ކ. މާލެ
|
8 ޖުލައި 2021 | ބުރާސްފަތި 18:56
މަރުވެފައި އޮއްވާ ފެނުނު ފަތުރުވެރިޔާ ސ. ފޭދޫ އަށް ގެންދަނީ
މަރުވެފައި އޮއްވާ ފެނުނު ފަތުރުވެރިޔާ ސ. ފޭދޫ އަށް ގެންދަނީ
އެމްއެންޑީއެފް
މޫދުގައި މަރުވެފައި އޮތް މީހަކު ފެނުން
ފަތުރުވެރިއަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ
 
އެމީހާ އޮތީ އީކުއޭޓަރ ވިލެޖުގެ އިރު އުތުރު ފަރު ބޭރުގައި
 
މަރުވެފައި ވަނީ އުމުރުން 44 އަހަރުގެ ޖަރުމަނުގެ ފަތުރުވެރިއެއް
 
އެ ހާދިސާގެ ރިޕޯޓުލިބިފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:30ހާއިރު

އައްޑޫގެ އީކެއޭޓަރ ވިލެޖުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގެ ރިޕޯޓުލިބިފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:30ހާއިރު ކަމަށެވެ. އެމީހާ އޮތީ އީކުއޭޓަރ ވިލެޖުގެ އިރު އުތުރު ފަރު ބޭރުގައި ކަމަށާއި، އެމީހާ ނަގައިގެން ހަވީރު 4:30ހާއިރު ސ. ފޭދޫއަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މަރުވެފައި ވަނީ އުމުރުން 44 އަހަރުގެ ޖަރުމަނު ފަތުރުވެރިއެއް ކަމަށެވެ. އެމީހާ މަރުވެފައި ވަނީ ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ކަމަށާއި، އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ރާއްޖޭގައި ސްނޯކްލިން އަށާއި އެ ނޫން ވެސް އެކި މޫދު ކުޅިވަރުތަކުގައި މިފަދަ ހާދިސާތައް ހިނގާތީ މީގެ ކުރިން ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ މިކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
ގެއްލިގެން ހޯދާ ދޯނި އަދިވެސް ނުފެނޭ، އެ ދޯނި ހޯދަން ވައިގެ މަގުން ބޭނުންކުރަނީ މޯލްޑިވިއަންގެ ބޯޓެއް: އެމްއެންޑީއެފް
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ހެލިކޮޕްޓަރު ޖެއްސި މައްސަލައިގައި ލީކުކޮށްލި ލިޔުމުގައި ސޮއިނުހިމެނޭތީ އެއީ ސައްހަ ލިޔުމެއް ނޫން: އެމްއެންޑީއެފް
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް