ކ. މާލެ
|
10 ޖުލައި 2021 | ހޮނިހިރު 23:27
ސީންއެއްގައި ފުލުހުންގެ ސެކިއުރިޓީ ޓޭޕް ދަމާފައި
ސީންއެއްގައި ފުލުހުންގެ ސެކިއުރިޓީ ޓޭޕް ދަމާފައި
މިހާރު
މާލޭގައި މާރާމާރީއެއް ހިންގާ މީހަކު ޒަހަމްކޮށްލުން
މާލޭގައި މާރާމާރީއެއް ހިންގާ މީހަކު ޒަޚަމްކޮށްލައިފި، އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން
 
މިމާރާމާރީގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުން
 
ފުލުހުން ބުނީ ހޮނިހިރު ދުވަހުގެ ރޭ 9:50ހާއިރު މާރީމާރީގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށް

މާލޭގެ ގަލޮޅު ފާޝަނާކިލެގެ މަގުގެ ގޯޅިގަނޑެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދުގައި މާރީމާރީ ހިންގާ އެކަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ ހޮނިހިރު ދުވަހުގެ ރޭ 9:50ހާއިރު މިމާރީމާރީގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. މިމާރާމާރީގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުން ކަމަށް ފުލުހުން ބުނެއެވެ. އެމީހާގެ ހާލު ސީރިއަސްނޫންކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާކަމަށް ވަނީ ބުނެފައެވެ. އަދި މިމާރާމާރީ ހިންގުމުގައި ތޫނު އެއްޗެއް ބޭނުންކޮށްފައިނުވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިހެން ބުނެފައިމިވަނީ މިމާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވަނިކޮށެވެ. ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކަށް ބަލާއިރު އެމީހާގެ ބޯ ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ.

ފުލުހުން ބުނީ މިމައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް