ކ. މާލެ
|
27 ޖޫން 2021 | އާދީއްތަ 13:17
ފުލުހުން ނައްތާލި ބަނގުރާ
ފުލުހުން ނައްތާލި ބަނގުރާ
ޕޮލިސް
މަސްތުވާތަކެތި ނައްތާލުން
2،000 އެއްހާ ބަނގުރާ ފުޅި އާއި ދަޅު ނައްތާލައިފި
 
ނައްތާލާފައި ވަނީ ޖުމްލަ 71 މައްސަލައެއްގައި ހިމެނޭ ތަކެތި

މަސްތުވާތަކެތީގެ 71 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 2،000 އެއްހާ ބަނގުރާ ފުޅި އާއި ދަޅު ނައްތާލައިފިއެވެ.

ފުލުހުން ބުނީ އެތަކެތި ނައްތާލާފައި ވަނީ ހޮނިހިރު ދުވަހު ކަމަށެވެ. އެގޮތުން ނައްތާލާފައިވަނީ 12 އިންސިޑެންޓެއްގައި ހިމެނޭ އެވިޑެންސްތަކާއި 2021 ވަނަ އަހަރު ފައިލްކުރެވިފައިވާ 23 މައްސަލައެއްގައި ހިމެނޭ ތަކެއްޗާއި 2021 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ 36 މައްސަލައެއްގައި ހިމެނޭ ތަކެއްޗާއެކު ޖުމްލަ 71 މައްސަލައެއްގައި ހިމެނޭ ތަކެތި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަތަކުގެ ތެރެއިން ނައްތާލާފައިވަނީ ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ އަދި ނައްތާލުމުގެ ހުއްދަ ޕީޖީ އޮފީހުން ދީފައިވާ މައްސަލަތަކާއި ދައުވާނުކުރުމަށް ނިންމައި ފައިލްކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާ ކަމަށެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރަން އަންނަ ފަތުރުވެރިންގެ އަތުން ނެގިފައިވާ ބަނގުރަލާއި ވަކިފަރާތަކަށް ތުހުމަތު ނުކުރެވޭގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާ ވެސް ނައްތާލާފައިވާ ކަމަށް ބުންޏެވެ.

ފުލުހުން ނައްތާލި ބަނގުރާ - ޕޮލިސް

ފުލުހުން ބުނީ ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ އެކި ބްރޭންޑްތަކުގެ 747 ފުޅިއާއި 43 ޕެޓްފުޅިއާއި 1،110 ބިޔަރު ދަޅުގެ އިތުރުން  13 ޕެކެޓާއި ދެ ހަމާއި ފަސް ލީޓަރުގެ 11 ފުޅިއާއި 18 ބިޔަރު ފުޅި އަދި 45 އެހެނިހެން ތަކެތި ކަމަށެވެ. ނައްތާލާފައިވާ އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނެނީ ސާމްޕަލް ކަޕާއި ކޮތަޅާއި ނޫސް ކަރުދާހާއި ކަރުދާސް ފޮށިގަނޑާއި ދަބަހާއި ލަގެޖް ފޮއްޓާއި ތަށި ފަދަ ތަކެތި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުުނީ ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ހައިކޯޓުގައި އިސްތިއުނާފް ކުރެވިފައިވާ އެއް މައްސަލައިގެ ތަކެތި ފިޔަވައި އެހެން ހުރިހާ ބަނގުރާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް