ކ. މާލެ
|
27 ޖޫން 2021 | އާދީއްތަ 07:54
ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމެޓީން މީގެކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމެޓީން މީގެކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
13 އަހަރުގެ ކުއްޖާ މަލާރި މައްސަލަ
13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ބޭއްވި ކޮމިޓީ ބައްދަލުވުން ސިއްރު
 
މި މައްސަލައިގައި މިހާތަނަށް 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވޭ
 
ކޮމިޓީގެ ބައްދަލުވުމުގައި ބައްދަލުކުރަން ހަމަޖެހިފައިވާ އިދާރާތަކަކީ ޖެންޑާ މިނިސްޓްރީ، ފުލުހުން އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް

އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލާފައިވާ މައްސަލައިގައި ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ކަމާބެހޭ އިދާރާތަކާއެކު ބޭއްވި ބައްދަލުވުން ސިއްރުކޮށްފިއެވެ.

އެ މައްސަލައިގައި ކޮމިޓީން ބައްދަލުކުރަން ހަމަޖެހިފައިވާ އިދާރާތަކަކީ ޖެންޑާ މިނިސްޓްރީ، ފުލުހުން އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއެވެ. ހިނގަމުން މިދާ ޖޫން މަހުގެ 22 ވަނަ ދުވަހު އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައާ ގުޅިގެން ކޮމިޓީގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. އެ ބައްދަލުވުމުގައި ވަނީ މުއްދަތެއް ދިނުމަށްފަހު ލިޔެކިޔުންތައް ލިބުމާއެކު ކަމާބެހޭ ހުރިހާ މުއައްސަސާތަކާއެކު ކޮމިޓީން ބައްދަލުކުރުމަށް ނިންމާފައެވެ. އެގޮތުން ހާދިސާއާ ގުޅޭ މައުލޫމާތުތައް ދިނުމަށް މުއައްސަސާތަކަށް ދެ ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވެއެވެ. ކޮމިޓީގެ ބައްދަލުވުން ނިންމާލީ އިތުރު ބައްދަލުވުމެއް ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައެވެ.

އެގޮތުގެ މަތިން ހޮނިހިރު ދުވަހު ކޮމިޓީން ބައްދަލުވުން ބާއްވާފައިވާއިރު ބައްދަލުވުން ސިއްރުކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންނާއި އިދާރާތަކުގެ އެދުމުގެ މަތިންނެވެ.

ކުއްޖަކު ރަހީނުކޮށްގެން އުޅޭ ކަމަށް މިދިޔަ އާދިއްތަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނިކޮށް އެ ކުއްޖާ ފެނުނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މީހުން ވަދެ އުޅެވޭ ގޮތަށް އޮންނަ ސަރަހައްދުން ކަރުތާފެނާ ހިސާބު މޫދުގައި މަރާލާފައި އޮއްވައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު 2:30 ހާއިރުއެވެ.

މި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައިގައި މިހާތަނަށް 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު، ދެ މީހުންނަށް ވެސް ގަސްދުގައި މީހަކު މެރުން، މާރާމާރީ ހިންގުން، ރަހީނުކުރުން އަދި ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާކުރުމުގެ ތުހުމަތު ވަނީ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
27 ޖޫން 2021 | އާދީއްތަ 10:34
Ahmed
ވޯޓްހޯދަން އަންނައިރު ސިއްރު ކުރާނެ އެއްޗެއް ނޯވޭ. ބޮޑު ކަމެއް ދިމާވީމަ ބާއްވާ ބައްދަލުވުން ވެސް ސިއްރު. ރައްޔިތުންގެ މަންދޫބުންނޯ މީ. އަނެއްބަޔަކު ގޮވާނެ މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ވާހަކަ. ދެކޮޅެއް ނުޖެހޭ އެހެންނޫންތޯ. ކުއްޖާގެ ވަނަވަރު އޮތީ މީޑިއާގައި ހާމަވެފައި. އެކުއްޖާ މާރާލާފައިވާކަމާއި، އަނިޔާކޮށްފައިވާކަންވެސް މީޑިއާތަކުން ރައްޔިތުންނަށް އެނގޭ. ކޮން އެއްޗެއް ސިއްރުކުރަންބާ ދެން ތިއުޅުއްވަނީ.