Advertisement
ކ. މާލެ
|
9 ޖުލައި 2021 | ހުކުރު 13:27
މުލިއާގެ
މުލިއާގެ
ރާއްޖެއެމްވީ
މުލިއާގެ ކައިރީގައި ބޮމެއް އޮތް ކަމަށް ބުނުން
ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިން 2 މީހަކު މުލިއާގެ ކައިރިން ހައްޔަރުކޮށްފި
ހައްޔަރުކުރީ އެމީހުން ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނުމާ ގުޅިގެން
އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވޭ
ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަހު، އެފަދަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ވަނީ ހުއްޓިފައި

މުލިއާގެ ކައިރިން ދަމުން އަތުގައި ބޮމެއް އޮތް ކަމަށް ބުނި ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މުލިއާގެ ކައިރިން ދިޔަ ދެމީހަކު އެމީހުން ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނުމާ ގުޅިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެކަމަކު އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

Advertisement

މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަހު، އެފަދަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ވަނީ ހުއްޓިފައެވެ. އެގޮތުން ސިފައިންނާއި ފުލުހުން އެލާޓުގައި ތިބި އިރު ހަމަލާއަށް ފަހު މުލިއާގެއާއި، އަދި މި ނޫން ވެސް އެކި މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް