ކ. މާލެ
|
1 ޖުލައި 2021 | ބުރާސްފަތި 23:08
ކޮވިޑް19އަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގައިގެން ދަނީ
ކޮވިޑް19އަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގައިގެން ދަނީ
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ބުރާސްފަތި ދުވަހު ޕޮޒިޓިވްވީ 133 މީހުން
 
ރަށްރަށުން ޕޮޒިޓިވްވީ 72 މީހުން
 
މާލެއިން ޕޮޒިޓިވްވީ 43 މީހުން

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 133 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން، ބުދަ ދުވަހުގެ އިރުއޮއްސި 6:00ން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ނަގާފައިވާ 5221 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 133 ސާމްޕަލްއެވެ. މީގެ ތެރޭގައި ގިނައީ އަތޮޅު ތެރެއިން ރިޕޯޓް ކުރި ކޭސްތަކެވެ. އަތޮޅު ތެރެއިން 72 މީހަކު ޕޮޒިޓިވްވެފައިވާއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 43 މީހުންނެވެ. ރިސޯޓްތަކުން 13 މީހަކު ޕޮޒިޓިވްވެފައިވާއިރު، ތަރައްގީ ކުރަމުން އަންނަ ރަށަކުން 5 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އަންގާރަ ދުވަހުގެ އަދަދުތަކާއެކު ރާއްޖެއިން މިހާތަނަށް 73،931 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެކްޓިވް ކޭސްތައް ވަނީ 3381ށް ވެއްޓިފައެވެ. މީގެ ތެރެއިން 24 މީހަކަށް ފަރުވާ ދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. 213 މީހަކު ބަލީގައި ނިޔާވެފައިވާ އިރު، 70،325 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ޖޫން 21 ވަނަ ދުވަހުން 28 ވަނަ ދުވަހަށް ޕޮޒިޓިވިޓީ ރޭޓް ހުރީ ފަސް އިންސައްތަ އިން ދަށުގައެވެ. އެގޮތުން 21 ވަނަ ދުވަހު 4.8 އިންސައްތަ، 22 ވަނަ ދުވަހު 3.2 އިންސައްތަ، 23 ވަނަ ދުވަހު 3.8 އިންސައްތަ، 24 ވަނަ ދުވަހު 4.3 އިންސައްތަ އަދި 25 ވަނަ ދުވަހު 5.1 އިންސައްތަ އަށް އެރި އިރު، 26 ވަނަ ދުވަހު ޕޮޒިޓިވިޓީ ރޭޓްހުރީ 2.6 އިންސައްތައިގަ އެވެ. އޭގެ އިތުރުން ޖޫން 27 ވަނަ ދުވަހު ޕޮޒިޓިވިޓީ ރޭޓް 4.5 އިންސައްތައިގައި ހުރި އިރު، މީގެ 30 ދުވަސް ކުރިން 17.9 އިންސައްތައިގައި ހުރި ޕޮޒިޓިވިޓީ ރޭޓް ވަނީ ޖޫން 28 ވަނަ ދުވަހު 3.1 އިންސައްތައަށް ދަށްވެފައެވެ. މިއީ 14.8 އިންސައްތައިގެ ދަށްވުމެކެވެ.

އޭގެ އިތުރުން މި މުއްދަތުގެ ތެރޭގައި ބަލިޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުން ދިޔަ މީހުންގެ އަދަދު ވަނީ 218އިން 27ށް ދަށަށް ގޮސްފައެވެ. އަދި މެއި މަސް ނިމި ޖޫން މަހުގެ ކުރީ ކޮޅު ރާއްޖޭގައި ކޮވިޑަށް ފަރުވާހޯދަމުން ދިޔަ އެތައް ހާސް ބަޔަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެގޮތުން ޖޫން މަހުގެ ފުރަތަމަ 15 ދުވަހު އެކަނި 22،416 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ފާއިތުވި 30 ދުވަހުގެ ތެރޭގައި 31،000ށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
2 ޖުލައި 2021 | ހުކުރު 10:45
ކަމަނަ
ޕޮޒިޓިވް މުމަކީ މައްސަލައެއް ނޫން..... ޕޮޒިތިވް ނުވާނެ ގޮތެއް ނުހެދޭނެ....... ދެޑޯޒް ފުރިހަމަ ކުރިޔަސް ޕޮޒިޓިވް ވާނެ،،،،، ޓެސްޓް ކުރުން ހުއްޓާލުމުން މެނުވީ ތިޔަ ކުޅިގަޑަކަށް ނިމުމެއް ނާންނާނެ....