ކ. މާލެ
|
1 ޖުލައި 2021 | ބުރާސްފަތި 19:46
ކޮވިޝީލްޑް ވެކްސިން ރަސްމީކޮށް ދައްކާލި ދުވަސް
ކޮވިޝީލްޑް ވެކްސިން ރަސްމީކޮށް ދައްކާލި ދުވަސް
އަލްޖަޒީރާ
ވެކްސިން ޕާސްޕޯޓް
ކޮވިޝީލްޑް ވެކްސިން ޖަހާފައިވާ މީހުންނަށް ޔޫރަޕަށް ދަތުރުކުރެވޭނެ
ޔޫރަަޕިއަން ޔޫނިއަންގެ ވެކްސިން ޕާސްޕޯޓް ޕްރޮގްރާމްގައި ކޮވިޝީލްޑް ވެކްސިން ނުހިމެނޭތީ އިންޑިއާއިން ވަނީ ނުރުހުން ފާޅުކޮށްފައި

ކޮވިޝީލްޑް ވެކްސިން ޖަހާފައިވާ މީހުންނަށް ޔޫރަޕްގެ ބައެއް ގައުމުތަކަށް ދަތުރު ކުރެވޭ ގޮތަށް ނިންމައިފިއެވެ.

އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްް ވެކްސިން ޖަހާފައިވާ މީހުންނަށް ޖަރމަނީއާއި ސްޕެއިން ހިމެނޭ ގޮތަށް ޔޫރަޕްގެ 9 ގައުމަކަށް ދަތުރުކުރެވޭނެކަން އިންޑިއާގެ ފޮރިން މިނިސްޓްރީން ބުރާސްފަތި ދުވަހު ވަނީ ހާމަކޮށްފައެވެ.

ޔޫރަަޕިއަން ޔޫނިއަންގެ ވެކްސިން ޕާސްޕޯޓް ޕްރޮގްރާމްގައި ކޮވިޝީލްޑް ވެކްސިން ނުހިމެނޭތީ އިންޑިއާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި ޔޫރަޕްގެ ގައުމުތަކުން އިންޑިއާއަށް މީހުން އެތެރެ ނުކުރެވޭނެ ކަމަށްވެސް އެ ގައުމުންވަނީ ބުނެފައެވެ. އިންޑިއާގެ އާބާދީގެ ބޮޑުބަޔަކަށް ކޮވިޝީލްޑާއި، ކޮވެކްސިން ޖަހާފައިވާއިރު ޔޫރަޕުން އެ ވެކްސިން ބަލައި ނުގަތުމަކީ އިންޑިއާގެ ރައްޔިތުންނާމެދު ތަފާތުކުރުން ގެންގުޅުން ކަމަށް އިންޑިއާއިންވަނީ ބުނެފައެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ޔޫރަޕަށް ދަތުރު ކުރެވޭ ގޮތަށް ޔޫރަޕިއަން ޔޫނިއަނުންވަނީ ލުއިތަކެއް ދީފައެވެ. ވެކްސިން ޕާސްޕޯޓް ޕްރޮގްރާމްގައި ހިމަނާފައިވަނީ ހުޅަނގުގެ ގައުމުތަކުގައި އުފައްދާފައިވާ ވެކްސިނެވެ. އެއީ، މޮޑާނާ، ފައިޒާ، ޖޯންސަން އެންޑް ޖޯންސަން އަދި އެސްޓްރަޒެނަކާއެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ކޮވިޝީލްޑް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް އޮސްޓްރިއާ، ޖަރމަނީ، ސްލޮވޭނިއާ، ގްރީސް، އިސްލެންޑް، އަޔަރލެންޑް، ސްޕެއިން އަދި ސްވިޒަރލެންޑަށް ދަތުރު ކުރެވޭނެކަން އެގައުމުތަކުން އަންގާފައިވާ ކަމަަށެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
1 ޖުލައި 2021 | ބުރާސްފަތި 20:26
ބަކަރުބެ
އިންޑިޔާ މީހުން ކޮން ބޮޑާއެއް ހާކާކަށްތަ؟ އިންޑިޔާ މީހުން ހަމަ ޔޫރަޕް ތަންތަނަށް ވަޒީފާއާއި އެކި ކަންކަމުގައި ދަތުރުކުރަން ޖެހޭނީ.. ޔޫރަޕް މީހުން ޗުއްޓީ ހަދަން ނޫން ބޭނުމެއްގަ އިންޑިޔާއަށް ދާކަށް ނުޖެހޭނެ. ޔޫރަޕް ޓޫރިސްޓުން އިންޑިޔާއަށް ނާރުވައިފިއްޔާ ލަންކާއާއި ރާއްޖެވެސް އޮންނާނެ ދޯ. މިމީހުންނަށް ހީވާކަހަލަ ލައްކައެކޭ. ތިހެން ފުއްޕީމާ ރާއްޖެއިން ބިރުގަތަސް ޔޫރަޕުން ހިތަކަށް ނާރާނެ އިސްތައްޓެކޭވެސް