ކ. މާލެ
|
13 ޖުލައި 2021 | އަންގާރަ 17:57
 ވިލިލާމެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކު
ވިލިލާމެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކު
ރާއްޖެ އެމްވީ
ނިހާންގެ މައްޗަށް ކުރާ ދައުވާ
ދައުލަތަށް ނަގަން އެންގި އެއްޗެހީގެ ތެރޭގައި ނިހާންގެ ރޮލެކްސް ގަޑި
 
އެ ގަޑިއަކީ މަޖިލީހުގައި ނެގި ވޯޓަކާގުޅިގެން، ރިޝްވަތުގެ ގޮތުގައި ހޯދި ގަޑިއެއް
 
އޭނާގެ އެޕާޓްމަންޓަކީ ރިޝްވަތުގެ ގޮތުގައި އަދީބު ދެއްވި ފައިސާއިން ގަނެފައިވާ ތަނެއް
 
ނިހާންގެ މައްޗަށް 6 ދައުވާއެއް އުފުލާފައިވޭ

ކުށް ކޮށްގެން ހޯދާފައިވާ ފައިސާއާއި މުދަލުގެ ތެރެއިން ދައުލަތަށް އަނބުރާ ނަގަން ހުށަހަޅާފައިވާ ތަކެތީގެ ތެރޭގައި ވިލިލާމެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކުގެ ރޮލެކްސް ގަޑިއާއި އޭނާގެ އެޕާޓްމަންޓުވެސް ހިމެނޭކަން ހާމަވެއްޖެއެވެ.

ކުށްކޮށްގެން ހޯދާފައިވާ ފައިސާގެ ތެރެއިން ދައުލަތަށް އަނބުރާ ނަގަން އަންގާފައިވާ ފައިސާގެ ބައެއް ތަކެތީގެ މައުލޫމާތު އާންމުކުރައްވާފައިވާއިރު، ޕީޖީ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި 10،011،889.20 (ދިހަ މިލިއަން އެގާރަ ހާސް އަށްސަތޭކަ އަށްޑިހަ ނުވަ ރުފިޔާ) ނަގަން އެދިފައިވާ ކަމަށެވެ. މީގެ އިތުރަށް ލޯންޑަރިން މައްސަލަތަކުގައި 70،740،291ރ (ހަތްދިހަ މިލިއަން ހަތް ލައްކަ ސާޅީސް ހާސް ދުއިސައްތަ ނުވަދިހަ އެއް ރުފިޔާ)ގެ އިތުރަށް ރޮލެކްސް ގަޑިއަކާއި އެޕާޓްމަންޓެއް ވެސް ނަގަން އެދިފައިވާ ކަމަށެވެ.

މި ފައިސާއާއި ތަކެއްޗަކީ މަނީ ލޯންޑަރިންގެ 26 މައްސަލައެއްގައި އަނބުރާ ނަގަން އެދިފައިވާ ތަކެތި ކަމަށް ވިދާޅުވެފައިވެއެވެ.

ކޮރަޕްޝަންގެ މައްސަލަތަކަށް ބަލާއިރު، މިހާތަނަށް ރޮލެކްސް ގަޑިއަކާއި އެޕާޓްމަންޓެއްގެ މައްސަލަ ޖެހިފައި ވަނީ ވިލިލާމެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކުގެއެވެ. އެގޮތުން ރިޝްވަތުގެ ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާ އަކާއި މަނީ ލޯންޑްރިންގެ ދައުވާއެއް ނިހާންގެ މައްޗަށްކޮށްފައިވާއިރު، އެ ދައުވާތައް އުފުލާފައިވަނީ މަޖިލީހުގެ މެމްބަރަކަށް ހުންނަވައިގެން ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު މެދުވެރިވެގެން ގިނަ އަދަދެއްގެ ފައިސާއާއި އަގުހުރި ރޮލެކްސް ގަޑިއެއް ހޯއްދަވާފައިވާކަމަށް ބުނެ އެވެ.

ނިހާން މައްސަލާގެ ތަހުގީގުގެ ތެރޭގައިވެސް އޭނާ އަތުގައި ހުރި އަގުބޮޑު މުދަލާގުޅޭގޮތުން ސުވާލުކޮށްފައިވާއިރު، ނިހާންގެ މައްޗަށް ދައުވާކޮށް ޕީޖީ އޮފީހުން ވަނީ އޭނާގެ އެޕާޓްމަންޓަކީ ރިޝްވަތުގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ދެއްވި ފައިސާއާއި އެހެން ފައިސާވެސް އެއްކޮށްގެން ގަނެފައިވާ އެޕާޓްމަންޓެކެވެ. އަދި އެ ގަޑިއަކީ 2014 ވަނަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމާއި، މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަންކުރާ މެމްބަރު ހޮވުމަށްޓަކައި ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ހޯދި ގަޑިއެއް ކަމަށް ވެސް ވެއެވެ.

ނިހާންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް މިހާރު ކުރިއަށްދާއިރު، އަދި ކުރިއަށް ގެންދަނީ ޝަރީއަތް ފެށުމުގެ ކުރިން އޮންނަ އިބްތިދާއީ މަރުހަލާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
11%
56%
0%
11%
22%
0%
ކޮމެންޓް
12 މެއި 2022 | ބުރާސްފަތި 01:13
އަހަންމާ
ފުރަތަމަ، އެމް.ޑީ.ޕީ ގައި ތިބި ވަގުންގެ ބައި ބަލާބަލަ، ނެގިފައިސާ މާގިނަވާނެ.
13 ޖުލައި 2021 | އަންގާރަ 19:20
ހަސަންބެ
ބޯ ކަޅުކުރަން ގެންގުޅޭ ބޭސްފުޅި ނުނެގިކަން ނަސީބެއްނު
ގުޅުންހުރި