ކ. މާލެ
|
1 ޖުލައި 2021 | ބުރާސްފަތި 18:23
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިހާރު އެމަނިކުފާނު ވަނީ ގެއަށް ބަދަލުކޮށްފައި
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިހާރު އެމަނިކުފާނު ވަނީ ގެއަށް ބަދަލުކޮށްފައި
ޔޫސުފް ސޮފްވާން ރަޝީދު
ޕީޕއެމް/ޕީއެންސީ މުޒަހާރާ ކުރުމަށް ތައްޔާރުވުން
ރައީސް ޔާމީންގެ އެންގެވުމަށް ޕީޕީއެމް/ޕީއެންސީން ސަރުކާރަށް ޕްރެޝަރ ކުރުމުގެ ހަރަކާތްތަކަށް ތައްޔާރުވަނީ
 
ޕީއެންސީގެ ސްޕޯކްސްޕަރސަން ހީނާ ވަނީ މިކަން ދޮގުކޮށްފައި
 
ނަފްރަތުގެ ބިލާ ދެކޮޅަށް އަޑު އުފުލުމަށް މަޖިލިސް ކައިރިއަށް އެއްވުމަށް އަންގާފައިވޭ
 
ސިލްސިލާ ގޮތެއްގައި މުޒާހަރާތައް ބާއްވަން ޖެހޭ

މުޒަހާރާ ކުރުމަށް ޚާއްސަ ޓީމެއް އެކުލަވާލުމަށް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަންގަވައިފިއެވެ.

އިތުރުބާރުހުރި ފަރާތަކުން ރާއްޖެއެމްވީއަށް ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު ޕީޕީއެމް ހަރަކާތް ކޮމެޓީން ހަވީރު ގަޑިތަކުގައި މުޒާހަރާ ކުރުމަށް ނުކުތުމަށް އަންގާފައިވާ ކަމަށެވެ. މިއީ ރައީސް ޔާމީންގެ އޯޑަރެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ސަރުކާރަށް ޕްރެޝަރ ކުރުމުގެ މަގުސަދުގައި މުޒާހަރާތަކާއި އެއްވުންތައް ސިލްސިލާ ގޮތެއްގައި ބާއްވާން ޖެހޭ ކަމަށް އަންގާފައިވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ރައްޔިތުން މަޖިލީހުގެ ކައިރިއަށް އެއްވެ މުސްލިމުންނަށް ކާފަރެކޭ ގޮވުން ހުއްޓުވުމަށް ހުށަހަޅާފައިވާ ބިލް ސިޔާސީކޮށް، އެ ބިލާ ދެކޮޅަށް އަޑު އުފުލުމަށް ޚާއްސަ ޓީމެއް އެކުލަވާލުމަށް އެމަނިކުފާނު އަންގަވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިޓީމް އެކުލަވާލުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން ވިދާޅުވީ ރައްޔިތުންގެ މެދުގައި އޮތް ސުލްހަމަސަލަސްލަން ނަގާލައި ފިތުނަ އުފެއްދުމުގެ މަގުސަދުގައި ވެސް ޚާއްސަ ޕްރޮގްރާމްތަކެއް ޗެނަލް-13 މެދުވެރިކޮށް ކުރިއަށް ގެންދާ ކަމަށެވެ. އަދި މިހުރިހާ ކަމަކީ ވެސް ރައީސް ޔާމީންގެ އޯޑަރުގެ ދަށުން ހިނގާ ކަންކަން ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ލުއިތައް ދިނުމާއެކު ރައީސް ޔާމީންގެ އެންގުމާއި އެއްގޮތަށް، ޕީޕީއެމް ހަރަކާތް ކޮމެޓީން އިން ހަވީރު ގަޑިތަކުގައި ސަރުކާރަށް ޕްރެޝަރ ކުރުމަށްޓަކައި މުޒާހަރާތަކާއި އެއްވުންތައް ބޭއްވުމަށް، މަޖިލިސް ކައިރިއަށް އެއްވެ ލާދީނީ ބިލް ކަމަށް ބެލެވޭ ބިލާ ދެކޮޅަށް އަޑު އުފުލުމަށް ތައްޔާރު ކުރުމަށް ޓީމެއް ރުކުރުވާލަން މިހާރު ވަނީ އަންގާފަ. ޗެނަލް-13ން މިހާރު ދަނީ ކުރީގެ އެކި މެމްބަރުން އަރުވައިގެން ސަރުކާރާއި ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށް ރަށްރަށުގެ ކައުންސިލް މެމްބަރުންނާއި ގުޅައިގެން އެކި ފަތުވާ ދެމުން. ކުރިން ވެސް ސީދާ ރައީސް ޔާމީންގެ ލީޑަރ ޝިޕް އަންގަވައިގެން ކުރަމުންދާ ކަންކަން.
ަނަން ހާމަނުކުރުމަށް ޝަރުތުކޮށް އެބޭފުޅާ ވިދާޅުވި

