނަޝީދު ވަނީ ރައީސް ޞާލިޙަށް ދަންނަވާފައެވެ. ނަޝީދު ރައީސް ސާލިހަށް ކުރެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވަން ބޭނުންފުޅުވާ ކަމަށާއި، ސަރުކާރު ހިންގުމުގައި އެއްފަރާތެއްގައި ހުންނަވަން އެމަނިކުފާނު ބޭނުންފުޅު ނުވާކަމަށެވެ. އަދި ބޭނުންފުޅުވަނީ ބޮޑުވަޒީރަށްވެ ގައުމު ހިންގުމުގެ އެންމެ ކުރީ ސަފުގައި ހުންނަވަން ކަމަށް ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ މެސެޖުގައި އެމަނިކުފާނު ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނުބާއްވައި އެ އަހަރު ރާއްޖޭގެ ވެެރިކަން ކުރާ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށް، ރައްޔިތުންގެ މަޖިލީހުން ސަރުކާރު އެކުލަވާލުމަށް ވެސް ހުށަހަޅުއްވާފައެވެ. އަދި 2024 ވަނަ އަހަރުގެ މަޖިލީސް އިންތިޚާބާ ކުރިމަތިލާއިރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކީ ގާނޫނުގައިވާގޮތަށް މަޖިލީހުން ކަނޑައަޅާ ބޭފުޅަކަށް ހަދަން ބޭނުންފުޅުވާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ރައީސް ޞާލިޙު ވިދާޅުވީ ރާއްޖޭގައި ބާއްވާނީ ބަރުލަމާނީތޯ ނުވަތަ ރިޔާސީ ނިޒާމުތޯ ނިންމާނީ ރައްޔިތުންގެ ވޯޓުން ކަމަށެވެ. އަދި އެއީ އެމަނިކުފާނަށް ނިންމެވޭނެ ކަމެއް ނޫން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު
ކެމްޕެއިނުގައި މިފަހަރު ގޮވާލީ ސަރުކާރު ޕާޓީ މީހުންނަށް އެކަނި ކަރަންޓުދޭން، ޕާޓީން މިފަހަރުވެސް ބުނީ އެއީ ފަރުދީ ވިސްނުމެއް ކަމަށް
ވަޒީފާގެ ބިރު ދައްކައިގެންވެސް ސަރުކާރަށް ތާއީދު އިތުރުކުރަންޖެހޭކަމަށް ބުނި މައްސަލަ ހުށަހަޅަން އީސީން އެދިއްޖެ
ޕީއެންސީން ބޭއްވި ތަފާތު ޕެނަލް ޑިސްކަޝަން!
މަގުމަތީ ގޭނުނީ އިޚުލާސްތެރިން، ވަޒީފާ ލިބެނީ ހިޖުރަވެރިންނަށް!