ކ. މާލެ
|
13 ޖުލައި 2021 | އަންގާރަ 15:35
އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އެމްޑީޕީގެ އެތެރޭގެ ކޯޅުން
އަޅުގަނޑުމެން ދުވަހަކުވެސް ރައީސް ނަޝީދުގެ ސިޔާސަތުތަކާއެކު ކުރިއަކަށް ނުދާނެ: އިދިކޮޅު ކޯލިޝަން
 
ދެ ލީޑަރުން އެކައްޗެއް ކިޔައިފިނަމަ ރައްޔިތުން ސިޔާސީ ލީޑަރުންނަށް ކުރާނެ އިތުބާރެއް ނޯންނާނެ
 
އިދިކޮޅުން އެމްޑީޕީއާ ގުޅޭތަން ކުޑަކޮށް ވެސް ނުފެނޭ
 
ރައީސް ޔާމީން މިނިވަން ކުރުމުގެ ޑީލްއެލް ދުވަހަކު ވެސް އެމްޑީޕީ ނުވަތަ ރައީސް ނަޝީދާއެކު ނުހަދާނެ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސަތުތަކާއެކު ކުރިއަށް ނުދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަންގެ މެމްބަރު އަދި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރ އަހުމަދު ޝިޔާމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް ނަޝީދުގެ ސިޔާސަތުތައް އުޑާއި ބިމާހާ ތަފާތު ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމުގެ ޑީލްއެލް ދުވަހަކުވެސް އެމްޑީޕީ ނުވަތަ ރައީސް ނަޝީދާއެކު ނުހަދާނެ ކަމަށާއި ރައީސް ޔާމީން މިނިވަންކުރަން ޑީލްއެއް ހައްދަވަން ނުޖެހޭ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ އިދިކޮޅުން އެމްޑީޕީއާ ގުޅޭތަން ކުޑަކޮށް ވެސް ނުފެންނަ ކަމަށާއި ރައީސް ނަޝީދު އިދިކޮޅުގެ ސިޔާސަތުތައް ޤަބޫލުކުރައްވާނަމަ އެކަން އެގޮތަށް ކުރައްވައިގެން ހުންނެވުމަށް އެދޭ ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަން ނޫނަސް ވަރަށް ބައިވަރު ސިޔާސީ ޕާޓީތައް އެބަހުރި ކަމަށާއި އަދި އުފެދެމުންދާކަން ފާހަގަކުރައްވައި ޝިޔާމް ވަނީ އެޕާޓީތަކުގެ އެހީ ހޯއްދެވުމަށް ނަޝީދު ވަޑައިގަންނަވަންވީ ނޫންތޯ ކަމަށް ބުނެ ސުވާލު އުފައްދަވާފައެވެ.

ރައީސް ޔާމީންގެ ސިޔާސަތުތަކަށް ތާއިދުކުރައްވާ ރައީސް ނަޝީދު ޔާމީންގެ އެހީއަށް އެދިވަޑައިގެންފިނަމަ ދެ ޕާޓީއެކުގައި މަސައްކަތް ކުރައްވާނެތޯ ރާއްޖެއެމްވީ އިން ސުވާލުކުރުމުން ޝިޔާމް ވިދާޅުވީ އެ ސިޔާސަތެއް ބިނާކުރުމަށްޓަކައި ރައީސް ނަޝީދުގެ މުޅި ދިރިއުޅުން ހޭދަކުރެއްވި ސިޔާސަތެއް ނަޝީދު ދޫކުރައްވާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ރަނގަޅު ނިޔަތެއްގައި ނަޝީދުގެ ސިޔާސަތުތައް ބަދަލު ނުކުރާނެ ކަމަށާއި ވަރަށް މަކަރުވެރި ގޮތްތައް ބައެއް ސިޔާސީ ބޭފުޅުން ގެންގުޅުއްވާ ކަަމަށެވެ.