މިކަމާއި ގުޅޭ ގޮތުން ރާއްޖެއެމްވީއަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވީ މުޒަހާރާ ކުރަން ނޫޅޭ ކަމަށާއި، އެފަދަ މައުލޫމާތެއް ވެސް ލިބިފައިނުވާ ކަމަށެވެ. އަދި ހީނާ ވަނީ މިކަން ދޮގު ދޮގު ކޮށްފައެވެ.

މުޒަހާރާ ކުރުމަށް ޚާއްސަ ޓީމެއް އެކުލަވާލުމަށް ރައީސް ޔާމީން އެންގެވި ކަމަށް އިތުބާރު ހުރި ފަރާތަކުން ރާއްޖެއެމްވީއަށް ކަށަވަރުކޮށްދެއްވާފައިވާއިރު، ގޭބަންދުގައި ހުންނަވައިގެން ސިޔާސީ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ވީޑިއޯ ކޮންފަރެންސްތަކުގައި މިފަދަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވެއެވެ.

ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްފައިވަނީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެއީ މާފުށީ ޖަލުގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ، ޖަލުން ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ޖަލު ބަލަހައްޓާ ޕްރިޒަން އޮފިސަރުން ހިމެނޭތީއެވެ. ރައީސް ޔާމީން ހިމެނޭ ގޮތަށް ހައި ރިސްކު ނުވަތަ ސީރިއަސް ހާލަތަށް ހިނގައިދާނެ ހުރިހާ ގައިދީން ގޭ ބަންދަށް ވަގުތީ ގޮތުން ވަނީ ބަދަލުކޮށްފައެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ. ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތާ މިހާރު އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އަދިވެސް އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގެ އެކި މައްސަލަތައް ބަލަމުން އެބަދެއެވެ. އޭގެ ތެރެއިން ބައެއް ކަންކަމުގައި އިތުރު ދައުވާތަކެއް ވެސް އުފުލުމަށް ވަނީ ތައްޔާރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
18%
18%
0%
65%
0%
0%
ކޮމެންޓް
2 ޖުލައި 2021 | ހުކުރު 04:12
ރިޒޫ
ސަރުކާރަށް ޕްރެޝަރު ކުރުން އެއީ މައްސަލައެއްތަ
1 ޖުލައި 2021 | ބުރާސްފަތި 21:27
ޔޫސުފް
ރާއްޖެ އެމްވީ އަކީ ފެށުނީއްސުރެ ދޮގު މައުލޫމާތު ފެތުރުމާއި ފަސާދަ ކުރުމުގައި ދެވަނަ އެއް ނުވާނޫސްކަން ރާއްޖެ ގިނަމީހުން ގަބޫލްކުރޭ. މިނޫހުގެ ވަރަށްމަދު ޚަބަރެއް ނޫނީ ހުންނާނީ މުޅިންހަގީގަތާ ޚިލާފު ވާހަކަ ކަމަށްވާތީ މި ވާހަކަތައްވެސް ތެދުކަމުގައި ބަލައިގަނެވޭކަށް ނެތް.