Advertisement
ކ. މާލެ
|
23 ޖޫން 2021 | ބުދަ 01:07
ހުޅުމާލެ މިސްކިތެއްގެތެރޭ ދެމީހަކު ޒުވާބުކޮށް ގަޔަށް އަތްލާ މާރާމާރީ ހިންގަނީ
މިިސްކިތެއްގައި މާރާމާރީ ހިންގުން
ހުޅުމާލޭ މިސްކިތެއްގެ ތެރޭ ދެމީހަކު އަވަގުރާނަ ގޮވައި މާރާމާރީ ހިންގައިފި
މާރާމާރީގައި އެކަކަށް ކުދި އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން މައުލޫމާތު ދޭ
މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އަންގާރަދުވަހުގެ އިރުއޮއްސި 18:38 ހާއިރު
ދެމީހަކު ހުތުރުބަހުން ޒުވާބުކޮށް އެކަކު އަނެކަކު ގަޔަށް އަތްލާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މިހާރު ވަނީ އާންމުވެފައި

ހުޅުމާލެ ވަގުތީ މިސްކިތެއްގައި ދެމީހަކު އަވަގުރާނަށް ގޮވައި މާރާމާރީ ހިންގައިފިއެވެ.

މިސްކިތެއްގެ ތެރޭ ދެމީހަކު ހުތުރުބަހުން ޒުވާބުކޮށް އެކަކު އަނެކަކު ގަޔަށް އަތްލާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މިހާރު ވަނީ އާންމުވެފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ހުޅުމާލެ 171 ނަންބަރު ފްލެޓް ކައިރީގައި ހުންނަ ވަގުތީ މިސްކިތައް ވަދެ އަޑުގަދަކޮށް މީހުންނަށް އުނދަގޫ ކުރި މީހަކަށް އެ ކަންތައް އެ ގޮތަށް ނުކުރުމަށް ނަސޭހަތްތެރިވި މީހަކާ މާރާމާރިއެއް ހިންގާފައިވާކަމުގެ މައްސަލަ ހުށަހަޅާފައި ވާކަމަށެވެ. އެ މާރާމާރީގައި އެކަކަށް ކުދި އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Advertisement

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އަންގާރަދުވަހުގެ އިރުއޮއްސި 18:38 ހާއިރުއެވެ.

މިކަން ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ހުޅުމާލެ މިސްކިތެއްގައި މާރާމާރީ ހިންގާފައި ވާއިރު، ދާދިފަހުން ވަނީ މާލޭ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމުގެ މައްސަލަ ފެންމަތިވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް
23 ޖޫން 2021 | ބުދަ 08:39
އަނީސާ އާދަމް
ވަޓް ދަ އެފް...