ދެ ލީޑަރުން އެކައްޗެއް ކިޔައިފިނަމަ ރައްޔިތުން ސިޔާސީ ލީޑަރުންނަށް ކުރާނެ އިތުބާރު ނޯންނާނެ ކަމަށާއި ރައްޔިތުން އިހްތިޔާރު ކުރަނީ ސިޔާސަތުތަކާއި ފިކުރުތައް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. ރައީސް ނަޝީދާއި ރައީސް ޔާމީންގެ ސިޔާސަތުތަކަކީ މުޅިން ތަފާތު ދެ ސިޔާސަތުތައް ކަމަށް ވިދާޅުވި ވާހަކަ ޝިޔާމް ވަނީ ތަކުރާރު ކުރައްވާފައެވެ.

ރައީސް ނަޝީދު އެމްޑީޕީ އެހެން މިސްރާބަކަށް ގެންގޮސް ޕީޕީއެމާއެކު މަސައްކަތްކުރަން ބޭނުންވާކަން ފައުޅުކަންބޮޑު ގޮތެއްގައި މިހާރު އަންނަނީ ހާމަ ކުރައްވަމުންނެވެ. އެގޮތުން ރައީސް ނަޝީދުގެ ވިސްނުމަކީ ރާއްޖެ ސަލާމަތް ކުރެއްވުމަށް ކަމަށާއި، ބޭނުންވަނީ، އިންޑިއާ އައުޓް ނުގޮވާ، ނަފްރަތުގެ ބިލަށް ތާއީދުކުރާ، މިއުޒިކު ހަރާމް ނުކުރާ، ކީރިތި ރަސޫލާއަށާއި، އިސްލާމްދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއް ކަމަށް ވިދާޅުވިއެވެ. އަދި މިކަމުގައި އެމަނިފާނު ދެކި ލައްވާ ގޮތުގައި ޕީޕީއެމްއާއި އެމްޑީޕީގެ ގިނަ މެމްބަރުން ތިބޭނީ އެ ގޮތުގައި ކަމަށް ވެސް ވިދާޅުވިއެވެ. ރައީސް ނަޝީދުގެ މި ވާހަކަތަކަށް ރައްދު ދެއްވައި ޝިޔާމް ވިދާޅުވީ އެމަނިކުފާނު ޓުވީޓު އެ ކުރެއްވި މެސެޖުތަަކަކީ އިދިކޮޅުން ޤަބޫލުކުރާ އަސާސެއް ނޫން ކަމަށެވެ. އަދި މެދުމިނުގެ އިސްލާމްދީނެއް ނޯންނާނެ ކަމަށެވެ.

އިދިކޮޅުން ރައީސް ނަޝީދާއެކު ދުވަހަކު ވެސް މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއެކު ސިޔާސީ މަސައްކަތް ކުރެއްވުމަށް ނުވިސްނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. ފަހުން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ މެމްބަރުން ނުރުހުނުކަމަށް ވިޔަސް، ސިޔާސީ މަސައްކަތުގައި ރައީސް ޔާމީނުގެ އެހީއަށް އެދިވަޑައިގަންނަވާނެކަން ހާމަ ކުރައްވާފައެވެ. އެކަން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުން ދައުރުވަމުންދާ މެސެޖުތަކެއްގައި ވެސް އެ ހިިޔާލު ފާޅު ކުރައްވާފައިވާއިރު، ރައީސް ޞާލިޙާއެކު ސިޔާސީ މަސައްކަތް ކުރެއްވުމުގެ ވިސްނުންފުޅު ރައީސް މިހާރު ނުގެންގުޅުއްވާކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
33%
67%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު
ކެމްޕެއިނުގައި މިފަހަރު ގޮވާލީ ސަރުކާރު ޕާޓީ މީހުންނަށް އެކަނި ކަރަންޓުދޭން، ޕާޓީން މިފަހަރުވެސް ބުނީ އެއީ ފަރުދީ ވިސްނުމެއް ކަމަށް
ވަޒީފާގެ ބިރު ދައްކައިގެންވެސް ސަރުކާރަށް ތާއީދު އިތުރުކުރަންޖެހޭކަމަށް ބުނި މައްސަލަ ހުށަހަޅަން އީސީން އެދިއްޖެ
ޕީއެންސީން ބޭއްވި ތަފާތު ޕެނަލް ޑިސްކަޝަން!
މަގުމަތީ ގޭނުނީ އިޚުލާސްތެރިން، ވަޒީފާ ލިބެނީ ހިޖުރަވެރިންނަށް!