ކ. މާލެ
|
27 ޖޫން 2021 | އާދީއްތަ 10:25
ފެހެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން
ފެހެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން
އެމްޓީސީސީ
ފެހެންދޫ ބަނދަރު ތަރައްގީކުރުން
ފެހެންދޫ ބަނދަރުގެ 89 އިންސައްތަ މަސައްކަތް ނިންމާލައިފި
 
މިއީ 45.1 މިލިއަން ރުފިޔާގެ މަޝްރޫއެއް
 
ކަނެކްޓިން ބްރިޖްގައި ސްލެބް އެޅުމުގެ މަސައްކަތް ވަނީ ފަށާފައި

ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 89 އިންސައްތަ ނިންމާލައިފިއެވެ.

ފެހެންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ބަނދަރުގެ 89 އިންސައްތަ މަސައްކަތް ނިންމައި ކަނެކްޓިން ބްރިޖްގައި ސްލެބް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ފެހެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، 18,500 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 25,000 ކިއުބިކް މީޓަރުގެ ނެރަށް ވަންނަ ސަރަހައްދު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 214 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލާން ހަމަޖެހިފައިވާއިރު، 130 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލައި 282 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން މި މަޝްރޫއުގައި ހިމެނެއެވެ.

އޭގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެހެންދޫގައި މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމާއި 558 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

ފެހެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ ނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުންނެވެ. މިއީ 45.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
100%
0%
0%
0%
0%
ކޮމެންޓް