ކ. މާލެ
|
11 ޖުލައި 2021 | އާދީއްތަ 12:25
އެޕްރީލް 10ގައި ބޭއްވި އިންތިޚާބުގެ ތެރެއިން
އެޕްރީލް 10ގައި ބޭއްވި އިންތިޚާބުގެ ތެރެއިން
ރާއްޖެއެމްވީ
ޑަބްލިއުޑީސީ އިންތިޚާބު
ރަކީދޫ ޑަބްލިއުޑީސީގެ ގޮނޑިތައް އެމްއާރްއެމަށް
 
އިންތިޚާބު ކުރަންޖެހޭ ދާއިރާތަކުގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކު ކުރިމަތިނުލާ ހުރި ދާއިރާތަކަށް އަނެއްކާވެސްވަނީ ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި

ވ. ރަކީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު ކަމަށް ކުރިމަތިލި ތިން މެމްބަރުން ވެސް އިންތިޚާބަކާ ނުލައި ގޮނޑި ކާމިޔާބުކޮށްފިއެވެ.

ފަސް މެމްބަރު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލި 3 މެމްބަރުންނަކީ ވެސް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ށް ނިސްބަތްވާ މެމްބަރުންނެވެ. މި ކޮމިޓީއަށް އަދި ދެ މެމްބަރުން އިންތިޚާބުކުރަން ޖެހެއެވެ. ރަކީދޫގެ ގޮނޑި ކާމިޔާބުކުރީ، އާރިފާ މުހައްމަދު، މަރްޔަމް އަމީނާ، އަދި އާމިނަތު ރަޝީދާއެވެ.

ހދ. ނޭކުރެންދޫ ކޮމިޓީއަށް އިންތިޚާބުކުރަންޖެހޭ 2 ގޮނޑިއަށް ވަގުތު ހަމަވިއިރު ކުރިމަތިލާފައިވަނީ 1 ކެންޑިޑޭޓެވެ. އެހެންކަމުން އެ ކެންޑިޑޭޓަށް ވެސް ވަނީ އިންތިޚާބަކާ ނުލައި ގޮނޑި ޔަގީންވެފައެވެ. އެއީ، ޕީޕީއެމަށް ނިސްބަތްވާ ފާތިމަތު ފަޒްނާއެވެ.

ލ. މާބައިދޫ ކައުންސިލަށް އެއް މެމްބަރަކު އިންތިޚާބުކުރަންޖެހޭއިރު، ކުރިމަތިލާފައިވަނީ ވެސް އެއް ކެންޑިޑޭޓެވެ. އެހެންކަމުން އެ ގޮނޑިއަށް ކުރިމަތިލާފައިވާ، ޕީޕީއެމްގެ ކެންޑިޑޭޓް އާއިޝަތު އާދަމް ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ.

އޮގަސްޓް މަހުގެ 7 ވަނަ ދުވަހު މެމްބަރުން އިންތިޚާބު ކުރަންޖެހޭ ދާއިރާތަކުގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކު ކުރިމަތިނުލާ ހުރި ދާއިރާތަކަށް އަނެއްކާވެސްވަނީ ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ހދ. ނޭކުރެންދޫއަށް 1 މެމްބަރު، ބ. ފުޅަދޫއަށް 1 މެމްބަރު، ވ. ރަކީދޫއަށް 2 މެމްބަރުން އަދި މ. ރަތްމަންދޫއަށް 5 މެމްބަރުން ހޮވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. މި ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ، ޖުލައި މަހުގެ 16ގެ ނިޔަލަށެވެ.

އަލަށް އިންތިޚާބުވި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން ހުވާކޮށް، މަގާމާ ހަވާލުވެފައިވަނީ 17 މެއި 2021 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ކެމްޕެއިނަށް ހަރުކުރި ތަކެތި ނަގަން ޤާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އެތަކެތި ނެގުމަށް އީސީން އިލްތިމާސްކޮށްފި
ގިނަ ފަހަރަށް އިންތިހާބުވާ މީހާއަކީ ދާއިރާގެ މައިނޯރިޓީ ތާއީދު އޮންނަ މީހެއް، މިއީ ކަންބޮޑުވުމެއް - ހަސަން
މަޖިލީހަށް ކުރިމަތިލި ހުރިހާ ކެންޑިޑޭޓުން އަންނަ މަހުގެ 21 ގެ ކުރިން މާލީ ބަޔާން ހުށަހަޅަންޖެހޭ: ހަބީބު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުއެކީގައި ބާއްވަންޖެހޭ: ހަބީބު
މަޖިލިސް އިންތިހާބުގެ އިދާރީ އިންތިޒާމްތައް ރަނގަޅު، ހާމަކަން ބޮޑު، ސުލްހަވެރިކަމާއެކު ކުރިއަށްދިޔަ - ޓްރާންސްޕޭރެންސީ
ބޫތު ބަހައްޓާފައި ހުރިގޮތުން ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވުނު، އިންޑިއާގެ އިންތިހާބުގައި ކުރެވިދާނެ ގިނަ ކަންކަން އެނގިގެންދިޔަ - ޝަހާބުއްދީން
މަޖިލިސް އިންތިޚާބުގެ ދާއިމީ ނަތީޖާ އަންނަ އާދިއްތަ ދުވަހުގެ ކުރިން އިއުލާންކުރުމަށް ދަނީ މަސައްކަތްކުރަމުން: އީސީ