ކ. މާލެ
|
13 ޖުލައި 2021 | އަންގާރަ 10:53
ޑރ. ޖަމީލް އަދި ރައީސް ނަޝީދު
ޑރ. ޖަމީލް އަދި ރައީސް ނަޝީދު
ރާއްޖެ އެމްވީ
ޑރ. ޖަމީލް، ނަޝީދަށް ސާބަސް ދެއްވުން
ޑރ. ޖަމީލް، ރައީސް ނަޝީދަށް "ސާބަސް" ދެއްވައިފި
 
ޑރ. ޖަމީލް ސާބަސް ދެއްވާފައި މި ވަނީ ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަން ދޭހަވާ ބީދައަކުން ރައީސް ނަޝީދު ވާހަކަދެއްކެވުމާ ގުޅިގެން
 
ރައީސް ނަޝީދު ވަނީ "ރައީސުލްޖުމްހޫރިއްޔާއާ އެކުގައި ސިޔާސީ ގޮތުން ހުރެވޭކަށް ނެތް" ކަމަށް ވިދާޅުވެފައި

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދަށް "ސާބަސް" ދެއްވައިފިއެވެ.

ޑރ. ޖަމީލް ރައީސް ނަޝީދަށް ސާބަސް ދެއްވާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއެކު ސިޔާސީ މަސައްކަތް ކުރެއްވުމަށް ނުވިސްނަވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަން ދޭހަވާ ބީދައަކުން ރައީސް ނަޝީދު ވާހަކަދެއްކެވުމާ ގުޅިގެންނެވެ. ޑރ. ޖަމީލް ވަނީ "ސާބަސް ރައީސް" ވިދާޅުވެ، ރައީސް ނަޝީދު ޓެގްކޮށް ޓްވީޓްކުރައްވާފައެވެ.

ޖަމީލް މިހެން ވިދާޅުވެފައިވާއިރު މި މަހުގެ 6 ވަނަ ދުވަހު ކުރެއްވި ޓްވީޓުގައި ރައީސް ނަޝީދަށް ދުވަހަކު ވެސް ވެރިކަމަށް ނާދެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ރައްޔިތުން ވަނީ ވެރިކަމުގެ ނިޒާމް ކަނޑައަޅާފައި ކަމަށާއި، އެ ފަހަރު ރައްޔިތުން ރައީސް ނަޝީދަށް ނޫނެކޭ ބުނެފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

ޕާޓީގެ އެކްޓިވިސްޓުން ޗާޖުކުރަން ދައްކަން ވެސް ނިޒާމުގެ ވާހަކަ މިހާރު ބާވެއްޖެ ކަމަށާއި، ރައީސް ނަޝީދުގެ ވެރިކަމެއް ދެން ރާއްޖެއަކުން ދުވަހަކު ވެސް ނުފެންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ރައީސް ނަޝީދު، ރައީސް ޔާމީނާއެކު މަސައްކަތް ކުރެއްވުމުގެ ވިސްނުންފުޅު ހުރި ކަމަށް ވިދާޅުވުމުން އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރ ޑރ. ޖަމީލް މިވަނީ ރައީސް ނަޝީދަށް ސާބަސް ދެއްވާފައެވެ.

ދާދި ފަހުން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ މެމްބަރުން ނުރުހުނުކަމަށް ވިޔަސް، ސިޔާސީ މަސައްކަތުގައި ރައީސް ޔާމީނުގެ އެހީއަށް އެދިވަޑައިގަންނަވާނެކަން ހާމަ ކުރައްވާފައެވެ. އެކަން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުން ދައުރުވަމުންދާ މެސެޖުތަކެއްގައި ވެސް އެފަދަ ގޮތަކަށް ހިިޔާލު ފާޅު ކުރައްވާފައިވާއިރު، ރައީސް ޞާލިޙާއެކު ސިޔާސީ މަސައްކަތް ކުރެއްވުމުގެ ވިސްނުންފުޅު ރައީސް މިހާރު ނުގެންގުޅުއްވާކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މި މެސެޖުތަކުގައި ރައީސްއަށް އަމާޒު ކުރައްވައި ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައިވާއިރު، މިހާރު ވިސްނުންފުޅު ހުރީ ރައީސް އަބްދުﷲ ޔާމީނާއެކު މަސައްކަތް ކުރެއްވުމަށްކަން ދައުރުވަމުންދާ މެސެޖުތަކުން ހާމަވެއެވެ.

އެ މެސެޖުތަކުގައި ވަނީ ރައީސް ނަޝީދު ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި ހިއްސާ ކުރެއްވި ވާހަކަތަކެކެވެ. އެގޮތުން ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙާ ޒާތީ އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެ، ރައީސް ޞާލިޙަކީ އެމަނިކުފާނުގެ ދަރިންގެ "އިބޫ ދޮންބެ" ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފިކުރީ ގޮތުން ރައީސް ޞާލިޙާއި، އެމަނިކުފާނުގެ ވިސްނުންފުޅު ތަފާތުކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވަނީ "ރައީސުލްޖުމްހޫރިއްޔާއާ އެކުގައި ސިޔާސީ ގޮތުން ހުރެވޭކަށް ނެތް" ކަމަށް ވިދާޅުވެފައެވެ. ސަބަބެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވަނީ ހަރުކަށި ފިކުރާ ދެކޮޅަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
50%
25%
0%
0%
25%
0%
ކޮމެންޓް
15 ޖުލައި 2021 | ބުރާސްފަތި 11:13
މަޒް
މެމްބަރުން ނުރުހުނަސް ޔާމީނާ ގުޅޭނަން.. ރައްޔިތުން ނުރުހުނަސް އިންޑިއާ މިތަނަށް ގެންނާނަން.. އަނބި މިހާ ނުރުހުނަސް މީހުން ކައިރިއަށް ވަންނާނަން.. މުޅިންވެސް ބޯ ހަރުކަމާއިި ގޮތް ދޫނުކުރުން