ކ. މާލެ
|
27 ޖޫން 2021 | އާދީއްތަ 13:21
ރާއްޖެ އިން މިވަނީ ކަނޑައަޅާފައިވާ މުއްދަތަށް ވުރެ 10 އަހަރު ކުރިން އެޗްސީއެފްސީ ފޭސް-އައުޓް ކޮށްފައި
ރާއްޖެ އިން މިވަނީ ކަނޑައަޅާފައިވާ މުއްދަތަށް ވުރެ 10 އަހަރު ކުރިން އެޗްސީއެފްސީ ފޭސް-އައުޓް ކޮށްފައި
ގޫގުލް
ރާއްޖެއިން އެޗްސީއެފްސީ ފޭސް-އައުޓްކުރުން
އެޗްސީއެފްސީ ފޭސް-އައުޓްކުރި ފުރަތަމަ ގައުމަކަށް ރާއްޖެ
 
ރާއްޖެއިން މިކަން ކާމިޔާބުކޮށްފައި މިވަނީ ކަނޑައަޅާފައިވާ މުއްދަތަށް ވުރެ 10 އަހަރު ކުރިން
 
އެޗްޕީއެމްޕީގެ މަސައްކަތް ފަށާފައި ވަނީ 2010 ވަނަ އަހަރު

ހައިޑްރޯ ކުލޯރޯފުލޯރޯކާބަން (އެޗްސީއެފްސީ)، ފޭސް-އައުޓްކުރި ފުރަތަމަ ގައުމަކަށް ރާއްޖެ ވެއްޖެއެވެ.

ރާއްޖެއިން އެޗްސީއެފްސީ ފޭސް-އައުޓްކޮށްފައި މިވަނީ މިގޭސް ރާއްޖެ އިން ނައްތާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ފެށުނު އެޗްސީއެފްސީ ފޭސް-އައުޓް މެނޭޖްމަންޓް ޕްލޭން، (އެޗްޕީއެމްޕީ)ގެ ދަށުންނެވެ. ރާއްޖެއިން އެޗްސީއެފްސީ ފޭސް-އައުޓް ކުރުމަކީ ރައީސް ނަޝީދުގެ ރިޔާސީ ވައުދުފުޅެކެވެ. މި މަޝްރޫއު ހިންގާފައިވަނީ މަލްޓިލެޓަރަލް ފަންޑް (އެމްއެލްއެފް)ގެ ހިލޭ އެހީ މެދުވެރިކޮށެވެ.

އެޗްޕީއެމްޕީގެ މަސައްކަތް ފެށުނު އަހަރު 67 މެޓްރިކް ޓަނުގެ އެޗްސީއެފްސީ ގޭސް ރާއްޖެއަށް އެތެރެކޮށްފައިވާ އިރު، 10 އަހަރުގެ މުއްދަތެއް ތެރޭގައި 2020 ވަނަ އަހަރު ރާއްޖެއިން ވަނީ އެޗްސީއެފްސީ ގޭސް އެއްކޮށް ފޭސް އައުޓް ކޮށްފައެވެ. މިއީ ޕްރޮޓޮކޯލް އިން ކަނޑައަޅާފައިވާ މުއްދަތަށް ވުރެ 10 އަހަރު ކުރިއެވެ. އޭގައި އެއްބަސް ވެފައި ވަނީ 2030ގެ ކުރިން ގައުމުތަކުން އެޗްސީއެފްސީ ފޭސް-އައުޓް ކުރުމަށެވެ.

ރަސްމީގޮތެއްގައި މި މަޝްރޫއު ނިންމާލައި މި ފަޚުރުވެރި ކާމިޔާބީ ފާހަގަކުރުމަށް ހޯމަ ދުވަހު ހާއްސަ ރަސްމިއްޔާތެއް ބާއްވަން އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
14%
57%
14%
0%
14%
0%
ކޮމެންޓް