Advertisement
ކ. މާލެ
|
24 ޖޫން 2021 | ބުރާސްފަތި 23:26
އަޙުމަދު ޝިފާޒް، އެމްޑީޕީގެ ނައިބު ރައީސް
އަޙުމަދު ޝިފާޒް، އެމްޑީޕީގެ ނައިބު ރައީސް
ރާއްޖެއެމްވީ
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ
އިންސާފު ހޯދުމަށް އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް އެމްޑީޕީގެ ނައިބު ރައީސް ގޮވާލައްވައިފި
16ވަނަ އަހަރީ ދުވަހަށް ތައްޔާރުވާއިރު، އިންސާފު ހޯދުމަށް ކޮށަންޖެހޭ ހުރިހާ މަގެއް އައީ ކޮށަމުން
ރައްޔިތުން ބޭނުންވާ އިންސާފު އަދިވެސް ނުލިބޭ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، (އެމްޑީޕީ)އަށް މާޒީގައި ލިބުނު ގެއްލުމުގެ އިންސާފު ހޯދުމަށް އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް އެމްޑީޕީގެ ނައިބު ރައީސް ގޮވާލައްވައިފިއެވެ.

ޕާޓީގެ ނައިބު ރައީސް އަޙުމަދު ޝިފާޒް ވިދާޅުވީ، އެމްޑީޕީއަކީ މާޒީގައި ވަރަށް ގިނަ ކަންކަމާ ކުރިމަތިލައި، އެތައް ގެއްލުމެއް ތަހައްމަލުކުރި ޕާޓީއެއް ކަމަށެވެ. އެހެންކަމުން އެ ކަންކަމުގެ އިންސާފު ހޯދުމަށް އިންތިގާލީ އިންސާފުގެ އޮފީހަށް މަައްސަލަ ހުށަހެޅުމަށް ތައްޔާރުވުމަށް ޝިފާޒު ގޮވާލެއްވިއެެވެ. ޝިފާޒު ވިދާޅުވީ، އިންތިގާލީ އިންސާފުގެ ބިލަކީ ރައްޔިތުންގެ މަޖިލީހުން ވަރަށް މަސައްކަތް ކޮށްގެން ފާސްކުރި ބިލެއް ކަމަށެވެ. އެމްޑީޕީ އުފެދުނީއްސުރެ ދައްކަމުން އަންނަނީ އިންސާފު ހޯދުމުގެ ވާހަކަ ކަމަށާއި، މިއަދާ ހަމައަށްވެސް ހުއްޓުމެއްނެތި އެވާހަކަ ދެކެވެނީ، ރައްޔިތުން ބޭނުންވާ އިންސާފު އަދިވެސް ނުލިބޭތީ ކަމަށެވެ.

Advertisement

ޝިފާޒް ވިދާލުވީ، އެންމެ ފުރަތަމަ އުފެދުނު ޑިމޮކްރެޓިކް ވެރިކަން ބަޣާވާތަކުން ވައްޓާލައި، ޕާޓީ މަގުމަތިކޮށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށެވެ. އެހެންކަމުން އެކަންކަމަށް އިންސާފު ހޯދަން ޕާޓީން ނުކުންނަށް ޖެހޭ ކަމަށެވެ. ރަށްރަށުގައިވެސް ހިނގާފައިވާ މިފަދަ މައްސަލަތައް ހޯދައި، މައްސަލަ ހުށަހެޅުމަށް ތައްޔާރުވާން ޖެހޭ ކަމަށް ޝިފާޒު ވިދާޅުވިއެވެެ. 16ވަނަ އަހަރީ ދުވަހަށް ތައްޔާރުވާއިރު އިންސާފު ހޯދުމަށް ކޮށަންޖެހޭ ހުރިހާ މަގެއް ކޮށަމުން މިހާތަނަށް އައި އިރުވެސް ސީދާ އެ އިންސާފު ނުލިބޭ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް، ދިން ހަމަލާއަކީ އެ އަނިޔާތައް ރަނގަޅުވީ ކަމުގައި ވިއަސް ހަނދާން ނައްތާލެވޭ ވަރުގެ ކަމެއް ނޫންކަމަށް ޝިފާޒު ވިދާޅުވިއެވެ. އެހެން ކަމާއެކު ރާއްޖޭގެ މުސްތަގުބަލަށްޓަކައިވެސް މި ކަމުގެ އަޑި ހޯދަން ޖެހޭ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް