ކ. މާލެ
|
4 ޖުލައި 2021 | އާދީއްތަ 22:15
13 އަހަރުގެ ކުޑަ ކުއްޖާ މަރުވެފައި ފޮއްޓެއްގެ ތެރޭގައި އޮއްވާ ފެނުނު ސަރަހައްދު
13 އަހަރުގެ ކުޑަ ކުއްޖާ މަރުވެފައި ފޮއްޓެއްގެ ތެރޭގައި އޮއްވާ ފެނުނު ސަރަހައްދު
ރާއްޖެއެމްވީ
13 އަހަރުގެ ކުއްޖާ މަރާލުން
މަރާލި 13 އަހަރުގެ ކުއްޖާ މާދަމާ ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވަނީ
 
މިދިޔަ ހަފުތާ ތެރޭގައި ޕޯސްޓްމޯޓަމަށް ފޮނުވާނެ ކަމަށް ފުލުހުން ކުރިން ބުނެފައިވޭ
 
ކުއްޖާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު

ހުޅުމާލެ ދެވަނަފިޔަވަހީގައި މަރާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ ހަށިގަނޑު މާދަމާ ޕޯސްޓްމޯޓަމް އަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރަހީނުކޮށް މަރާލި ކުއްޖާގެ ހަށިގަނޑު މިދިޔަ ހަފުތާ ތެރޭގައި ޕޯސްޓްމޯޓަމް އަށް ފޮނުވާނެ ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ. އެކަމަކު ފޮނުވާފައެއް ނުވެއެވެ. އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ ކުއްޖާގެ ހަށިގަނޑު ހޯމަ ދުވަހު ޕޯސްޓްމޯޓަމް އަށް ފޮނުވާނެ ކަމަށެވެ. އަދި އެކަމަށް ވާން ޖެހޭ ހުރިހާ ތައްޔާރީއެއް ވެފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްގެން ގެންގުޅޭ މައްސަލައެއް ޖޫން މަހުގެ 20 ވަނަ ދުވަހު ރިޕޯޓް ކޮށްފައިވާތީ، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭ، ދަންވަރު 2:38ހާއިރު ކަމަށެވެ.

މި މައްސަލައާ ގުޅިގެން 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނިންމާފައިވާއިރު، 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ. ދެ މީހުންގެ މައްޗަށް ވެސް ގަސްދުގައި މީހަކު މެރުން، މާރާމާރީ ހިންގުން، ރަހީނުކުރުން، އަދި ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާކުރުމުގެ ތުހުމަތު ވަނީ ކޮށްފައެވެ.

ފުލުުހުން ބުނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނައިރު، ތަހުގީގަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން