ކ. މާލެ
|
19 ޖޫން 2021 | ހޮނިހިރު 22:45
ފުލުހުން ލޮކްޑައުން ތެރޭގައި ހަރަކާތްތެރި ވަނީ
ފުލުހުން ލޮކްޑައުން ތެރޭގައި ހަރަކާތްތެރި ވަނީ
ރާއްޖެއެމްވީ
ކޮވިޑް-19
ކޮވިޑް-19: އަތޮޅުތެރޭގެ ކޭސްތައް މާލެއަށް ވުރެ ދެގުނަ އިތުރު
ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 71،709ށް ވަނީ އަރާފައި
މާލެ ސަރަހައްދުން 54 ކޭހާއި އަތޮޅުތެރެއިން 132 ކޭސް ހޮނިހިރު ދުވަހު ރިޕޯޓުކުރި
އެކްޓިވް ކޭހުގެ އަދަދަކީ 5،403

ހޮނިހިރު ދުވަހު ރާއްޖެއިން ރިޕޯޓުކުރި ކޮވިޑް-19 ކޭސްތަކުގެ ތެރެއިން އަތޮޅުތެރެއިން ރިޕޯޓުކުރި ކޭހުގެ އަދަދު މާލެއަށް ވުރެ ދެ ގުނަ އިތުރުކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ހުކުރު ދުވަހުގެ އިރުއޮއްސި ހަޔަކުން ފެށިގެން ހޮނިހިރު ދުވަހުގެ އިރު އޮއްސި ހަޔަކާ ހަމައަށް ނެގި 3،415 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 211 ސާމްޕަލް އެވެ. އެއީ މާލެ ސަރަހައްދުން 54 ކޭހާއި، އަތޮޅުތެރެއިން 132 ކޭހެވެ. އަދި ރިސޯޓުތަކުން 25 ކޭސްވެސް ރިޕޯޓުކޮށްފައިވެއެވެ.

މިއައެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 71،709ށް އަރާފައިވާއިރު އެކްޓިވް ކޭހުގެ އަދަދަކީ 5،403އެވެ. އޭގެ ތެރެއިން 46 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. 66،090 މީހުން ބަލިން ރަނގަޅުވެފައިވާއިރު 205 މީހަކު ވަނީ ނިޔާވެފައެވެ.

އަތޮޅުތެރެއިން މިވަގުތު އެންމެ ގިނަ ކޭސް ރިޕޯޓުކުރަމުން އަންނަނީ އައްޑޫސިޓީ އާއި ފުވައްމުލަކުންނެވެ. އައްޑޫސިޓީ މޮނީޓަރިންގެ ހާލަތުގައި އޮތް އިރު 400ށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވެއެވެ. އެކްޓިވް ކޭހުގެ އަދަދަކީ 97އެވެ.

ރާއްޖެއިން ފެންނަމުންދާ ކޮވިޑް ކޭސްތައް އިންތިހާއަށް އިތުރުވުމަށް ފަހު، ޖޫން މަސް ފެށުނު ފަހުން މަޑުމަޑުން އަދަދު އަންނަނީ މަދުވަމުންނެވެ. ކޭސްތައް މަދުވުމާއެކު, މެއި މަހުގެ ތެރޭގައި ސަރުކާރުން މާލޭސިޓީގައި އެޅި ހަރުކަށި ފިޔަވަޅުތަކަށް މިހާރު ވަނީ ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދީފައެވެ.


Advertisement
- ކޮމެންޓް