ކ. މާލެ
|
10 ޖުލައި 2021 | ހޮނިހިރު 10:07
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާގެ
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާގެ
ރާއްޖެއެމްވީ
މުލިއާގެ ކައިރީގައި ބޮމެއް އޮތް ކަމަށް ބުނުން
ބޮމުގެ އިންޒާރު ދިނުމާއި ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
 
ނިރުބަވެރި އަމަލެއް ހިންގާނެ ކަމަށް ބުނެ އިންޒާރު ދިނުމަކީ ގާނޫނު ބުނާގޮތުން ކުށެއް
 
އެ ދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ދެ މީހުން ކަމަށް މައުލޫމާތުލިބޭ
 
އެމީހާ ދޫކޮށްލީ ހުކުރު ދުވަހުގެ ވަގުތެއްގައި

މުލިއާގެ ކައިރިން ދަމުން އަތުގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިން ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.

ރާއްޖެއެމްވީއަށް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިން މީހާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައިވާ ކަމަށާއި، އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް އާދިއްތަ ދުވަހު ކޯޓަށް ގެންދާނެ ކަމަށެވެ. ދެން ހުރި މީހާ ބަންދުގައި ބެހެއްޓުމަށްފަހު ހުކުރު ދުވަހުގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހައްޔަރުކުރި ދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ދެ މީހުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ހުކުރު ދުވަހުގެ މެންދުރު ވަގުތެއްގައި އެމީހުން ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނުމާ ގުޅިގެން ފުލުހުންނާއި ސިފައިން އެކަމަށް އެޓްންޑްވެފައިވެއެވެ. މީގެ އިތުރުން މުލިއާގޭ ގޭޓް ގޮއްވާލާނެކަމުގެ އިންޒާރު މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭ ލިބުމާއެކު މުލިއާގޭގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވެއެވެ. އަދި އެސަރަހައްދު މޮނިޓަރ ކުރުމުގައި އަބަދުވެސް ސިފައިން ހަރަކާތްތެރިވަމުންދާނެއެވެ.

ނިރުބަވެރި އަމަލެއް ހިންގާނެ ކަމަށް ބުނެ އިންޒާރު ދިނުމަކީ ގާނޫނު ބުނާ ގޮތުން ކުށެކެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަހު، އެފަދަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ވަނީ ހުއްޓިފައެވެ. އެގޮތުން ސިފައިންނާއި ފުލުހުން އެލާޓުގައި ތިބި އިރު ހަމަލާއަށް ފަހު މުލިއާގެއާއި، އަދި ވެސް އެކި މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް