ކ. މާލެ
|
19 ޖޫން 2021 | ހޮނިހިރު 13:07
މަސްމާރުކޭޓްގައި މަސްވިއްކަނީ،
މަސްމާރުކޭޓްގައި މަސްވިއްކަނީ،
ރާއްޖެއެމްވީ
މަސްމާރުކޭޓްގައި އައިސް ވިއްކުމުގެ ޚިދުމަތް
މަސްމާރުކޭޓުގައި އައިސް ވިއްކުމުގެ ޚިދުމަތް ދެނީ
 
މަސްމާރުކޭޓަށް މަސްވެރިން އެދޭފަދަ ބަދަލުތައް އަންނާނެ
 
މިމަހުގެ 21ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭ
 
ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި

މަސްމާރުކޭޓްގައި މަސްވިއްކާ މީހުންނަށް އައިސް ވިއްކުމުގެ ޚިދުމަތް ދިނުމަށް ކުރަން ޖެހޭ އަމަލީ މަސައްކަތްތައް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭގެ މަސްމާރުކޭޓް ތެރެއިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، މަސްވެރިންނަށް އައިސް ގަންނަން ލިބޭނެ އެންމެ ކުޑަ އަގު ކަނޑައެޅިފައި އޮތުމުގެ އިތުރުން މެދުނުކެނޑި ކޮންމެ ދުވަހަކުވެސް މަސްވެރިންނަށް އައިސް ގަންނަން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރާކަމަށެވެ.

އެހެންކަމުން މާލޭ މަސްމާރުކޭޓުގައި މަސް ވިއްކާ ފަރާތްތަކަށް އައިސް ވިއްކުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށް ކައުންސިލުން ބުނެއެވެ. އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ކައުންސިލުން ބުނީ އެކަމަށް އެދޭ ފަރާތްތަކުން އައިސްވިއްކުމުގެ އިންތިޒާމް ރާވާހިންގާނެ ގޮތުގެ ތަފުސީލް ހިމެނޭ ޕްރޮޕޯސަލް މިމަހުގެ 21ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ކައުންސިލްގެ އާންމު ޚިދުމަތްތަކާއި ބެހޭބަޔަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

މަސްމާރުކޭޓްގައި މަސްވިއްކާ މީހުންނަށް އައިސް ވިއްކުމުގެ ޚިދުމަތް ދިނުމަށް ނިންމާފައިވާއިރު މަސް މާރުކޭޓަށް މަސްވެރިން ބޭނުންވާފަދަ ބަދަލުތަކެއް ގެނައުމަށް ކައުންސިލުން ނިންމާފައިވެއެވެ. އެގޮތުން މަސް މާރުކޭޓުގައި ހަދާފައިވާ އަށިތަކުގެމަތީގައި އައިސް އަޅާ އެ އައިސް މަތީގައި، މަސްވެރިންނަށާއި މަސް ގަނެވިއްކާ ފަރާތްތަކަށް ފުރުސަތު ލިބޭގޮތަށް ގުރުއަތުލައިގެން މަސް ވިއްކޭނެ ނިޒާމު ގާއިމުކުރާނެ ކަމަށާއި، މަސް މާރުކޭޓުގައި ފޮށިގަނޑުގައި ބަހައްޓައިގެން މަސް ވިއްކުން ނިމުމަކަށް ގެންނާނެ ކަމަށް ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ މަސް މާރުކޭޓު ކޮންމެ ދުވަހެއްގެ މަސައްކަތް ނިންމައި، ރަނގަޅަށް ސާފުކޮށް ބަލަހައްޓާ ނިޒާމު ގާއިމުކުރާނެ ކަމަށާއި، ލޯކަލް މާރުކޭޓު ސަރަހައްދުގައި މަސްވެރިންނަށް ހަދާފައި ހުރި ގޮޅިތައް އަލުން އިއުލާންކޮށް އަލުން ކުއްޔަށް ދޫކުރާނެ ކަމަށެވެ. ކައުންސިލުން ބުނީ ފަޅުތެރޭގައި މަސް ގަނެވިއްކާ ފަރާތްތަކަށް ޚާއްސަ ހުއްދައެއްގެ ދަށުން، ކަމޭބެހޭ ހުރިހާ މިންގަނޑުތަކަކަށް ފެތޭގޮތަށް، ވަކި އަދަދަކަށް ދޯނި ފައްތިޔާ ދިނުމުގެ އިތުރުން އެން ހިފައިގެން އައިސް މަޑުކޮށްލަން ހުރަސް ތޮށީގެ އިރުމަތިން، ކަނޑައެޅޭ އުސޫލަކުން ޖާގަ ދިނުމާއި ލޯކަލް މާރުކޭޓު ސަރަހައްދުގައި މަސްވެރިންނަށް ހަދާފައި ހުރި ގޮޅިތައް އަލުން އިއުލާންކޮށް ކުއްޔަށް ދޫކުރާނެ ކަމަށެވެ. އަދި މަސްމާރުކޭޓާ ބެހޭ ގަވާއިދު ހަދައި ތަންފީޒުކުރުމާއި މަސް މާރުކޭޓުގެ ކަންކަން ބެލެހެއްޓުމަށް އިތުރު ސުޕަވައިޒަރުން ހަމަޖައްސާނެ ކަމަށްވެސް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
50%
0%
0%
50%
0%
ކޮމެންޓް